14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:16

ޖަޕާނަށް ކުރަމުންދާ ވިއްސާރަ

ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރަ:މަރުވި މީހުންގެ އަދަދު 126 އަށް އަރައިފި

  • އެންމެ ގިނަ މީހުން މަރުވެފައިވަނީ ހިރޯޝިމާ ޕްރިފެކްޗަރއިން
  • އެކި ސަރަހައްދު ތަކުން މަރުވި މީހުންގެ އަދަދު 126 އަށް އަރާ
އަބުދުﷲ މުހައްމަދު | 8Abbo

| 10 ޖުލައި 2018 | އަންގާރަ 10:00 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް


ޖަޕާނުގެ ހުޅަނގުގެ އެތައް ހާސް ގެއެއްގައި ފެންބޮޑުވެ ކަރަންޓްވަނީ ކެނޑިފައި -- ގެޓީ އިމޭޖާސް

ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެ ގައުމުގެ ހުޅަނގުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި ގުޅިގެން މަރުވި މީހުންގެ އަދަދު މަދުވެގެން 126 އަށް އަރާކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

މިއީ ވޭތުވެ ދިޔަ ތިރީހަށް ވުރެ ގިނަ އަހަރުގެ ތެރޭގައި އެ ގައުމުގައި ވާރޭ ވެހި ފެން ބޮޑުވެގެން އެންމެ ގިނައިން މީހުން މަރުވި ފަހަރެވެ.

އެތައް ބަޔަކު ގެއްލިފައިވާއިރު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުންދަނީ ކުނިބުންޏާއި ކިސަޑުގެ ތެރެއިން ދިރި ހުއްޓައި މީހަކު ފެނޭތޯ ކޮންނަމުންނެވެ.

ކޯރުގެ ފެންގަނޑު ބޮޑުވުމާއިއެކު އެ ސަރަހައްދުގެ ދެ މިލިއަނެއްހާ ރައްޔިތުންވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތަކެއް ކުރެއްވުމަށްޓަކައި ގައުމުން ބޭރަށް ކުރައްވަން އޮތް ދަތުރުފުޅުވެސް ކެންސަލް ކުރައްވާފައެވެ.

ފެންބޮޑުވުމާއި ގުޅިގެން ނެރެފައިވާ އިންޒާރު ބައެއް ސަރަހައްދުތަކަށް އަދިވެސް އުވާލާފައިނުވާއިރު އޭގެ ތެރޭގައި އޮކަޔާމާ ޕްރިފެކްޗަރ ހިމެނެއެވެ. ނަމަވެސް ކުރިޔަށް އޮތް ދެތިން ދުވަހަށްބަލާއިރު މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭއިރު އެއީ މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް އެހީއަކަށް ވެގެންދާނެއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކަށް ވާރޭ ވެހިފައިވާ މިންވަރަކީ އާއްމުކޮށް މުޅި ޖުލައި މަހު ވެހޭ މިންވަރުގެ ތިންގުނައެވެ.

ވެރިރަށް ޓޯކިޔޯގެ ހުޅަނގުން 600 ކިލޯމީޓަރު ދުރުމިނުގައި އޮންނަ މޮޓޮޔާމާ ޓައުންއަށް ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނާއި ހަމައަށް 583 މިލިމީޓަރގެ ވާރޭވެހިފައިވެއެވެ.

.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް