12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ރާއްޖޭގެ ތަރައްގީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

  • މުޅި އިންޑިޔާ ކަނޑުގެ ހަމަޖެހުމާއި ކުރިއެރުމަށް ރާއްޖޭގެ އިންތިސާދީ ކުރިއެރުން މުހިއްމު- ޝައިނީ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ޑރ މުހައްމަދު ޝައިނީ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ރާއްޖޭގައި ހިންގާ ކަނޑުދަތުރު ފަތުރާ ގުޅޭ މަޝްރޫއުތަކާއި ބަނދަރާއި އެއަރޕޯޓްތަކުގެ ތަރައްގީގެ މަޝްރޫއުތަކަށް މި ސަރަހައްދުގެ ގައުމުތައް ޚާއްސަކޮށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް ރާއްޖޭގެ މަސްވެރިކަަމުގެ ދައިރާއާ ގުޅޭ ވަޒީރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ ވިޔަފާރި ނޫހެއް ކަމަށްވާ "ދަ ފައިނޭންޝިއަލް އެކްސްޕްރެސް" ގައިވާ ގޮތުން އިންޑިޔާގެ ނިއުދިއްލީގައި ބޭއްވި ރެއިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ޝައިނީ ވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި ސަރަހައްދީ ގައުމުތައް ޚާއްސަކޮށް އިންޑިޔާ ފަދަ ގައުމުތަކުގެ އިންވެސްޓަރުންނަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާ ކަމުގައި ވިދާޅުވެފަ އެވެ. މިނިސްޓަރު ޝައިނީ ވަނީ ރާއްޖެއަކީ އަބަދުވެސް ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓް ކުރުމުގާ ފަހި މާހައުލެއް ގާއިމް ކޮށްދިނުމުގެ މަސައްކަތް ކުރައްވަމުންދާ ރަނގަޅު ޓްރެކް ރެކޯޑެއް އޮތް ގައުމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. ޝައިނީ ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ހޯދާ ދިނުމުގައި މީގެ 30 އަހަރު ކުރިން ވެސް އިންޑިޔާ އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އަދި އެހީ ރާއްޖެއިން އަބަދުވެސް ބަލައިގަންނަ ފާހަގަކޮށްލެވޭ ކަމެއް ކަަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއްގެ މަސައްކަތް ކުރަމުންދާ އިރު އެފަދަ މަސައްކަތްތައް ކުރިއަށް ވެސް ރޭވިފައިވާ ކަމަށް މިނިސްޓަރު ޝައިނީ ވަނީ ވިދާޅުވެފަ އެވެ. މިފަދަ މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލައިގެން ކަަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ތަރައްގީއަށް ދެން އަޅަންޖެހޭ ފިޔަވަޅު އެޅޭނީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ އިގްތިސާދީ ދޮރުތައް ހުޅުވާލައިގެން ކަމަށާއި މި ސަރަހައްދުގެ ގައުމުތަކާއި މުޅި ދުނިޔެއިން ރާއްޖެއަށް އިންވެސްޓަރުން އަންނަމުންދަނީ ރާއްޖޭގައި އިންވެސްޓްކޮށްގެން ލިބޭ އާމްދަނީ ބޮޑުވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އާއްމު ގޮތެއްގައި ރާއްޖޭގައި ކުރާ އިންވެސްޓްމެންޓްތަކުން ފައިދާ ހޯދުމަށް ނަގާ މުއްދަތު ކުޑަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ޝައިނީ ވަނީ އިންޑިޔާގެ އިތުރުން ސްރީލަންކާ އާއި ސައުދީ އަރަބިއްޔާ އާއި ޗައިނާ އަދި އެމެރިކާ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް އިންވެސްޓަރުން އަންނަ މިންވަރު ފާހަގަކުރައްވާފަ އެވެ. އަދި މުޅި އިންޑިޔާ ކަނޑުގެ ހަމަޖެހުމާއި ކުރިއެރުމަށް ރާއްޖޭގެ އިންތިސާދީ ކުރިއެރުމުގެ މުހިއްމު ކަން މިނިސްޓަރު ޝައިނީ ފާހަގަކުރެއްވި އެވެ.

ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުން އަންނަ ނަމޫނާ ގައުމެއްގެ ގޮތުގައި ޑރ. ޝައިނީ ފާހަގަކުރެއްވި އިރު މީގެ ކުރިން އިންޑިޔާގެ ޖީއެމްއާރް ކުންފުންޏާ އެއަރޕޯޓް ތަރައްގީ ކުރުމަށް ހަވާލުކުރި ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވުމާ ގުޅިގެންވަނީ ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލާފަ އެވެ. އަދި ވެލާނާ އެއަރޕޯޓް ޖީއެމްއާރު އަތުން އަތުލުމުން ބަދަލުގެ ގޮތުގައި ސަރުކާރުން 270 މިލިއަން ޑޮލަރު އެކުންފުންޏަށް ދައްކަންޖެހުނެވެ. މީގެ އިތުރުން ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ގެނައުމަށް ސްޕެޝަން އިކޮނޮމިކް ޒޯން އެސްއީޒެޑް ތެރެއިން ބޭރުގެ އިންވެސްޓަރުން ގެނައުމަށް ކުރި މަސައްކަތުގެ ދަށުން 2016 ވަނަ ބަޖެޓުގާ، އެސްއީޒެޑުން ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ ގޮތުގާ 1.5 ބިލިއަން ރުފިޔާ ޖަހާފައި އޮތް ނަމަވެސް އެއަހަރު ނިމުނު އިރުވެސް އެސްއީޒެޑްގެ ތެރެއިން އެއްވެސް އާމްދަނީއެއް ސަރުކާރަށް ލިބިފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް