16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ރިޔާސީ އިންތިހާބު 2018

ތާއީދުކުރަނީ ރައީސް ޔާމީނަށް، އެކަމަކު ނަގާ ޕޯލް ވެސް ދަނީ ޗޮކުން!

 • ސޯޝަލް މީޑިއާގައި ނަގާ ވޯޓުތަކުން ދައްކަނީ ރައީސް ޔާމީނަށް ތާއީދެއް ނެތް ކަމަށް
 • ޕީޕީއެމް މީހުން ނަގާ ގިނަ ޕޯލްތަކުގައި ވެސް ދަނީ ފުލަށް
 • އަލްހާން ނެގި ވޯޓުން ކުރި ލިބުނީ ފައިސާ ދީގެން ޕްރޮމޯޓްކުރުމުން
އަލީ ޔޫސުފް | AliYooosuf

| 10 ޖުލައި 2018 | އަންގާރަ 21:04 | |

މަގުބޫލް

 1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
 2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
 3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
 4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
 5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
 6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
 7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
 8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


އަލްހާން ފުރަތަމަ ހުޅުވައިލި ޕޯލްގެ ނަތީޖާ -- ފޮޓޯ : ރާއްޖެ އެމްވީ

ޒަމާނީ ތަރައްގީއާ އެކު ކަންކަމުގައި އާންމުންގެ ހިޔާލު ހޯދުން މިވަނީ ވަރަށް ފަސޭހަ ކަމަށް ވެފައެވެ. ސޯޝަލް މީޑިއާ އަށް އިންގިލާބާ އެކު އާންމުން ކަމަކާ މެދު ދެކޭ ގޮތް ހޯދުން މި ވަނީ އިންތިހާ އަށް ފަސޭހަ ވެފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނަ އިރު އެކި ފަރާތްތަކަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ އާންމުންގެ ހިޔާލު ހުރި ގޮތް ދެނެގަތުމަށްޓަކައި މަސައްކަތްތައް ކުރަމުންނެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅު ފަރާތްތަކުގެ މެދުގައި "ޕޯލް"ގެ ފޯރި މި ވަނީ ގަދަވެފައެވެ. ނަމަވެސް މި ޕޯލްތަކުން ވިސްނެނީ ކޮން އެއްޗެއް ހެއްޔެވެ؟

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެއްވޭ ނަމަ ދެން ވާދަކުރައްވާނެ ބޭފުޅެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކަނޑައެޅުމާ އެކު އެކަމާ މެދު އާންމުން ދެކޭ ގޮތް ހޯދުމަށް ވެސް ސޯޝަލް މީޑިއާގައި ދަނީ ޕޯލްތައް ނަގަމުންނެވެ. އިދިކޮޅު ފަރާތްތަކާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވެސް މި ކަމުގައި ވަރަށް ފޯރިގަދައެވެ. މިއިން ކޮންމެ ކަމަކީ މަޖަލަކަށް ކުރާ ކަމެއް ވެސް ނޫނެވެ. ސިޔާސީ ބައެއް ބޭފުޅުންނާއި އެކްޓިވިސްޓުން ވެސްގެންދަނީ "ސީރިއަސް" ޕޯލްތައް ނަގަމުންނެވެ.

ނަމަވެސް މި ކަންކަމުން އެއްކަމެއް ފާހަގަވެގެން ދިޔައެވެ. ގިނަ ޕޯލްތަކުން ރައީސް ޔާމީނު އުޅުއްވަނީ ވަރަށް ފަހަތުގައެވެ. ޚުދު އެމަނިކުފާނަށް ތާއީދުކުރައްވާ ސަޕޯޓްރުން ހުޅުވާލާ ޕޯލްތަކުން ވެސް އެ މަނިކުފާނަށް ލަދުގަންނަ ފަދަ ނަތީޖާތައް ދަނީ ނުކުންނަމުންނެވެ. އޭގެ އެއް މިސާލަކީ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ހުޅުވައިލެއްވި ޕޯލް އެވެ.. ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވުމަށް ފަހު ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލު ހުރި ނެތް ގޮތް ބެލުމަށްޓަކައި އަލްހާން ފުރަތަމަ ހުޅުވައިލެއްވި ޕޯލް ވަގުތު ހަމަވި އިރު ބޮޑުތަނުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފައި ވެއެވެ.

އަލްހާން ހުޅުވައިލި ޕޯލް

ރާއްޖޭގައި އުފެދުނު ހުރިހާ ބޮޑެތި ޕާޓީތަކުގެ މެންބަރުކަން ވެސް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޭދޫ ދާއިރާ އަށް ކުރިމަތިލައްވައި ނާކާމިޔާބު ލިބިވަޑައިގެންނެވި އަލްހާންގެ ޕޯލް ޕްރޮމޯޓް ވެސް ކުރި އެވެ. އެ ޕޯލްގައި 20000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު 55 ޕަސެންޓުން ކުރި ލިބުނީ ރައީސް ޔާމީނަށެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު އެއީ ޕްރޮމޯޓްކޮށްގެން ކުރިއަށް ގެންދިޔަ ޕޯލްއެކެވެ. އަދި ޖެނުއިން ޔޫސާޒް މަދުކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ޕޯލްއެއްގައި 20000 މީހުން ބައިވެރިވުމަކީ ނާދިރު ކަމެއް ކަމާއި ރާއްޖޭގައި މީގެ ކުރިން ނަގާފައިވާ މިފަދަ ޕޯލްތަކުގައި ވެސް އެވަރަށް ވޯޓު ދީފައި ނުވާކަން ފާޑުކިޔާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
 

ޕްރޮމޯޓްކުރި ޕޯލް

ރައީސް ޔާމީނަށް ތާއީދު އޮތްކަން ދެއްކުމަށް އަލްހާން މަސައްކަތްކުރެއްވި ގޮތަށް ޕީޕީއެމްގެ ބައެއް އެހެން އެކްޓިވިސްޓުން ވެސް މިފަދަ ޕޯލްތައް ވަނީ ހުޅުވާލާފައެވެ. ނަމަވެސް މިއިން ގިނަ ވޯޓުތަކުގައި ބޮޑު ތަފާތަކުން ރައީސް ޔާމީނު ބަލިވާތަން ފެނުމުން ސޯޝަލް މީޑިއާ އިން އެ ޕޯލްތައް ގެއްލެއެވެ.

އާންމުންގެ މެދުގައި ހިޔާލު ހޯދުމަށް މި ގޮތަށް ނަގާ ވޯޓުތަކުން އަސްލު މަންޒަރު ފަހަރުގައި ނުފެނިދާނެއެވެ. ނަމަވެސް ސޯޝަލް މީޑިއާއަކީ މިހާރު ދިވެހިންގެ ގިނަ ބަޔަކު ވެސް ހަރަކާތްތެރިވާ ޕްލެޓްފޯމަކަށް ވުމުން މިހެން ނަގާ ވޯޓުތަކުގައި ވެސް ގިނަ ބަޔަކު ބައިވެރިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން އެވްރެޖްކޮށް 10 ޕޯލް އިން ހަތް ޕޯލް އިދިކޮޅު ކެންޑިޑޭޓް ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކޮށްގެން ނިމިގެންދާ ނަމަ އެއީ ގިނަ ދިވެހިންތަކެއްގެ ވެސް ހިޔާލުކަން ބަލައިގަންނަންޖެހެއެވެ. އެއީ ދެ ފަރާތަށް ވެސް ކެމްޕެއިންގެ ސްޓެރެޓެޖީ ބަދަލުކުރުމަށް ލިބިގެންދާ ފުރުސަތެކެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް