18 ޖުލައި 2018 | ބުދަ | 04 ފުސް
05 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:43

ޖަޕާނުގައި ފެންބޮޑުވުން

ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރަ: މަރުވި މީހުންގެ އަދަދު 176 އަށް އަރައިފި

  • މިއީ 2011 ވަނަ އަހަރު އެ ގައުމަށް އައި ބިންހެލުމަށް ފަހު ގުދުރަތީ ކާރިސާއެއްގައި އެންމެ ގިނަ މީހުން މަރުވި ފަހަރު
  • މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް 75،000 މީހުން ވަނީ ނެރެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 11 ޖުލައި 2018 | ބުދަ 14:30 | |

މަގުބޫލް

  1. ރައީސް ޔާމީނާ މެދު ދުވަހަކު ވެސް ހިތްހެވެއް ނުވާނެ، އެދެނީ އިބޫ އިންތިހާބު ކާމިޔާބު ކުރުމަށް: އަބްދުﷲ ސައީދުގެ ބައްޕަ
  2. ލީޑަރުން މިނިވަން ކުރާނެ ކަމަށް އިބޫ ވިދާޅުވުމުން، ރައީސް ޔާމީން ކޯފާ އިސްކުރައްވައިފި
  3. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  4. ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ފެށުމުން އިނގިރޭސީން މަރުހަބާ ކިޔައިފި
  5. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  6. ވަން އެންޑް އޮންލީ ރީތި ރަށުގައި އެކަނި ވެސް 400 މީހުން ވޯޓުލާނެ، އެރަށުގައި ވެސް ވޯޓު ފޮއްޓެއް ނެތް!
  7. ރިރަޖިސްޓްރީ ވާނެ ތަންތަން އިއުލާނުކޮށްފި
  8. ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖޭގެ ބާޒާރުގައި އެބަހުރި: އެފްޑީއޭ


ބުދަ ދުވަހު ހެނދުނު ހެލިކޮޕްޓަރުގައި އަބޭ ވަޑައިގެންފައި ވަނީ އޮކަޔާމާ ޕްރިފެކްޗަރއަށް -- ރޮއިޓަރސް

ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެ ގައުމުގެ ހުޅަނގުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު މަދުވެގެން 176 އަށް އަރާ ކަމަށް އެ ގައުމުގެ ކެބިނެޓް ސެކްރެޓަރީ ޔޮޝީޑޭ ސޫގާ ވިދާޅުވެއްޖެއެވެ.

މި ހާދިސާތަކުގައި އިތުރު ނުވަ މީހަކު ވަނީ ގެއްލިފައެވެ. 

މިއީ 2011 ވަނަ އަހަރު އެ ގައުމަށް އައި ބިންހެލުމަށް ފަހު ގުދުރަތީ ކާރިސާއެއްގައި އެންމެ ގިނަ މީހުން މަރުވި ފަހަރެވެ. އަދި މިއީ ވޭތުވެ ދިޔަ ތިރީހަށް ވުރެ ގިނަ އަހަރުގެ ތެރޭގައި އެ ގައުމުގައި ވާރޭ ވެހި ފެން ބޮޑުވެގެން އެންމެ ގިނައިން މީހުން މަރުވި ފަހަރެވެ.

އެތައް ބަޔަކު ގެއްލިފައިވާ އިރު މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކުނިބުންޏާއި ކިސަޑުގެ ތެރެއިން ދިރި ހުއްޓައި މީހަކު ފެނޭތޯ ކޮންނަމުންނެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް 75،000 މީހުން ވަނީ ނެރެފައެވެ. ސޫގާ ވަނީ ކުރިޔަށް އޮތް ވަގުތުތަކުގައި ބިންގަޑު ކަނޑައިގެން ދިއުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ގެންދަވަނީ ފެންބޮޑުވުމުގައި ގެއްލުން ލިބުނު ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވަމުންނެވެ. ބުދަ ދުވަހު ހެނދުނު ހެލިކޮޕްޓަރުގައި އަބޭ ވަޑައިގެންފައި ވަނީ ފެންބޮޑުވުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ޕްރިފެކްޗަރ ކަމަށްވާ އޮކަޔާމާއަށެވެ.

ކޯރުގެ ފެންގަނޑު ބޮޑުވުމާ އެކު އެ ސަރަހައްދުގެ ދެ މިލިއަނެއްހާ ރައްޔިތުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތަކެއް ކުރެއްވުމަށްޓަކައި ގައުމުން ބޭރަށް ކުރައްވަން އޮތް ދަތުރުފުޅު ވެސް ކެންސަލް ކުރައްވާފައެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކަށް ވާރޭ ވެހިފައިވާ މިންވަރަކީ އާއްމުކޮށް މުޅި ޖުލައި މަހު ވެހޭ މިންވަރުގެ ތިންގުނައެވެ.

ވެރިރަށް ޓޯކިޔޯގެ ހުޅަނގުން 600 ކިލޯމީޓަރު ދުރުމިނުގައި އޮންނަ މޮޓޮޔާމާ ޓައުންއަށް ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ހޮނިހިރު ދުވަހުގެ ހެނެދުނާ ހަމައަށް 583 މިލިމީޓަރގެ ވާރޭ ވެހިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް