18 ޖުލައި 2018 | ބުދަ | 04 ފުސް
05 ޛުލްޤަޢިދާ 1439
ފަތިސް 04:43
އިރުއަރާ 06:01
މެންދުރު 12:16
އަސްރު 15:38
މަޣްރިބް 18:24
އިޝާ 19:41

ހޮހޮޅައިގައި ތާށިވި ކުދިން

ހޮހޮޅައިގައި ތާށިވި ކުދިން: ހުރިހާ ކުދިންނާއި ކޯޗު ސަލާމަތްކޮށްފި

  • ހޮހޮޅައިން ހުރިހާ ކުދިން ސަލާމަތް ކުރެވިއްޖެ
  • ތައިލޭންޑްގެ ނޭވީ ސީލް އިން ވަނީ މިކަން ޔަގީން ކޮށްދީފައި
  • ހުރިހާ ކުދިންނާއި ކޯޗު ހުރީ ގަދަވެ ސަލާމަތުން
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 10 ޖުލައި 2018 | އަންގާރަ 16:56 | |

މަގުބޫލް

  1. ރައީސް ޔާމީނާ މެދު ދުވަހަކު ވެސް ހިތްހެވެއް ނުވާނެ، އެދެނީ އިބޫ އިންތިހާބު ކާމިޔާބު ކުރުމަށް: އަބްދުﷲ ސައީދުގެ ބައްޕަ
  2. ލީޑަރުން މިނިވަން ކުރާނެ ކަމަށް އިބޫ ވިދާޅުވުމުން، ރައީސް ޔާމީން ކޯފާ އިސްކުރައްވައިފި
  3. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  4. ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ފެށުމުން އިނގިރޭސީން މަރުހަބާ ކިޔައިފި
  5. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  6. ވަން އެންޑް އޮންލީ ރީތި ރަށުގައި އެކަނި ވެސް 400 މީހުން ވޯޓުލާނެ، އެރަށުގައި ވެސް ވޯޓު ފޮއްޓެއް ނެތް!
  7. ރިރަޖިސްޓްރީ ވާނެ ތަންތަން އިއުލާނުކޮށްފި
  8. ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖޭގެ ބާޒާރުގައި އެބަހުރި: އެފްޑީއޭ


ހޮހޮޅަގައިި ތާށިވި ކުދިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވަނީ -- ފޭސްބުކް

ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވެފައިވާ ވައިލް ބޯ ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި އެ ޓީމުގެ އެސިސްޓެންޓް ކޯޗު އެކަޕޯލް ޗަންޓަވޮން ސަލާމަތް ކޮށްފިއެވެ.

ތައިލެންޑުގެ ނޭވީ ސީލުން ބުނީ މިއަދާ ހަމައަށް ނުނެރެވި ތިބި ހަތަރު ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި ސަލާމަތް ކުރި އެންމެންގެ ހާލު ރަގަނޅު ކަމަށެވެ. އަދި އެ މީހުންގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ "12 ވައިލްޑް ބޯރ އާއި ކޯޗު ހޮހޮޅައިން ނެރެވިއްޖެ" ކަމަށެވެ. ވައިލްޑް ބޯއަކީ އެ ކުދިންގެ ފުޓްބޯޅަ ޓީމުގެ ނަމުގެ ތަރުޖަމާއެވެ.

ތައިލޭންޑްގެ ނޭވީ ސީލުން ފޭސްބުކްގައި ޝާއިއު ކޮށްފައިވާ ޕޯސްޓް

މީގެ ކުރިން އަށް ކުއްޖަކު ސަލާމަތް ކޮށްފައިވާ އިރު އެ ކުދިން ވަނީ ޗިއާން ރައި ހޮސްޕިޓަލުގައި ކަރަންޓީނު ކޮށްފައެވެ. އެ ކުދިންގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ އާއިލާތަކުން ވެސް އެ ކުދިންނާ ބައްދަލު ކުރެވޭ ގޮތެއް ނުވެއެވެ. އޮޕަރޭޝަންގެ ކޮމާންޑަރު ވިދާޅުވީ އިންފެކްޝަންގެ ރިސްކް ކުޑަވަންދެން ކުދިންގެ އާއިލާތަކަށް ކުދިންގެ ގައިގައި އަތްލުން މަނާ ކުރެވޭނެ ކަމަށާއި ފަހަރެއްގައި ބިއްލޫރިގަނޑެއްގެ ފުރަގަހުގައި ހުރެ ބެލުމަށް ހުއްދަ ކުރެވިދާނެ ކަމަށެވެ. ދެ ކުއްޖަކަށް 

ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު ކޯޗު ހޮހޮޅަ އަށް ގެއްލުނީ މިދިޔަ މަހު 23 ވަނަ ދުވަހު އެވެ. ގެއްލުނުތާ ނުވަ ދުވަހަށް ފަހު މިދިޔަ ހޯމަ ދުވަހު އެކުދިން ފެނިފައިވަނީ، ފެންބޮޑުވެފައިވާ އެ ހޮހޮޅައިގެ ތެރޭގައި ހިކިފަސްތަނެއްގައި ތިއްބައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ. ދެ ކުއްޖަކަށް ނިއުމޯނިޔާ ޖެހިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. 

ފުޓްބޯޅަ ޕްރެކްޓިހަށް ފަހު ހޮހޮޅަތެރޭގައި ހައިކްކުރަން އެ ކުދިން އެ ތަނަށް ވަން އިރު މޫސުން ރަނގަޅެވެ. ނަމަވެސް ހޮހޮޅައިގައި ތާށިވީ އެތެރެއަށް ވަން ފަހުން ވާރޭ ވެހި ބޮޑުވި ފެންގަނޑު ހޮހޮޅައަށް ދަމައިގަތުމުންނެވެ. އެކުދިން ސަލާމަތްވީ ހިކިފަސްކޮށް އޮތް ކުޑަ ތަންކޮޅަކަށް އަރައިގެންނެވެ. އެކުދިންނަކީ އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އަދި ކޯޗަކީ 25 އަހަރުގެ ޒުވާނެކެވެ. ހޮހޮޅަ އަށް އެ ކުދިން ގެއްލުނީ އެ ތަނުން އެ ކުއްޖެއްގެ 17 ވަނަ އުފަން ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް