22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

މުދާ އުފުލުމުގެ ގަވައިދު

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

  • މުދާ އުފުލުގައި އަމަލުކުރަން މަޖުބޫރު ގިނަ އުސޫލްތަކެއް ހިމެނޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


ޓެކްސީތަކެއް ދުއްވާފއި ދަނީ -- ގޫގުލް

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގައި އަމަލުކުރަން ޖެހޭ ގަވައިދާ ޚިލާފުވާ ފަރާތްތަކުގެ އަތުން 750 ރުފިޔާގެ ޖޫރިމަނާ އެއް ނެގުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ. އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ގަވާއިދުގައި ވާގޮތުން، މުދާ އުފުލާ އެއްގަމު އުޅަނދުގައި، މުދާ އުފުލަންވާނީ، އެ އުޅަނދެއް ދުއްވާ އިރު ދުއްވާ މީހާއަށް ކުރިއާއި ފަހަތް ފެންނަގޮތަށް ކަމަށް ވަނީ އަންގާފަ އެވެ.  އަދި ދިއްލަންޖެހޭ ހުރިހާ ބައްތިތައް ފެންނަން ހުންނާނެ ހެން ދިއްލާފަ ހުރުމަށް މި ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

އުޅަނދަށް ވުރެ ދިގު ތަކެތި އަރުވައިގެންދާ ނަމަ، ފަހަތުން ބޭރަށް ނުކުމެފައި ހުންނަ ބައި، އުޅަނދުގެ ފޮށިގަނޑުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ދިގުވެގެން ނުވާނެ ކަމަށް މި ގަވައިދުވާ ވަނީ ބަޔާންކޮށްފަ އެވެ. މިފަދަ ތަކެތި އުޅަނދުތަކުގާ އުފުލާ ކަމުގައިވާ ނަމަ ހެނދުނު 6:00 އިން ހަވީރު 6:00އާ ދެމެދު ތަކެތި އުފުލުމުގައި ތަކެތީގެ ކޮޅުގައި އެއް ފޫޓު ދިގު، އެއް ފޫޓު ފުޅާމިނުގެ ރަތްކުލައިގެ ދިދައެއް ހަރުކޮށްފައި ހުންނަންވާނެ ކަމަށް ގަވައިދުގައިވަނީ ބަޔާންކޮށްފަ އެވެ. މީގެ އިތުރުން ހަވީރު 6:00 ހެނދުނު ހަޔަކަށް ތަކެތި އުފުލުމުގައި އުޅަނދުން ބޭރަށް ނުކުމެފައި ހުންނަ ބައިގައި ރަތް ނުވަތަ އޮރެންޖް ކުލައިގެ އަލި ފެންނަ ބައްތިއެއް، ތަކެތީގެ ކޮޅުގައި ދިއްލާފައި ހުންނަންވާނެ ކަމަށް ގަވައިދުގައި ވަނީ ކަނޑައަޅާފަ އެވެ.

މުދާ އުފުލާ އުޅަނދުގެ ޑްރައިވަރުގެ ކެބިން ޑްރައިވަރު ފަހަތު ފޮށިގަނޑު ބެލުމަށް ހުންނަ ބިއްލޫރިގަނޑުން ޑްރައިވަރަށް ފަހަތް ނުފެންނަ ވަރަށް މުދާ ބަހައްޓައިގެން ދުއްވުމަކީ މަނާކަމެއް ކަަމަށް ގަވައިދުގާ ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން މުދާ އަރުވާ ބޭލުމުގައި އާއްމު ޓްރެފިކަށް ދަތިވާ ގޮތަށް މަގުމައްޗަށް މަޑު ނުކުރުމަށް މި ގަވައިދު ބުނެ އެވެ. ސިމެންތި، ގޮދަންފުށް ފަދަ ކުނޑިބުރާ މުދާ އުފުލަންވާނީ، ކުނޑިނުބުރާނެ ގޮތަށް އެއްޗެއް އަޅައި މުދާތައް ރަނގަޅަށް ނިވައިކޮށް ބަންދުކޮށްގެން ކަމަށް މި ގަވައިދުގާ ވަނީ ބުނެފަ އެވެ. ދެމީހުންނަށް އެރޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ އިންޖީނު ލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅުލީ އުޅަނދުގައި އެ އުޅަނދަށްވުރެ ދިގު ތަކެއްޗާއި، އެ އުޅަނދަށްވުރެ ފުޅާތަކެއްޗާއި، ފަހަތުގައި އިންނަ މީހަކަށް އެއް އަތުން ނުހިފޭވަރުގެ ބަރު ތަކެތި އުފުލުމަކީ މަނާ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެ އެވެ. ކުނި އުފުލާގޮތަށް ފަރުމާކުރެވިފައި ހުންނަ އުޅަނދު ފިޔަވައި އެހެން އުޅަނދެއްގައި ކުނި އުފުލަންވާނީ މަގު މައްޗަށް ނޭޅޭ ގޮތަށް އެފަތަ ތަކެތީގެ ވަސް ނުފެތުރޭ ގޮތަށް ބަންދުކޮށްގެން ކަމަށް ގަވައިދު ބުނެ އެވެ. އަލިފާން ހިފާ ނުވަތަ ގޮވާ ޒާތުގެ ތަކެތި އުޅަނދުގައި އުފުލާނަމަ، ދުއްވާ މީހާއާއި އޭނާގެ އެހީތެރިޔާ ފިޔަވައި އިތުރު އެހެން އެއްވެސް މީހަކު އެ އުޅަނދަށް އެރުވުމަކީ މަނާ ކަމެއް ކަަމަށްވެސް ގަަވައިދުގައި ވަނީ ބުނެފަ އެވެ. މިގަވައިދުގާ ވަނީ އެއްގަމު އުޅަނދުތަކުގާ ތަކެތި އުފުލުމުގާ ނެގޭނެ ފީތައްވެސް ބަޔާންކޮށްފަ އެވެ. އެގޮތުން މުދާ އުފުލުމުގާ އަގުތައް އުޅެނީ 40 ރުފިޔާ އާއި 250 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގަ އެވެ. އަގުތަކުގައި ތަފާތު ތައް އުޅެނީ، އުފުލާ މުދަތުގެ ބަރުމިނާ މުދާ އުފުލާ ވަގުތު ތަކާ ގުޅުވައިގެންނެވެ. އަލަށް އެކުލަވާލެވުނު މި ގަވައިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް