16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ނުހައްގުން ދައުވާކުރުން

މިޔަންމާގެ ގަތުލް އާންމު ރިޕޯޓުކުރި ނޫސްވެރިންގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓު

  • 14 އަހަރުގެ ޖަލުގެ ހުކުމެއް އައިސްފާނެ
  • މިއީ ނޫސްވެރިކަމަށް އަނދިރި ދުވަހެއް
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 10 ޖުލައި 2018 | އަންގާރަ 09:45 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


މިޔަންމާ އިން ހިންގި ގަތުލް އާންމު ރިޕޯޓުކުރުމާ ގުޅިގެން ހައްޔަރުކުރި ދެ ނޫސްވެރިން -- ރޮއިޓަރސް

މިޔަންމާގެ ރޮހިންޖާ ދަރިފަސްކޮޅާ ދެކޮޅަށް ހިންގި ޖަރީމާތައް ރިޕޯޓު ކުރި ދެ ނޫސްވެރިންނަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް މިޔަންމާގެ ކޯޓުން ނިންމާފިއެވެ.

އެ ދެ ނޫސް ވެރިންނަށް ދައުވާ ކުރެވޭނެ ކަމަށް ކޯޓުން ނިންމީ ހޯމަ ދުވަހުއެވެ. ރޮއިޓާސްގައި މަސައްކަތްކުރާ މިޔަންމާގެ ދެ ރައްޔިތުން ކަމަށްވާ އުމުރުން 32 އަހަރުގެ ވާ ލޯން އާއި 28 އަހަރުގެ ކިއެ ސޮއި ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. މިއަދާ ހަމަހައަށް އެ ނޫސްވެރިންގެ ބަންދަށް ހަތް މަސްވެފައި ވާއިރު ބައިނަލްއަގުވާމީ ދުނިޔެ ދަނީ އެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. ހައްޔަރުކުރި ނޫސްވެރިންގެ ހަމައެކަނި ކުށަކީ އެ ގަތުލް އާންމު ތަހްގީގުކުރުން ކަމަށް އެ ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެކަން ތަހްގީގު ކުރުމަކީ އެ ނޫސްވެރިންގެ މަސްއޫލިއްޔަތު ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.

ނޫސްވެރިންނަށް ދައުވާ ކުރަނީ "ކޮލޯނިއަލް އީރާ އޮފިޝަލް ސީކްރެޓް އެކްޓް"ގެ ދަށުންނެވެ. އެ މީހުންގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ދެ ނޫސްވެރިން ވެސް ވަނީ އެ މީހުންނަށް ކުރާ ދައުވާއަށް އިންކާރު ކޮށްފައެވެ.

ދެ ނޫސްވެރިން ހައްޔަރު ކުރީ، ބުޑިސްޓުންގެ އާބާދީ ބޮޑު މިޔަންމާގެ ފުލުހުންގެ ރޭވުމެއްގެ ދަށުންނެވެ. ނޫސް ވެރިންނަށް މައުލޫމާތު ދޭން ކަމަށް ބުނެ މިޔަންމާގެ ފުލުހުންގެ ދެ އޮފިޝަލަކު އެ މީހުން ރެސްޓޯރެންޓަކަށް ގެންގޮސް، ނޫސްވެރިންގެ އަތަށް ޑޮކުމެންޓެއް ދިންތާ އިރުކޮޅެއް ނުވަނީސް އެތަނަށް އިތުރު ފުލުހުންތަކެއް ވަދެ ވަނީ އެ ނޫސްވެރިން ހައްޔަރުކޮށްފައެވެ. އަދި ފުލުހުން ބުނީ އެ ނޫސްވެރިންގެ އަތުގައި ހުރީ ސަރުކާރުގެ ސިއްރު ޑޮކިއުމެންޓެއް ކަމަށެވެ.

ނޫސްވެރިންނަށް ދައުވާ ކުރެވޭނެ ކަމަށް ނިންމި ދުވަހަކީ އެ ގައުމުގެ ނޫސްވެރިކަމަށް އަދިރި ދުވަހެއްގެ ގޮތުގައި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވަނީ ސިފަކޮށްފައެވެ.

މިދިޔަ އަހަރު ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ބުޑިސްޓުން ގިނަ މިޔަންމާ އިން ހިންގި ޖަރީމާތައް ދުނިޔެއަށް ސާފުކޮށް ފެނުނުއިރު، އެތައް ލައްކަ ރޮހިންޖާ މުސްލިމުން ވަނީ އެ މީހުންގެ އަމިއްލަ ވަތަން ދޫކޮށް އެހެން ގައުމުތަކަށް ހިޖްރަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް