18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

އެންބީއޭ

ރަސްމީކޮށް ޖޭމްސް ލޭކަރސްއަށް ސޮއިކޮށްފި

  • ޖޭމްސް ލޭކަރސްއަށް ބަދަލުވެފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 154 މިލިއަން ޑޮލަރަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 10 ޖުލައި 2018 | އަންގާރަ 13:38 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ޖޭމްސް ލޭކަރސްއަށް ސޮއިކުރުމާ އެކު އެ ޓީމުން އާންމުކުރި ޕޯސްޓަރު -- ޓްވިޓަރ

ބާސްކެޓް ބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ލެބްރޮން ޖޭމްސް އެންބީއޭގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ލޮސް އެންޖެލިސް ލޭކަރސްއަށް ރަސްމީކޮށް ސޮއިކޮށްފިއެވެ. 

އުމުރުން 33 އަހަރުގެ ޖޭމްސް ލޭކަރސްއަށް ސޮއިކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 154 މިލިއަން ޑޮލަރަށެވެ. ލޭކަރސްއަށް ސޮއިކުރުމުގެ ކުރިން ޖޭމްސް ހުރީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ. ޖެހިޖެހިގެން އަށް އެންބީއޭ ފައިނަލްސް ކުޅުމަށް ފަހު ކްލީވްލޭންޑް ކެވެލިއަރސް ދޫކޮށް ޖޭމްސް ލޭކަރސްއަށް ބަދަލުވިއިރު އޭނާ ފްރީ އޭޖެންޓަކަށް ވެގެންދިޔައީ ކެވެލިއަރސްއާ އެކު ހަދާފައިވާ އެއްބަސްވުން ޖުލައި މަހުގެ ފުރަތަމަ ދުވަހު ހަމަވުމާ ގުޅިގެންނެވެ. މިއީ އޭނާ ކެވެލިއަރސް ދޫކޮށްލި ދެވަނަ ފަހަރެވެ. ލޭކަރސްގައި ޖޭމްސް ބޭނުންކުރާނީ 23 ވަނަ ނަމްބަރެވެ. 

ލޭކަރސްއަށް ޖޭމްސް ސޮއިކުރުމާ އެކު އެޓީމުގެ ޖެނެރަލް މެނޭޖަރު ރޮބް ޕެލިންކާ ބުނީ މިއީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި މިއީ މުސްތަގުބަލަށް ބިނާކުރަމުންދާ ޓީމު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށެވެ. ލޭކަރސްގެ ބާސްކެޓްބޯލް އޮޕަރޭޝަންސްގެ ރައީސްގެ މަގާމުގައި ހުރި އެޓީމުގެ ލެޖެންޑް މެޖިކް ޖޯންސަން ބުނީ ޖޭމްސްއަކީ މިވަގުތު އެންބީއޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާ ލޭކަރސްއާ ގުޅުމާ އެކު އެންބީއޭގެ ތަށި ހޯދުމާއި ގާތަށް އެޓީމު ޖެހިފައިވާ ކަމަށެވެ. 

ލޭކަރސްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކޯބީ ބްރަޔަންޓް ބުނީ ޖޭމްސްއަކީ މިހާރު ލޭކަރސްގެ އާއިލާއަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމަށާއި އެހެންކަމުން ޖޭމްސް ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. 

ލޭކަރސް އިން ވަނީ ޖޭމްސްގެ އިތުރުން ނިއު އޯލިއަންސް ޕެލިކަންސްއަށް ކުޅުނު ރާޖޮން ރޮންޑޯ ވެސް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެޓީމަށް ގެނެސްފައެވެ. ހަމައެހެންމެ ގޯލްޑަން ސްޓޭޓް ވޯރިއާރސްގެ ޖަވާލް މެކްލީ އަދި އިންޑިއާނާ ޕޭސަރސްގެ ލާންސް ސްޓެފަންސަން ވެސް ޖޭމްސްގެ ފަހަތުން ލޭކަރސްއަށް ސޮއިކޮށްފައެވެ.

އެންބީއޭ ޑްރާފްޓްގައި 2003 ވަނަ އަހަރު ކެވެލިއަރސް އިން ފަސްޓް ޕިކެއްގެ ގޮތުގައި ނަގާފައި ވަނީ ޖޭމްސްއެވެ. އެއަށް ފަހު އޭނާ ދެއްކި ކުޅުމާ އެކު އޭނާ ވެގެންދިޔައީ އެންބީއޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއަށެވެ. އެގޮތުން އޭނާ ވަނީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ކެވެލިއަރސް ދޫކޮށް 2010 ވަނަ އަހަރު ޖޭމްސް ބަދަލުވި މިއާމީ ހީޓްއަށެވެ. އެޓީމާ އެކު 2012 ވަނަ އަހަރުގެ އެންބީއޭ ޗެމްޕިއަންޝިޕާއި 2013 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދުމަށްފަހު އޭނާ ބަދަލުވީ އަނެއްކާ ވެސް ކެވެލިއަރސްއަށެވެ. އެޓީމާއެކު ފާއިތުވެދިޔަ ހަތަރު އަހަރުގެ އެންބީއޭ ފައިނަލްސް އޭނާ ކުޅުނުއިރު 2016 ވަނަ އަހަރު އޭނާ ވަނީ އެޓުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެންބީއޭގެ ޗެމްޕިއަންކަން އެޓީމަށް ހޯދައިދީފައެވެ. މިއީ 52 އަހަރުގެ ތެރޭގައި އެޓީމަށް ލިބުނު ފުރަތަމަ މުބާރާތެވެ.

ޖޭމްސްގެ ސޮއިކުރުމާއެކު އަންނަ ސީޒަނުގައި ލޭކަރސް ފެނިގެންދާނީ ވަރަށް ވަރުގަދަކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް