25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޖޯޖް ކްލޫނީ

ޖޯޖް ކްލޫނީ އިޓަލީގައި އެކްސިޑެންޓްވެ ފަރުވާ ދީފި، ހާލު ރަނގަޅު

 • މި އެކްސިޑެންޓް ހިނގާފައިވަނީ އަންގާރު ދުވަހު ހެނދުނު
 • ސްކޫޓަރުން ދަތުރު ކުރަމުން ދިޔަ ކްލޫނީ ވަނީ ކާރެއްގައި ޖެހިފައި
 • ހޮސްޕިޓަލްގައި ފަރުވަ ދިނުމަށް ފަހު މިހާރު އޭނާ ވަނީ ދޫކޮށްލާފައި
އައިޝަތު ޝާނީ | Shaaknee

| 11 ޖުލައި 2018 | ބުދަ 09:27 | |

މަގުބޫލް

 1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
 3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 6. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
 7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


އެކްސިޑެންޓަށް ފަހު ވެއްޓިފައި އޮތް ޖޯޖް ކްލޫނީއަށް އެހީތެރިވަނީ -- އޭޕީ

އެމެރިކާގެ މަޝްހޫރު ފިލްމީ ތަރި ޖޯޖް ކްލޫނީ، 57، އިޓަލީގައި ސްކޫޓަރެއްގައި ދަތުރު ކުރަމުން ދަނިކޮށް ކާރެއްގައި ޖެހި އެކްސިޑެންޓްވެއްޖެއެވެ.

އިޓަލީގެ ސާޑިނިއާ އައިލެންޑްގެ އޮލްބިއާ ސިޓީގައި އަންގާރަ ދުވަހު ހެނދުނު ހިނގި މި އެކްސިޑެންޓަށް ފަހު އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އަނިޔާތައް އެހާ ސީރިއަސް ނުވުމުގެ ސަބަބުން މާ ލަސްތަކެއް ނުވެ ވަނީ ދޫކޮށްލާފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އޭނާގެ ކުރި މައްޗަށް ކުއްލިއަކަށް މާސޭޑީޒް ކާރެއް އެރުމުގެ ސަބަބުންނެވެ. އަދި ކާރުގައި ޖެހި ކްލޫނީ އޭނާ ދަތުރު ކުރަމުންދިޔަ ސްކޫޓަރު މަތިން އެއްލިގެން ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކްލޫނީއާ އެކު އެހެން ސްކޫޓަރެއްގައި ދަތުރު ކުރަމުންދިޔަ މީހާ ވަނީ އެ ކާރުގައި ނުޖެހި ސަލާމަތްވެފައެވެ.

އަދި ކްލޫނީގެ ކަކުލަށް އަނިޔާ ލިބިފައި ވުމާއެކު ހޮސްޕިޓަލަށް ގެންދެވުމަށް ފަހު އެމްއާރްއައި ސްކޭނެއް ހަދާފައިވާ ކަމަށް އެންބީސީން ރިޕޯޓް ކޮށްފައިވެއެވެ. ކްލޫނީގެ ޓީމުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ކްލޫނީ އެކްސިޑެންޓްވި ހަބަރު ލިބުމާއެކު އަންހެނުން އަމާލްވަނީ ވަގުތުން އޭނާގެ ކައިރިއަށް ހޮސްޕިޓަލަށް ގޮސްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކްލޫނީ ސާޑިނިއާގައި އުޅެނީ ފިލްމެއްގެ ޝޫޓިންގ އެއްގައެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ މައްޗަށް ޖޯސެފް ހެލަރ ލިޔެފައިވާ ފޮތެއް ކަމަށްވާ "ކެޗް-22"ގެ ޝޫޓިންގގައެވެ.

އިޓަލީގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ކްލޫނީ ފިލްމް ޝޫޓިންގއަށް ދިޔަ މަގުމަތީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް