16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ސެލީނާ ގޮމޭޒް - ޖަސްޓިން ބީބަރ

ޖަސްޓިން އެންގޭޖްވި ހަބަރަށް ފަހު ސެލީނާގެ މެސެޖް: 'ދެމިހުންނާނީ އެންމެ ވަރުގަދަ މީހާ'

  • ޖަސްޓިންއާއި ހެއިލީ ބޯލްޑްވިން އެންގޭޖް ވެފައިވަނީ 7 ޖުލައިގައި
  • ޖަސްޓިން އެންގޭޖްމަންޓް އިއުލާން ކުރިތާ އެއް ދުވަސް ފަހުން 25 އަހަރުގެ ސެލީނާ ރަށްޓެހިންނާއެކު އެމެރިކާގެ ނިއު ޔޯކްއިން ވަނީ ފެނިފައި
  • އެތައް ފަހަރަކު ރަށްޓެހިވެ ރުޅިވެފައިވާ ސެލީނާއާއި ޖަސްޓިންގެ ގުޅުމަކީ ގިނަ ބައެއްގެ ނަޒަރު ހިނގަމުންދާ ގުޅުމެއް
އައިޝަތު ޝާނީ | Shaaknee

| 11 ޖުލައި 2018 | ބުދަ 10:37 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ސެލީނާ ގޮމޭޒް -- ސްޕްލޭޝް ނިއުސް

އޭނާގެ ކުރީގެ ލޯބިވެރިޔާ ޖަސްޓިން ބީބަރ އެންގޭޖްވެފައިވާ ވާހަކަ ހާމަ ކުރިތާ އެއް ދުވަސް ފަހުން ސެލީނާ ގޮމޭޒް ފެނިފައިވާ އިރު، އޭނާ ލައިގެން ހުރި ޓީޝާޓުގައި އިނީ ފާހަގަ ކުރެވޭ މެސެޖެކެވެ.

25 އަހަރުގެ ސެލީނާ ރަށްޓެހިންނާއެކު އެމެރިކާގެ ނިއު ޔޯކްގައި އުޅެނިކޮށް ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް އާންމުވެފައިވާ އިރު، އެ ފޮޓޯތަކުން އެންމެ ފާހަގަ ކުރެވުނީ އޭނާ ލައިގެން ހުރި ޓީޝާޓްގައި ލިޔެފައިވާ މެސެޖާއި އޭނާގެ ހިނިތުންވުމެވެ.

އޭނާގެ ޓީޝާޓްގައި ޖަހާފައިވަނީ "ދެމިހުންނާނީ އެންމެ ވަރުގަދަ މީހާ" މިހެންނެވެ.

ޖަސްޓިން، 24، އާއި ހެއިލީ ބޯލްޑްވިން، 21، ކައިވެނި ކުރަން އެންގޭޖްވެފައިވާކަމަށް ރިޕޯޓް ފެތުރުނުތާ އެއް ދުވަސް ފަހުން ޖަސްޓިން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އެކަންތައް ކަށަވަރު ކޮށްދީފައެވެ.

ސެލީނާއާއި ޖަސްޓިންގެ ގުޅުމަކީ ގިނަ ބައެއްގެ ނަޒަރު ހިނގަމުންދާ ގުޅުމެެކެވެ. ދެ މީހުން ފުރަތަމަ ރަށްޓެހިވެފައިވަނީ 2010 ވަނަ އަހަރެވެ. ދެން 2012 ވަނަ އަހަރު ރުޅިވުމަށް ފަހު އަނެއްކާވެސް 2013 ވަނަ އަހަރު ދެ މީހުން ރަށްޓެހިވިއެވެ. ދެ ތިން މަސް އެކީގައި އުޅުމަށް ފަހު އަނެއްކާ ވެސް ރުޅިވިއެވެ. މިފަދައިން 2015 ވަނަ އަހަރާ ކޮންމެ އަހަރަކު ރަށްޓެހިވެ، ރުޅިވެ އުޅުމަށް ފަހު ދެ އަހަރުގެ ބްރޭކަކަށް ފަހު 2017 ވަނަ އަހަރު އަނެއްކާ ވެސް ދެ މީހުން އެކުގައި އުޅެން ފެށިއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ މާޗް މަހު ސެލީނާއާއި ޖަސްޓިން އަނެއްކާ ވެސް ރުޅިވިއެވެ.

މިފަހަރު ރުޅިވެފައިވަނީ ޖަސްޓިންގެ ގިނަ ދުވަހުގެ އެކުވެރިއެއް އަދި ކުރީގެ ލޯބިވެރިއެއް ކަމަށްވާ ހެއިލީގެ ސަބަބުން ކަމަށް ރިޕޯޓްތައް ފެތުރިފައިވެއެވެ.

އެ ވާހަކަތަކާ ގުޅިގެން އެއްވެސް ފަރާތެއް އެއްޗެއް ބުނެފައި ނުވި ނަމަވެސް މި މަހު އިއުލާން ކުރި އެންގޭޖްމަންޓް ހަބަރުން އެ ރިޕޯޓްތަކަށް ބާރު ލިބެއެވެ. ޖަސްޓިން ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓްގައިވާ ގޮތުން، އޭނާއާއި ހެއިލީ އެންގޭޖް ވެފައިވަނީ ޖުލައި 7 ގައެވެ. އަދި ހެއިލީ ދެކެ ވަރަށް ލޯބިވާ ކަމަށާއި ހެއިލީ ނޫން އެހެން އެއްވެސް މީހަކާ އެކު އުޅެން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.

ޖަސްޓިން ބީބަރއާއި ހެއިލީ ބޯލްޑްވިން. ފޮޓޯ: އިންސްޓަގްރާމް/ޖަސްޓިން ބީބަރ

ޖަސްޓިން އެންގޭޖްވި ވާހަކަ އަޑު އިވުމުން ސެލީނާއަށް ޝޮކެއް ލިބުނު ކަމަށާއި ނަމަވެސް އޭނާ އެކަމާ މެދު އަޅާ ނުލާ ކަމަށް އީ ނިއުސްއިން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެއީ ޖަސްޓިން "ކޮށްފާނެ ކަމެއްކަން އޭނާއަށް އިނގޭ"ކަމަށް ރިޕޯޓްތަކުގައިވެއެވެެ.

ޖަސްޓިންއާއެކު 2017 ވަނަ އަހަރު އަނެއްކާ އުޅެން ފެށުމުގެ ކުރިން ސެލީނާ ދަ ވީކެންޑް ނުތަވަ އަބެލް ޓެސްފަޔޭއާ ރަށްޓެހިވިއެވެ. އެ ގުޅުން ގޯސްވީ ސެލީނާ އަނެއްކާ ޖަސްޓިންއާ އެކު އުޅެން ފެށުމުންނެވެ. ވީކެންޑް އެެންމެ ފަހުން ރިލީޒް ކުރި އަލްބަމުން ދޭހަވާ ގޮތުގައި ސެލީނާއާ ރަށްޓެހިވެވުމަކީ އޭނާއަށް ހެދުނު ކުށެކެވެ. އަދި އޭނާއާ ރުޅިވުމަށް ފަހު ދަ ވީކެންޑްވެސް އޭނާގެ ކުރީގެ ލޯބިވެރިޔަކާ އެކު އުޅެން ފެށިއެވެ. އެއީ މަޝްހޫރު ސުޕަރމޮޑެލް ބެލާ ހަދީދުއެވެ.

ދަ ވީކެންޑްއާއި ބެލާ ހަދީދު. ފޮޓޯ: ޖަސްޓް ޖެރެޑް

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް