18 ޖުލައި 2018 | ބުދަ | 04 ފުސް
05 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:43

ބޮލީވުޑް

ކިޒީ އޯރް މެނީ ގެ ފުރަތަމަ ޕޯސްޓަރުގައި ރަޖްނީ ކާންތް

  • މި ފިލްމަކީ ކާސްޓިން ޑައިރެކްޓަރ މުކޭޝް ޗާބްރާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމް
  • ހިންދީ ރިމެކިންއެއް ހަދާތީ މި ވާހަކަ ލިޔުނު ޖޯން ގްރީން ވަނީ އެކަމަށް މަރުހަބާ ކިޔާފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 ޖުލައި 2018 | ބުދަ 08:28 | |

މަގުބޫލް

  1. ރައީސް ޔާމީނާ މެދު ދުވަހަކު ވެސް ހިތްހެވެއް ނުވާނެ، އެދެނީ އިބޫ އިންތިހާބު ކާމިޔާބު ކުރުމަށް: އަބްދުﷲ ސައީދުގެ ބައްޕަ
  2. ލީޑަރުން މިނިވަން ކުރާނެ ކަމަށް އިބޫ ވިދާޅުވުމުން، ރައީސް ޔާމީން ކޯފާ އިސްކުރައްވައިފި
  3. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  4. ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ފެށުމުން އިނގިރޭސީން މަރުހަބާ ކިޔައިފި
  5. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  6. ވަން އެންޑް އޮންލީ ރީތި ރަށުގައި އެކަނި ވެސް 400 މީހުން ވޯޓުލާނެ، އެރަށުގައި ވެސް ވޯޓު ފޮއްޓެއް ނެތް!
  7. ރިރަޖިސްޓްރީ ވާނެ ތަންތަން އިއުލާނުކޮށްފި
  8. ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖޭގެ ބާޒާރުގައި އެބަހުރި: އެފްޑީއޭ


ކިޒީ އޯރު މެނީ ގެ ފުރަތަމަ ޕޯސްޓަރު -- ޓްވިޓަރ

2014 ވަނަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ މަޝްހޫރު ފިލްމް "ފޯލްޓް އިން އަވަރ ސްޓާޒް" ގެ ހިންދީ ރީމޭކް " ކިޒީ އޯރު މެނީ" ގެ ފުރަތަމަ ޕޯސްޓަރު ވަނީ ދައްކާލަފައެވެ.

ލީޑް ރޯލުން ސުޝާންތް ރާޖްޕުތް އާއި ސަންޖަނާ ސަންގީ ފެނިގެންދާ  މި ފިލްމްގެ ޕޯސްޓަރު ފުރަތަމަ ފަހަރަށް ބަލައިލުމުން ތަފާތު ކަމެއް ފެނިގެން ނުދިޔަ ނަމަވެސް  ދެވަނަ ފަހަރަށް ބަލައިފި ނަމަ ހިތްގައިމު ނޫން ގޮތެއް ފާހަގަވެގެން ދެއެވެ. މި ޕޯސްޓަރުގައި ފެނިގެން ދަނީ ބަހެއްގެ މަތީގައި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް (ސުޝާންތް އާއި ސަންޖަނާ) ފަހަތަށް އެނބުރި އިށީންދެލައިގެން ތިބިއިރު ފިރިހެން ކުއްޖާގެ ބޮލުގައި ފުރަގަހުން އިންޑިއާގެ މަޝްހޫރު ބަތަލު ރަޖްނީކާންތްގެ ގެ ޕޮޓޯ ޖަހާފައިވާ މޫނުގަނޑެއް އަޅައިގެން އިންދައެވެ.

މި ފިލްމަކީ ކާސްޓިން ޑައިރެކްޓަރ މުކޭޝް ޗާބްރާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.

ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކިންއެއް ހަދާތީ މި ވާހަކަ ލިޔުނު ޖޯން ގްރީން ވަނީ އެކަމަށް މަރުހަބާ ކިޔައި ފިލްމަށް އިންތިޒާރު ކުރާ ކަމަށް ބުނެ އެވެ.

ޖޯން ގްރީންގެ މި ވާހަކަ އަށް ހަމަ އެ ނަމުގައި ޖޯޝް ބޫން ޑައިރެކްޓް ކޮށް ޓްވެންޓީއަތް ސެންޗަރީ ފޮކްސް އިން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމްގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ޝައިލީން ވުޑްލީ އާއި އެންޒެލް އެލްގޮޓް އެވެ.

"ފޯލްޓް އިން އަވާ ސްޓާޒް" އަކީ ކެންސަރުގެ ޝިކާރަކަށްވެފައިވާ ޒުވާން ދެ ލޯބިވެރިންގެ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ.

 

ޖަމްޝޭދްޕޫރްގައި މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމް "ކިޒީ އޯރް މެނީ" ރިލީޒް ކުރާނެ ތާރީހު އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް