21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސަށް

  • ބެލްޖިއަމްގެ މައްޗަށް ފްރާންސްއިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުން
  • ފްރާންސް އެންމެ ފަހުން ވާރލްޑް ކަޕްގެ ފައިނަލްގައި ކުޅުނީ 2006 ވަނަ އަހަރު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 11 ޖުލައި 2018 | ބުދަ 01:30 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް
  8. ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން، ސަޕޯޓަރުން އެއްވެ ހަމަނުޖެހުން ހިންގައިފި


މި މެޗުގައި ފްރާންސްގެ ލަނޑު ޖެހީ އުމްޓީޓީ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ސެމީ ފައިނަލުގައި ބެލްޖިއަމް ބަލިކުރުމަށްފަހު ފްރާންސްއިން ހޯދައިފިއެވެ.

ސެއިންޓް ޕީޓަސްބާގްގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބެލްޖިއަމްގެ މައްޗަށް ފްރާންސްއިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ 1986 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ވާރލްޑް ކަޕެއްގައި މި ދެޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ފްރާންސްގެ ކުޅުންތެރިން ފަހަތަށް ޖެހިގެން ޑިފެންސަށް ވިސްނައިގެން ކުޅުނުއިރު ބެލްޖިއަމްއިން ވަނީ އެޓީމުގެ ދެ ފަޅި ބޭނުންކޮށްގެން ވަރަށް ބޮޑަށް އެޓޭކް ކޮށްފައެވެ. ވަކިން ހާއްސަކޮށް ކެޕްޓަން އެޑެން ހަޒާޑް ވަނީ ފުރަތަމަ ހާފުގެ ކުރީކޮޅު ފްރާންސްގެ ޑިފެންސަށް ވަރަށް ބޮޑަށް އުނދަގޫ ކޮށްފައެވެ.

ފްރާންސްގެ ކުޅުންތެރިން ކައުންޓާގައި ހަމަލާ އުފެއްދިއިރު ބެލްޖިއަމްގެ ކީޕަރު ތީބައު ކޯޓުވާ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ. މި ހާފުގައި ބެލްޖިއަމްއިން ފޮނުވާލި އެންމެ ރަނގަޅު ހަމަލާ ފޮނުވާލީ އެޓީމުގެ ޑިފެންޑަރު ޓޯބީ އަލްޑަވިއާލްޑްއެވެ. އޭނާ ފޮނުވާލި ހަމަލާ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ދެޓީމުން ވަނީ ބަލާ ހިތްވާ ޒާތުގެ ކުޅުމެއް ދައްކާފައެވެ. ފްރާންސްއިން ދެވަނަ ހާފު ވަރުގަދަކޮށް ފެށިއިރު މެޗުގެ 51 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެންޓޮއިން ގްރީޒްމަން ނަގައިދިން ކޯނަރަކުން އެޓީމަށް ޖަހައިދިނީ ސެމުއެލް އުމްޓީޓީއެވެ. މި ލަނޑާއެކު ބެލްޖިއަމްއިން އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެޓީމަށް އެއްވަރު ކުރެވިފައެއް ނުވެއެވެ.

މިއީ 2006 ވަނަ އަހަރުގެ ވާރލްޑް ކަޕް ފައިނަލްގެ ފަހުން މި މުބާރާތުގެ ފައިނަލުން ފްރާންސް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ފައިނަލުގައި ފްރާންސް ނުކުންނާނީ އިނގިރޭސިވިލާތާއި ކްރޮއޭޝިއާ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މި މެޗުން ބަލިވި ނަމަވެސް މުބާރާތުގެ ތިންވަނަ ހޮވާ މެޗު ބެލްޖިއަމްއަށް ބާކީ އަދި އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް