25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ކައުންސިލް އިންތިހާބް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

  • އަލުން ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބޭނެ
ސަހުބާން ފަހުމީ | sahubaan

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި


އިލެކްޝަންސް ކޮމިޝަންގެ އިދާރާ -- ގޫގުލް

އެޕްރީލް މަހުގެ 8 ވަނު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރީރަޖިސްޓްރީ ކުރަން ޖެހޭނީ މިހާރު ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓްލާން ބޭނުންވާ ނަމަ އެކަނި ކަމަށެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާއިރު ކުރިން އެއްވެސް ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކަށް ވެސް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވޭނެ ވަކި ތާރީހެއް ދަންނަވަން ނޭނގޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ކުރިން ހުޅުވާލި ފުރުޞަތުގައި 900 އަށް ވުރެ ގިނަ ފަރާތަކުން އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ޕީޕީއެމް ނޫން އެހެން ހުރިހާ ސިޔާސީ ޕާޓީތައް ވެސް ހިމެނެއެވެ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަޙްމަދު އަކްރަމް ވިދާޅުވީ، ލޯކަލް ކައުންސލް އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަލުން ޢިއުލާން ކުރުމާ ގުޅިގެން އެ އިންތިޚާބާ ގުޅޭ ގޮތުން އެކޮމިޝަނުން މީގެކުރިން ކުރެއްވި ހުރިހާ އިއުލާނެއް ބާތިލްވެގެންދާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޙާބު އަންނަ އޭޕްރިލްމަހުގެ 8 ވަނަދުވަހު ބާއްވާއިރު މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އަންނަ މަހު ހަމަވާނެއެވެ. އެހެން ނަމަވެސް އާ ކައުންސިލަރުން ހުވާކުރައްވަންދެން މިހާރު ތިއްބެވި ކައުންސިލަރުން އެ މަޤާމުގައި ދެމި ތިއްބަވާނެ ކަމަށް ސިވިލްކޯޓުން ކުރެއްވި ޙުކުމްގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް