24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ދަރުމަވަންތަ ހޮސްޕިޓަލް

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ހުޅުވުން ވެސް ސެޕްޓެމްބަރު މަހަށް ފަސްކޮށްފި

  • ނުހުޅުވި ލަސްވެގެން ދަނީ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީތައް ނުގެނެވިގެން
  • ހުޅުލެ އާއި މާލެއާ ދެމެދު އަޅަމުންދާ ބްރިޖު ހުޅުވާ ތާރީހު ވެސް ސަރުކާރުން ވަނީ ފަސްކޮށްފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 11 ޖުލައި 2018 | ބުދަ 18:39 | |

މަގުބޫލް

  1. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ -- ރާއްޖެއެމްވީ

ސަރުކާރުން ބޮޑެތި ލޯނު ނަގައިގެންނާއި މިލިއަނުން ޑޮލަރު ޚަރަދު ކޮށްގެން އިމާރާތް ކޮށްފައިވާ 25 ބުރީގެ އައިޖީއެމްއެޗުގެ އާ އިމާރާތް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލުގެ ހުޅުވާ ތާރީހު މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ފަސްކޮށްފިއެވެ.

ސަކާރުން ކުރިން ނިންމާފައި އޮތީ އައިޖީއެމްއެޗުގެ އާ އިމާރާތް މި މަހުގެ 26 ވަނަ ދުވަހާ ދިމާކޮށް ހުޅުވާ ގޮތަކަށެވެ. ސަރުކާރުން ބުދަ ދުވަހު ބުނެފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ބަދަލުގައި އަންނަ ސެޕްޓެމްބަރު މަހަށް ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗްގެ އާ އިމާރާތް ހުޅުވާނެ ސީދާ ތާރީހެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ނަން ދީފައިވާ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަޑައިގެންނެވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާތާ މިހާރު ތިން އަހަރުވެފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތް ނިމޭނީ ކޮންތާރީޚެއްގައި ކަން ދަންނަވަން ދަތި ކަމަށް ކަމަށެވެ.

ސަރުކާރުން ކުރިން ކަނޑައެޅި ތާރީހުގައި އެ ހޮސްޕިޓަލް ނުހުޅުވި ލަސްވެގެން ދަނީ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީތައް ނުގެނެވި ލަސްވަމުންދާތީ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތް ހުޅުވާ ތާރީހު މަސް ދުވަހަށް ވުރެ ފަސްވެފައިވާއިރު، ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖު ހުޅުވާ ތާރީހު ވެސް ސަރުކާރުން ވަނީ އަންނަ މަހަށް ފަސްކޮށްފައެވެ.

އިމާރާތް ހުޅުވުން ސެޕްޓެމްބަރު މަހަށް ފަސްކޮސްފައިވާ އިރު އިމާރުގެ ފަންގިފިލާތަކުގައި މުށިޖަހައި ނިމިފައި ނުވާއިރު، އިމާރާތުގެ އިންޓީރިއާގެ ގިނަ މަސައްކަތްތަކެއް އަދިވެސް ހުރީ ނުނިމިއެވެ. 

އެ ހޮސްޕިޓަލް އެޅުމިން އައިޖީއެމެއެޗްގެ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އިރު ގާތްގަޑަކަށް އެ އިމާރާތުގެ އެއް ފްލޯރ ޚާއްސަކުރެވިފައި ވަނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ. އެގޮތުން 20 ވަނަ ބުރީގައި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ކުރެވިފައިވާ ސޫޓްގައި ބޮޑު ހަ ކޮޓަރި ހުންނައިރު، މީޓިންގް ރޫމްއަކާއި ބަދިގެއެއްގެ އިތުރުން ފާރުވާ ހޯއްދަވަންޖެހިވަޑައިގެން އެޑްމިޓްކުރައްވަން ޖެހިއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ ގައުމު ހިންގަވަން ބޭނުންވާނެ ވަސީލަތްތައް ވެސް އެތަން ނިމޭއިރު ގާއިމުކުރެވިފައި ހުންނާނެ ކަމަށް، އައިޖީއެމްއެޗް އައު އިމާރާތުގައި މަސައްކަތްކުރާ މުވައްޒަފަކު ވަނީ ރާއްޖެޓީވީއަށް މައުލޫމާތު ދީފައެވެ.

މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗާއި އައިޖީއެމްއެޗްގެ އާ އިމާރާތް އެއްކޮށްލުމުން އެނދުގެ ޖުމްލަ 500 އަށް އަރާނެ ކަމަށެވެ. މިއީ ދައުލަތުގެ ބަޖެޓް 140 މިލިއަން ޑޮލަރު (2.15 ބިލިއަން ރުފިޔާ) ހޭދަކޮށްގެން އަޅާ އިމާރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް