25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ހޮހޮޅައިގައި ތާށިވި ކުދިން

ހޮހޮޅައިގައި ތާށިވި ކުދިން: ސަލާމަތްކުރެވުނު ކުދިންގެ ހާލު ރަނގަޅު

  • ހަތަރު ކުދިންނާއި ކޯޗް އަދި ނުނެރެވޭ
  • ހަތަރު ކުއްޖަކާއި ކޯޗް އަންގާރަ ދުވަހު ނެރެވޭނެކަމަށް ބެލެވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 10 ޖުލައި 2018 | އަންގާރަ 10:08 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ކުދިން ނެރުމަށް ހިންގާ އޮޕަރޭޝަނުގައި ހޮހޮޅައިގެ ތެރޭގައި ތައިލެންޑްގެ 40 ޑައިވަރުންނާއި އެހެނިހެން ގައުމުތަކުގެ 50 ޑައިވަރުން ބައިވެރިވޭ -- ހިންދުސްތާނީ ޓައިމްސް

ތައިލެންޑްގެ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވެފައިވާ 12 ފިރިހެން ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ސަލާމަތް ކުރުމަށް ހިންގާ އޮޕަރޭޝަނުގައި މިހާރު ސަލާމަތްކޮށްފައިވާ އަށް ކުދިން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ތިބީ ދުޅަހެޔޮ ހާލަތެއްގައި ކަމަށް އޮފިޝަލުން ބުނެފިއެވެ.

ވޭތުވެ ދިޔަ ދެ ދުވަހު ހޮހޮޅައިން ނެރުނު ކުދިންގެ އެކްސްރޭ އަދި ލޭގެ ޓެސްޓް ވަނީ ހަދާފައެވެ. ދެ ކުއްޖެއްގެ ފުއްޕާމޭ ދުޅަވެގެން ފަރުވާ ދޭންޖެހިފައިވެއެވެ.

ހޮސްޕިޓަލުގައި އެކުދިން މަދުވެގެން ހަތް ދުވަސްވަންދެން ބައިތިއްބާނެއެވެ.

އޮފިޝަލުން ވަނީ ބާކީތިބި ކުދިންނާއި ކޯޗް އަންގާރަ ދުވަހު ނެރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ.

ބާރަ ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ހޮހޮޅައިގެ ތެރޭގައި ތާށިވީ ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

ގެއްލުނުތާ ނުވަ ދުވަހަށް ފަހު މި މަހުގެ ދެވަނަ ދުވަހު އެކުދިން ފެނިފައިވަނީ، ފެންބޮޑުވެފައިވާ އެ ހޮހޮޅައިގެ ތެރޭގައި ހިކިފަސްތަނެއްގައި ތިއްބައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ.

މީގެ ކުރިން އާދީއްތަ ދުވަހު ހަތަރު ކުއްޖަކު ސަލާމަތް ކޮށްފައިވާއިރު އިތުރު ހަތަރުކުދިން ސަލާމަތްކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

ބައެއް ކުދިން ފިނިބޮޑުވެފައި ތިބި އިރު  ހޮސްޕިޓަލަށް ގެންދެވުނުއިރު އެއް ކުއްޖަކު ހިތުގެ ވިންދު ލަސްވެފައި ވާކަމަށް އޮފިލުން ބުނެފައިވެއެވެ. ނަމަވެސް މިހާރު އެ ހުރިހާކުދިންގެ ހާލުވެސް ރަނގަޅުކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ސިއްހީ ދާއިރާގެ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ ކުދިންނަށް ފުރަތަމަ ދީފައިވަނީ ތައްޔާރީ ކާނާ އަދި އެނަރޖީ ޖެލް ކަމަށެވެ. މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ބައެއްކުދިންގެ އާއިލާތަކަށް ކުދިން ދައްކާލާފައިވާ ކަމަށާއި ނަމަވެސް އެއީ ބިއްލޫރި ގަނޑެއް ހުރަސްކޮށް ކަމަށެވެ.

އިތުރު ޓެސްޓްތައް ހެދުމަށް ފަހު އިންފެކްޝަނެއްގެ އަސަރު ނެތްނަމަ އާއިލާތަކުން ކުދިންނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި އަދި އެ ފުރުސަތު ދޭނީ ރައްކާތެރި ހެދުން އަޅައި ދެ މީޓަރު ދުރުމިނުގައި ހުރެ ބައްދަލު ކުރުމަށް އޮފިޝަލް ވިދާޅުވިއެވެ.

ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު އަނދިރީގައި ތިބެން ޖެހިފައިވާތީ އެކުދިން ވެސް އަދި ތިބެން ޖެހޭނީ އަވިއައިނު އަޅައިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކުދިން ނެރުމުގެ ސީދާ މަސައްކަތް ކުރަން ނިންމީ ހޮހޮޅައިގެ ތެރޭގައި ފެންގަޑު ބޮޑުވަމުން ދާން ފެށުމުންނެވެ.

ހޮހޮޅައިގެ ބައެއް ހިސާބުތަކުގައި ޑައިވް ކުރަން ޖެހޭއިރު އަނެއްބައި ހިސާބުގައި އުސް ތަންތަނަށް އަރަން ޖެހެއެވެ. އަދި ބައެއް ހިސާބުތައް ހަނިކަމުން ވަންނަން ދަތިކޮށް ހުންނައިރު ހޮހޮޅައިގެ ތެރެއިން ކުދިން ނެރުމަކީ އުނދަގޫ މަސައްކަތަކަށް ވަނީ ވެފައެވެ.

ކުދިން ތިބި ހިސާބަކީ ހޮހޮޅައިގެ ދޮރުން ފެށިގެން ބަލާނަމަ 4 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.

ކުދިން ނެރުމަށް ހިންގާ އޮޕަރޭޝަނުގައި ހޮހޮޅައިގެ ތެރޭގައި ތައިލެންޑްގެ 40 ޑައިވަރުންނާއި އެހެނިހެން ގައުމުތަކުގެ 50 ޑައިވަރުން ބައިވެރިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް