24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ނޫސްވެރިންގެ ޝަރީއަތް

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

  • ވިސާމާއި ލީވާނަށް އަންގާރަ ދުވަހު ހުކުމް ކުރާނެ
  • ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލަންޖެހޭ
  • ޒަރީރަށް އަންނަ މަހު ހުކުމްކުރާނެ، ފިޔާޒުގެ ޝަރީއަތް މިމަހުގެ 29 ގައި
އަޒުމޫން އަހުމަދު | azmoon_ahmed

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ވިސާމާއި ލީވާން: ހުކުމް ކުރުން އަންގާރަ ދުވަހު -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ހަރަކާތްތަކެއް ކަވަރުކުރުން ކަމަށާއި ނޫސްވެރިން އެހެން ކުށަކަށް އަރައިނުގަންނަ ކަމަށް އެމެރިކާގައި ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ، ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް(ސީޕީޖޭ) އިން ބުނެފި އެވެ.

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި، ލީވާން އަލީ ނާސިރުގެ މައްޗަށް ހުކުމް ކުރުން އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ސީޕީޖޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމިއްޔާގެ ދިރާސާތަކުން ދައްކާ ގޮތުގައި ހަމައެކަނި ރާއްޖެޓީވީއާ ދެކޮޅަށް މުއައްސަސާތަކުން ފިޔަވަޅު އަޅައި، ޖެއްސުންކުރަމުންދާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ސީޕީޖޭގެ އޭޝިއާ ޕްރޮގްރާމް ކޯޑިނޭޓަރު ސްޓިވަން ބަޓްލާ ވިދާޅުވެފައިވަނީ، ނޫސްވެރިންނާ ދެކޮޅަށް ހިންގަމުންދާ ޝަރީއަތް ހުއްޓާލައި، ދައުވާތައް އަނބުރާ ގެންދަން ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި މީޑިއަތަކަށް ބިރުދެއްކުމުގެ ގޮތުން ހިންގަމުންދާ މިފަދަ އަމަލުތައް ހުއްޓާލުމަށް ވެސް ބަޓްލާ ގޮވާލެއްވި އެވެ.

ވިސާމާއި ލީވާންގެ އިތުރުން ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރާއި ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ. ޒަރީރުގެ މައްޗަށް ހުކުމް ކުރުން އަންނަ ފެބްރުއަރީ 27 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ފިޔާޒުގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް ދައުވާކޮށް، ހިންގާ ޝަރީއަތްތައް ހުކުމް ކުރުމާ ހަމައަށް ގޮސްފައިވާއިރު، ރާއްޖެޓީވީން ގެންދަނީ، ނުހައްގު އަދަބެއް ލބުމުގެ ކުރިން ނޫސްވެރިން ސަލާމަތް ކޮށްދިނުމަށް ތަކުރާރުކޮށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ. އަދި ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ ބަލައިދިނުމަށް ކަމާ ބެހޭ މުއައްސަސާތަކުގައި ތަކުރާރުކޮށް އެދެމުންނެވެ.

ސީޕީޖޭގެ އިތުރުން އެމްނެސްޓީ އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވެސް ވަނީ ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށާއި ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް