18 ނޮވެންބަރު 2018 | އާދީއްތަ | 06 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޑުޑުޒާނޭގެ ކޮރަޕްޝަން ތުހުމަތު

ސައުތް އެފްރިކާގެ ކުރީގެ ރައީސްގެ ދަރިކަލުންގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކޮށްފި

 • ދައުވާގެ އަޑުއެހުން އޮތީ އަންނަ އަހަރު
 • ޑުޑުޒާނޭ ގައުމަށް އެނބުރި އައި ގިނަ ދުވަސްތަކަކަށް ފަހު
 • އޭނާ ވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 10 ޖުލައި 2018 | އަންގާރަ 11:16 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
 6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ސައުތް އެފްރިކާގެ ކުރީގެ ރައީސްގެ ދަރިކަލުންގެ ޑުޑުޒާނޭ ޒޫމާ -- ގޫގުލް

ސައުތް އެފްރިކާގެ ރައީސް ކަމުގައި ހުންނެވިއިރު ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ، ކުރީގެ ރައީސް ޖޭކޮބް ޒޫމާގެ ދަރިކަލުންގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްފި އެވެ.

ގިނަ މަސްތަކަކަށް ފަހު ގައުމަށް އެނބުރި އައި ޑުޑުޒާނޭ ޒޫމާ ވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައެވެ. އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ޑުޑުޒާނޭގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އޭނާގެ ބައްޕަގެ ވެރިކަމުގައި ނާޖާއިޒްފައިދާތައް ނެގިކަމުގެ ތުހުމަތެވެ. އެގޮތުން އޭނާގެ ހިއްސާ އޮންނަ ގުޕްތާ އާއިލާގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އެކި ގޮތްގޮތުން ނާޖާއިޒް ފައިދާ ނަގައިފައިވާ ކަމަށް ބެލެވެއެވެ. އެ ތުހުމަތު އޭނާ އާއި ގުޕްތާ އާއިލާއިން އެހެން ނަމަވެސް ވަނީ ދޮގު ކޮށްފައެވެ.

ޑުޑުޒާނޭ ހިންގި ކަމަށް ބެލެވޭ ކޮރަޕްޝަންތަކުގައި ކުރީގެ ރައީސް ޖޭކޮބް ބައިވެރިވެފައިވި ކަމަށް ތުހުމަތު ކޮށްފައި ނުވީނަމަވެސް އޭނާގެ މައްޗަށް ވަނީ 1990 ވަނަ އަހަރު ހަތިޔާރު ވިއްކުމުގައި ކޮރަޕްޝަން ހިންގައިފާ ކަމަށް ތުހުމަތު ކޮށްފައެވެ.

ޖޭކޮބް ރައީސް ކަމުން ފެބުރުއަރީ މަހު އިސްތިއުފާ ދިނީ، ކޮރަޕްޝަންތަކުގެ ތުހުމަތުތަކާއި ގުޅިގެން އާންމުން ބޮޑެތި ހަޅުތާލު ކޮށް، ވެރިކަން ކުރާ ޕާޓީން އެދުނު އެދުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް