21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ރިޔާސީ އިންތިހާބު 2018

އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

  • އިންތިހާބުގެ ކުރިން ހަމަޖެހުން އޮންނަންޖެހޭ
  • ކެމްޕެއިން ކުރުމުގެ މާހައުލެއް އުފައްދަންޖެހޭ
ހުސެން ފިޔާޒް | hussainfiyaz

| 11 ޖުލައި 2018 | ބުދަ 19:17 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


އިބޫގެ ކެމްޕެއިން ޓީމު އަންގާރަ ދުވަހު ހުޅުމާލެ އަށް ޒިޔާރަތްކުރުމުން ހިންގި ހަމަނުޖެހުމުގެ ތެރެއިން: އިބޫ އަށް ހަމަލާދޭން އުޅުނު މީހުން އަދިވެސް ހައްޔަރެއް ނުކުރޭ -- ފޮޓޯ: މުހައްމަދު ޝަރުހާން

މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ވަނަ ދުވަހު މުޅި ރާއްޖޭގައި ބާއްވާއިރު، އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާނުލިޔަސް، ކެމްޕޭން ފެށިގެން ކުރިއަށް އެބަދެއެވެ. ރައީސް އަބްދުﷲ ޔާމީން ދައުލަތުގެ ޚަރަދުގައި ސިފައިންނާއި ފުލުހުންގެ ވަރުގަދަ ސެކިއުރިޓީއާ އެކު ރަށްރަށަށް ދަތުރު ކުރައްވަމުން ގެންދަވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެސް ކެމްޕެއިން ހަރަކާތްތައް ވަރުގަދައަށް ވަނީ ފައްޓަވައިފަ އެވެ.

އިންތިހާބު ބޯމަތިވެފައިވާއިރު، ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގައި މުޅި ގައުމު ކުރަންޖެހުނު ތަޖުރިބާއަށް ބަލާއިރު، މިފަހަރުގެ އިންތިހާބު މިނިވަންވާނެތޯ، މިއީ އެންމެ ގިނަ ބަޔަކުކުރާ ސުވާލެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ އަށް ސަރުކާރުން މަރުހަބާކިޔެވެ. ވަރަށް ރިވެތި މިސާލަކެވެ. ނަމަވެސް، ކެމްޕެއިންގައި އަންގާރަ ދުވަހު ހުޅުމާލެ އަށް ވަޑައިގެން އުޅުއްވަނިކޮށް ޒުވާން ގްރޫޕަކުން ހަމަަލާ ދޭން މަސައްކަތްކުރި އެވެ. އެކަން ނާކާމިޔާބު ވިޔަސް، އިބޫއާ އެކު ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގެންނެވި ބައެއް މީހުންނަށް ހަމަލާދިނެވެ. ކަޅުތެޔޮ ޖެހިއެވެ. ރޯމާދުވާލު އެންމެންގެ ކުރިމަތީގައި މި އަމަލު ހިންގި މީހުންނަކީ ކޮންބައެއްކަން އެނގެއެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވިއެވެ. ނަމަވެސް، އެކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ނުކުރިތާނގައި، އިބޫ އަށް ހަމަލާދޭން އުޅުނީ ކާކުކަން އެނގޭއިރު ވެސް، ހައްޔަރެއް ނުކުރެއެވެ.

މި ހަމަނުޖެހުން ހިންގިތާ 24 ގަޑިއިރަށް ވުރެ ގިނަ ވެފައިވާއިރު، އިންތިހާބު އޮމާންކޮށް ގޮސްދާނެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ހިތުގައި އޮތްއިރު، ވެރިކަންކުރާ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ވެސް ކަންބޮޑުވުމެއް ފާޅެއް ނުކުރައްވައެވެެ. މިއީ ތަހްޒީބު މުޖުތަމައެއްގެ އުސޫލެއް ނޫނެވެ. މިއީ ވާދަވެރި ވިޔަސް، ދައުލަތުގެ އެންމެ އިސް ފަރާތުން އަމަލުކުރަންޖެހޭނެ ގޮތެއް ނޫނެވެ.

އެހެންވެ، މި ސުވާލު އުފެދެއެވެ. ސަރުކާރުން މަސްލަހަތު ހިމާޔަތްކުރަން ބޭނުންވާ ބަޔަކު އެ ހަމަނުޖެހުމުގައި ބައިވެރި ނުވާ ނަމަ، މާރާމާރީ ހިންގި މީހާ އެއީ ކާކުކަން އެނގޭއިރު އޭނާ ނުވަތަ އެ ބަޔަކު ހައްޔަރު ނުކުރެވެންވީ ސަބަބެއް ނެތެވެ. ފެންނަން އޮތް ހަގީގަތަކީ، ހަމަލާ ދިން މީހާ އަދި ހައްޔަރު ނުކުރާ ކަމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އަދި މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، ހުޅުމާލޭގައި އިބޫއަށް ހަމަލާދޭން އުޅުނު މީހާ ހައްޔަރުކުރުމަށް ފުލުހުންގެ ކިބައިން ވެސް އެދުނެވެ. ނަމަވެސް އެކަން ނުކޮށް އޮތުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. ކަންބޮޑުވާންޖެހޭ ކަމެކެވެ.

އިބޫއަށް ހަމަލާ ދޭން އުޅުނު ހާދިސާ އެހެން ގޮތަކަށް ބަދަލު ކޮށްލަމާ ހިނގާށެވެ. އެ ހަމަލާއަކީ ދައުލަތުގެ ވެރިޔަކަށް ނުވަތަ އިބޫގެ ވާދަވެރި ކެންޑިޑޭޓަށް ދޭން އުޅުނު ހަމަލާއެއް ނަމަ، މަންޒަރު ފެންނާނެ ގޮތް، ދައުލަތުގެ މުއައްސަސާތައް ހަރަކާތްތެރިވާނެ ގޮތް ވިސްނުމަށް ގެންނާށެވެ. ގައިމު ވެސް ފުލުހުން ފުލުފުލުގައި ޕްރެސް ކޮންފަރެންސް ބާއްވާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކުން ކަންބޮޑުވުން ފާޅުކުރާނެއެވެ. ހަމަލާދޭން އުޅުނު މީހާ ހައްޔަރުކުރާނެއެވެ. އެކަމުގައި ބައިވެރިވާ، ނުވަތަ އަޑީގައި ތިބި ކަމަށް ތުހްމަތުކުރާ، ނުވަތަ ބަޔަކު ފަންޑުކޮށްގެން ހިންގި ޖަރީމާއެއް ނަމަ، އެ ބަޔަކު ވެސް ހޯދަން އަތްފުނާ އަޅާނެއެވެ. ނަމަވެސް އިބޫއަށް ވުމުން މިއިން ކަމެއް އެންމެ ރަނގަޅަށް ހިނގި ތަނެއް ނުފެނެއެވެ.

ގައުމުގެ މިފަދަ މުހިންމު ދަނޑިވަޅެއްގައި ދައުލަތުގެ މުއައްސަސާތައް ހާއްސަކޮށް، ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ސަލާމަތީ ހިދުމަތްދޭ މުއައްސަސާގެ މަސައްކަތް ވަރަށް މުހިންމެވެ. ސިޔާސީ ވަކި ފިކުރެއް ދެކެ ރުޅި އަންނަން ނުޖެހެއެވެ. ވަކި ފިކުރެއް ދެކެ ލޯބިވާކަށް ނުޖެހެއެވެ. ލޯބިވާންޖެހޭނީ ދިވެހި ރައްޔިތުން ދެކެއެވެ. ހިދުމަތްކޮށް ދޭންޖެހޭނީ ދިވެހި ރައްޔިތުންނަށެވެ. ހޯދަންޖެހޭނީ ދިވެހިރައްޔިތުންގެ ލޯތްބެވެ. ރިޔާސީ ކެންޑިޑޭޓުންނަށް ފާޅުގައި ހަމަލާދޭން މަސައްކަތްކުރާއިރު، ސަލާމަތީ ހިދުމަތްތަކުން އެކަމުގައި ބަހެއް ނުބުނެ 24 ގަޑިއިރު ވެގެން ދިޔުމަކީ، އެ މުއައްސަސާގެ އިސްކޮށް ތިއްބެވި ބޭފުޅުން ޒިންމާ އުފުލައި، އެބޭފުޅުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށްފައި ނެތުމުން، މުއައްސަސާތަކުން އެ ބޭފުޅުންގެ ޒިންމާދާރު ކުރުވަންޖެހޭ ފަދަ ބޮޑު ކަމެކެވެ.

އިންތިހާބު ކައިރިވަމުން އަންނައިރު ހަމަޖެހުން ނެތިއްޖެ ނަމަ، އިންތިހާބު މިނިވަނެއް ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ރިޟްވާން

4 މަސް ކުރިން

ފިޔާޒެއް ނުޖަހާނެ

0
0