16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފެނަކަ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

  • މައްސަލަ އެމްއެމްއޭގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފަ
ސަހުބާން ފަހުމީ | sahubaan

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


އެމްޓި ކޮރަޕްޝަންސް ކޮމިޝަން -- އާކައިވް

ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް އެއް މިލިއަން ޑޮލަރު ގަންނަން ވެގެން 17 މިލިއަން ރުފިޔާ ދީފައިވާތީ އެކަން ހިނގާދިޔަ ގޮތް ބެލުމަށް އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ)  އިން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ފެނަކަ އިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލަ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ތަހުގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް އަދި ތަހުގީގު ނިމިފައި ނުވާ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ ޑޮލަރު ގަތުމަށް ފައިސާ ދިން މައްސަލައިގަ ކޮމިޝަނުން ސުވާލު ކުރަން ޖެހުނު ކޮންމެ ފަރާތަކާ ވެސް ސުވާލު ކުރާނެ ކަމަށާއި ވރަށް އަވަހަށް މައްސަލައިގެ ތަހުގީގު ނިންމާ ރިޕޯޓް އާންމު ކުރާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ފެނަކަ އަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ދީފައިވަނީ ޝަރޫ ލޯންޗް ސާވިސަސް ކިޔާ އަމިއްލަ ކުންފުންޏަކަށެވެ. 17 މިލިއަން ރުފިޔާގެ ޗެކެއް، ޝަރޫ ލޯންޗް ސާވިސަސް އަށް ފެނަކައިން ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކަ އަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.

ފެނަކަ އަށް ޑޮލަރު ގަތުމަށް ފައިސާ ދިން މައްސަލަ އޭސީސީ އިން ތަހުގިގު ކުރަމުންދާއިރު ސްޓްލެކޯ އަށް ދެލައްކަ ޑޮލަރު ގަތުމަށް ވެސް ޝަރޫ ލޯންޗް ސާވިސް އަށް ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެ މައްސަލަ ސްޓެލްކޯގެ ފަރާތުން މިހާރު ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ގަންނަން ފައިސާ ދިން މައްސަލަ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފަރާތުން ވެސް ވަނީ ޕލިހަށް ހުށަހަޅާފައެވެ. އެގޮތުން އެމްއެމްއޭ މީޑިއާ އޮފިޝަލް ވިދާޅުވީ ސްޓެލްކޯ އާއި ފެނަކަ އަށް ޑޮލަރު ގަންނަން ފައިސާ ދިން މައްސަލާގައި އެމްއެމްއޭ އިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް