16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އެމަރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

  • ޖޯން ވަނީ ޕާސްޕޯޓް ގެއްލިގެން 2014 ވަނަ އަހަރު ފުލުހުންނަށް މައްސަލަ ހުށަހަޅާފައ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ޖޯން ސޭފާޓް -- ފޭސްބުކް

އެހެން ގައުމުތަކުގއަި  އުޅޭ އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވުރެ މުހިއްމު އިތުރު އެއްވެސް ކަމެއް ނޯންނާނެ ކަމަށް އެމެރިކާ އެމްބަސީން ބުނެފި އެވެ.

ދިވެހި ރާއްޖޭގެ އިމިގްރޭޝަނުން  ޖެނުއަރީ 16 ވަނަ ދުވަހު ހިފަހައްޓާފައިވާ އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ޖޯން ސޭފާޓްއާ ގުޅޭ ގޮތުން އެމެރިކާގެ އެމްބަސީން ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައި ވަނީ އެހެން ގައުމުތަކުގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަރަށް މުހިއްމު އިސްކަމެއް ދޭ ކަމަށެވެ. އަދި ރާއްޖޭގައި ހިނގާދިޔަ ހާދިސާއަކީ ވަކި މީހެއްގެ އަމިއްލަ މައުލޫމާތު ހިމެނޭ ކަމަކަށް ވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ވެސް އެމްބަސީން ވަނީ ބުނެފައެވެ.

މިމަހުގެ 16 ވަނަ ދުވަހު އިމިގްރޭޝަނާ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅުނު ބިދޭސީން ޑީޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ ނިންމާފަ އެވެ.

އިމިގްރޭޝަނުގެ ބެލުމުގެ ދަށުގާ ހުރި އެމެރިކާގެ ރައްޔިތެއް ކަމުގައިވާ އުމުރުން 76 އަހަރުގެ ޖޯން ސޭފޯޓަކީ ރާއްޖޭގައި އަހަރުތަކެއް ކުރިން އައިސް ރާއްޖޭގެ ބަޔަކާ ގުޅިގެން ގެސްޓް ހައުސް ވިޔަފާރިއެއް ހިންގަމުންދާ މީހެކެވެ.

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ގިނަ ދުވަސްތަކެއްވަންދެން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ އެ މީހާގެ އަތުގައި ޕާސްޕޯޓެއް ވެސް އަދި ވިސާއެއް ވެސް ނެތެވެ. އަދި އޭނާގެ ޕާސްޕޯޓް ގެއްލިގެން 2014 ވަނަ އަހަރު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވެއެވެ. ނަމަވެސް ފުލުހުންނަށް ވެސް އޭނާގެ ޕާސްޕޯޓް ހޯދައިދެވިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް