16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އޮރްދޮޣާންގެ އައު ސަރުކާރު

ޑިމޮކްރަސީ ހަރުދަނާކުރައްވައި، ހައްޤުތައް ކަށަވަރު ކޮށްދެއްވާނެކަމަށް އޮރްދޮޣާން ވައުދުވެވަޑައިގެންފި

 • އަސާސީ ހައްޤުތަކުގެ އިތުރުން ފަރުދީ މިނިވަންކަމާއި، އިޤްތިޞާދު ކުރިއަރައިގެންދާނެ
 • މިހާރު ބަަލައިގެންފައިވާ ނިޒާމުގެ ސަބަބުން ސުލްހަވެރިކަމާއިއެކު ތުރުކީވިލާތަށް ކުރިއަށް ދިޔުމަށް މަގު ފަހިވެއްޖެ
 • އުރުދުޣާން ވަނީ ތުރުކީވިލާތުގެ އައު ކެބިނެޓް އިއުލާންކުރައްވާފައި
މިއުވާން މުހައްމަދު | Miuvaan

| 11 ޖުލައި 2018 | ބުދަ 01:18 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


އައު ދައުރަކަށް ހުވައި ކުރެއްވުމަށްފަހު އޮރްދޮޣާން ރައްޔިތުންނާއި މުޚާޠަބުކުރައްވަނީ -- ރޮއިޓަރސް

ތުރުކީވިލާތުގައި ޑިމޮކްރަސީ ހަރުދަނާކުރައްވައި، އެޤައުމަށް ހުރިހާ ގޮތަކުން ކުރިއެރުން ގެނެސްދެއްވާނެކަމަށް އައު ދައުރަކަށް އިތުރު ބާރުތަކަކާއިއެކު ހުވައި ކުރެއްވި ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާން ވައުދުވެވަޑައިގެންފިއެވެ.

އައު ދައުރުގެ ހުވައި ކުރެއްވުމަށްފަހު ވެރިރަށް އަންކާރާގައި ރިޔާސީ ގަނޑުވަރުގައި ރައްޔިތުންނާއި މުޚާޠަބުކުރައްވައި ވާހަކަ ދައްކަވަމުން އޮރްދޮޣާން ވިދާޅުވީ ތުރުކީވިލާތް މިފެށި އައު ދައުރުގައި ޑިމޮކްރަސީގެ އިތުރުން އިންސާނީ ހައްޤުތަކުގެ ޙާލަތާއި، އަސާސީ ހައްޤުތަކުގެ އިތުރުން ފަރުދީ މިނިވަންކަމާއި، އިޤްތިޞާދު ކުރިއަރައިގެންދާނެކަމަށެވެ. އަދި ބޮޑެތި އިންވެސްޓްމަންޓްތައް ގެންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސްކަމުގައި ނުވަތަ ބޮޑުވަޒީރުކަމުގައި މިދިޔަ 15 އަހަރު ތުރުކީވިލާތުގައި ވެރިކަންކުރެއްވި އޮރްދޮޣާން ހޯމަ ދުވަހު މަޤާމުގެ ހުވައިކުރެއްވީ އެގްޒެކެޓިވް ޕްރެޒިޑެންޓްގެ ގޮތުގައެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު ތުރުކީވިލާތުގައި ނެގުނު ޚިޔާލު ހޯދުމުގެ ވޯޓެއްގައި އެޤައުމުގެ ރައްޔިތުން ވަނީ ބަރުލަމާނީ ނިޒާމު ދޫކޮށް، އެގްޒެކެޓިވް ޕްރެޒިޑެންސީއަކަށް ދިޔުމަށް ރުހުން ދީފައެވެ. 

ބައިނަލްއަޤްވާމީ މުޖްމަތައުން ވަނީ މިފަދަ ނިޒާމެއްގައި ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވެވޭނެ ނިޒާމެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް އޮރްދޮޣާން ވިދާޅުވީ މީގެ ކުރިން އޮތް ނިޒާމުގެ ސަބަބުން ތުރުކީވިލާތުގެ ރައްޔިތުން ދައްކަން ޖެހުނު ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ އަގު ވަރަށް ބޮޑުކަމަށާއި، މިހާރު ބަަލައިގެންފައިވާ ނިޒާމުގެ ސަބަބުން ސުލްހަވެރިކަމާއިއެކު ތުރުކީވިލާތަށް ކުރިއަށް ދިޔުމަށް މަގު ފަހިވެއްޖެކަމަށެވެ. 

އޮރްދޮޣާން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ވާނީ ހަމައެކަނި އެމަނިކުފާނަށް ތާޢީދުކުރާ ރައްޔިތުންގެ ސަރުކާރަކަށް ނޫންކަމަށާއި، ތުރުކީވިލާތުގެ އާބާދީގައި ހިމެނޭ 81 މިލިއަން ރައްޔިތުންގެ ސަރުކާރަކަށްކަމަށެވެ. 

ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހު އޮރްދޮޣާން ވަނީ ތުރުކީވިލާތުގެ އައު ކެބިނެޓް އިއުލާންކުރައްވާފައެވެ. ބާރުގަދަ މަޤާމުތަކަށް ބަލާއިރު ޚާރިޖީ ވަޒީރު މެވްލޫތު ކަވުސެގްލޫ އާއި ދާޚިލީ ވަޒީރު ސުލެއިމާން ސޮއެލޫ ވަނީ އެމަޤާމުތަކުގައި ތިއްބަވާ ގޮތަށް ހަމަޖައްސާފައެވެ. އަދި އޮރްދޮޣާންގެ ދަނބިދަރިކަލުން ބެރާތު އަލްބައިރާކް ވަނީ މާލީ ވަޒީރުކަމަށް ހަމަޖައްސަވާފައެވެ. އެހެން މަޤާމުތަކަށް އައްޔަން ކުރައްވާފައިވާ ގިނަ ބޭފުޅުންނަކީ އެކި ޖަމާޢަތްތަކުގެ ވެރިންނާއި ވިޔަފާރިވެރިންނާއި ގާތް މުޝީރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް