18 ޖުލައި 2018 | ބުދަ | 04 ފުސް
05 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:43

ޓްރާންސްފާ މާކެޓް

ނުވަ އަހަރަށްފަހު ރެއާލްއަށް އަލްވަދާއު ކިޔައި ރޮނާލްޑޯ ޔުވެންޓަސްއަށް

  • ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވާނީ 112 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން
  • އޭނާ ޔުވެންޓަސްއާއެކު ސޮއިކުރާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 11 ޖުލައި 2018 | ބުދަ 01:47 | |

މަގުބޫލް

  1. ރައީސް ޔާމީނާ މެދު ދުވަހަކު ވެސް ހިތްހެވެއް ނުވާނެ، އެދެނީ އިބޫ އިންތިހާބު ކާމިޔާބު ކުރުމަށް: އަބްދުﷲ ސައީދުގެ ބައްޕަ
  2. ލީޑަރުން މިނިވަން ކުރާނެ ކަމަށް އިބޫ ވިދާޅުވުމުން، ރައީސް ޔާމީން ކޯފާ އިސްކުރައްވައިފި
  3. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  4. ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ފެށުމުން އިނގިރޭސީން މަރުހަބާ ކިޔައިފި
  5. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  6. ވަން އެންޑް އޮންލީ ރީތި ރަށުގައި އެކަނި ވެސް 400 މީހުން ވޯޓުލާނެ، އެރަށުގައި ވެސް ވޯޓު ފޮއްޓެއް ނެތް!
  7. ރިރަޖިސްޓްރީ ވާނެ ތަންތަން އިއުލާނުކޮށްފި
  8. ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖޭގެ ބާޒާރުގައި އެބަހުރި: އެފްޑީއޭ


ރޮނާލްޑޯ ވެގެންދާނީ ދުނިޔޭގެ ހަވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށް -- ގެޓީ އިމޭޖާސް

ސްޕެއިންގެ ރެއާލް މެޑްރިޑްގައި ކާމިޔާބު ނުވަ ސީޒަން ހޭދަކުރުމަށްފަހު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެކްލަބް ދޫކޮށްލުމަށްފަހު އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވެއްޖެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވާނީ 112 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ޔުވެންޓަސްއާއެކު ސޮއިކުރާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ރޮނާލްޑޯ ވެގެންދާނީ ދުނިޔޭގެ ހަވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.  

ރެއާލް ދޫކޮށްލުމަށް ނިންމި ނިންމުން އިއުލާން ކުރަމުން ރޮނާލްޑޯ އާންމުކުރި ސިޓީއެއްގައި އޭނާ ބުނެފައިވަނީ ރެއާލްގައި ހޭދަކުރި ދުވަސްތަކަކީ އޭނާގެ ހަޔާތުގައި ވެސް ހޭދަކުރި އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ. ރެއާލްއިންނާއި އެކްލަބްގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި އިހުތިރާމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ރޮނާލްޑޯ ބުނެފައެވެ.

އެހެން ނަމަވެސް މިއީ އޭނާގެ ކެރިއަރުގައި އެހެން ދިމާލަކަށް މިސްރާބު ޖަހަން ޖެހޭ ގަޑި ކަމަށާއި އެއީ ކްލަބްގައި އޭނާ ވިއްކާލަ ދިނުމަށް އެދުނު ސަބަބު ކަމަށް ރޮނާލްޑޯ ހާމަކޮށްފައިވެއެވެ. އެހެންކަމުން އޭނާގެ މި ނިންމުން ގަބޫލުކޮށްދިނުމަށް ރޮނާލްޑޯ ވަނީ އެދިފައެވެ. އޭނާ ބުނީ ރެއާލް ދޫކޮށްލި ނަމަވެސް އަބަދުވެސް އެ ކްލަބަކީ އޭނާގެ ނަފްސާއި ގުޅިފައިވާ ކްލަބަކަށް ވާނެ ކަމަށެވެ.

މި ޓްރާންސްފާއާއި ގުޅިގެން ރެއާލްއިން ނެރުނު ބަޔާނެއްގައި ވަނީ އޭނާ ވެގެންދާނީ ރެއާލްގެ ތާރީހުގައި ވެސް އެކްލަބަށް ކުޅުނު އެންމެ ވަރުގަދަ އެއް ނިޝާނަށް ކަމަށެވެ. ރެއާލްގެ ތާރީހުގައި ވެސް އެކްލަބަށް އައި އެންމެ ކާމިޔާބު ދަނޑިވަޅުތަކުގައި އެކްލަބަށް އޭނާ ކޮށްދިން ކަންކަމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށް ރެއާލްއިން ބުނެފައިވެއެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އޭރުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 80 މިލިއަން ޔޫރޯއަށް 2009 ވަނަ އަހަރުގެ ޖުލައި މަހު ރެއާލްއަށް ބަދަލުވުމަށްފަހު ރޮނާލްޑޯ ވަނީ އެކްލަބްގައި އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ. އޭނާއަކީ 450 ލަނޑާއެކު އެކްލަބްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

އޭނާ ވަނީ ރެއާލްއަށް ހަތަރު ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ވަކިން ހާއްސަކޮށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު އެކްލަބްއިން ކާމިޔާބު ކުރުމުގައި ރޮނާލްޑޯގެ ހިއްސާ ބޮޑެވެ. އޭނާވަނީ ރެއާލްގައި އޭނާ ހޭދަކުރި ދުވަސްވަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް