21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އެޑިއުކޭޝަން މިނިސްޓްރީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

  • މަތީ ތައުލީމްގެ ސްކޯލަރޝިޕްގެ ފުރުސަތުތައް ރާއްޖޭގެ ކުދިންނަށް ޖަރުމަނުން ހޯއްދާދެނީ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ބެގް، ބޮރޯ އޯރ ސްޓީލް


އެޑިއުކޭޝަން މިނިސްޓަރ ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވަނީ -- ޓްވިޓަރ

އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ޓިވެޓްގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމުގާ ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދާ ދިނުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަރިހުން އެދިވަޑާއިގަންނަވައިފި އެވެ.

ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީގާ ބޭއްވި މި ބައްދަލުވުމުގައި ޑރ އައިޝަތު ޝިހާމް ވަނީ ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ޚާލިދާ ބައްދަލުކުރައްވާ، ތައުލީމީ ދައިރާ ކުރިއެރވުމަށް ރާއްޖެ އާއި ޖަރުމަނު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މިނިސްޓަރ އައިޝަތު ޝިހާމް ވަނީ ޖަރުމަނަކީ އިންޑަސްޓްރިއަލް މަސައްކަތުގެ ދައިރާގައި ކުރިއަރާފައިވާ ގައުމެއްކަމަށާއި އެގައުމަކީ ދުނިޔޭގާ ފާހަގަކޮށްލެވޭ ފެންވަރެއްގާ ޓިވެޓްގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ގައުމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ޓިވެޓް ޕްރޮގްރާމުތަކުގައި ޖަރުމަން ސަރުކާރުގެ އެހީ ތެރެއިކަން ބޭނުންވާ ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ.
 

މީގެ އިތުރުން މަތީ ތައުލީމްގެ ސްކޯލަރޝިޕްގެ ފުރުސަތުތައް ރާއްޖޭގެ ކުދިންނަށް ޖަރުމަނުން ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރ ވަނީ ގޮވާލައްވާލަ އެވެ.

މިނިސްޓަރ ވިދާޅުވީ، އިޚްތިޔާރީ މާއްދާތަކުގެ ގޮތުގައި މިހާރުވެސް ރާއްޖޭގައި ބޭރުގެ އެކި ބަސްތައް ކިޔަވައިދެމުން އަންނަކަމަށާއި، އޭގެ ތެރޭގައި އަރަބި ބަހާއި ޗައިނާ ބަސް ހިމެނޭކަމަށެވެ. އަދި މިހާރު ކިޔަވާދޭ ބަސްތަކުގެ އިތުރުން ޖަރުމަނު ބަހަކީވެސް އިޚްތިޔާރީ ބަހެއްގެ ގޮތުގައި ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ބަހަކަށް ހެދިދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެކަމަށްޓަކާ ޖަރުމަނު ބަސް ކިޔަވާދޭ ޓީޗަރުން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

 

މި ބައްދަލުކުރެއްވުމުގައި ޖަމީލާ ވަނީ މިހާރުވެސް ރާއްޖޭގައި ކުރިއަށްގެންދާ ސްޓޫޑަންޓް އެކްސްޗޭން ޕްރޮގްރާމްތައް ފަދަ ޕްރޮގްރާމެއް ޖަރުމަނާއި ރާއްޖޭގެ ދަރިވަރުން، މުދައްރިއްސުން، ސުކޫލްތައް އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ޝާމިލްވާނޭގޮތަށް ކުރިއަށްގެންދަވަން ބޭނުންވާ ކަމަށާ އެކަން ފަހިކޮށްދެއްވުމަށް މަސައްކަތް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް ތަނުގާ ޖަރުމަނާ ދިވެހިރާއްޖެ އާއި ދެމެދު ތައުލީމީ ދައިރާއިން ގާތްގުޅުން ތަކެއް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް