23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:33

މީރާގެ އާމްދަނީ

ދައުލަތުގެ ޓެކްސް އާމްދަނީ 41 ޕަސެންޓަށް އިތުރުވެއްޖެ

  • ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 8.5 ބިލިއަން ރުފިޔާއަށް އަރާފައި
  • އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 10 ޖުލައި 2018 | އަންގާރަ 08:33 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  6. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  7. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) -- ފޮޓޯ : އަޒުމޫން އަހުމަދު

ދައުލަތުގެ އާމްދަނީ 41 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 8.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިފާއިތުވެދިޔަ 2017 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 7.8 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 334 މިލިއަނަށް އަރާފައެވެ. މިދިޔަ އަހަރު ޑޮލަރުގެ އާމްދަނީ އުޅެނީ 287 މިލިއަންގަ އެވެ. މިއަހަރުގެ މިހާތަނަށް 4.2 ބިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފައިވެ އެވެ. މިއީ ގާތްގަނޑަކަށް މުޅި އަހަރުގެ އާމްދަނީގެ 49.7 ޕަސެންޓެވެ. ބިސްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީގެ 35.4 ޕަސެންޓް ހިއްސާ ކޮށްފައިވަނީ ޖީއެސްޓީ އިން ލިބޭ އާމްދަނީ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 22.7 ޕަސެންޓެވެ. ބިސްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި  ލިބޭ އާމްދަނީ 12.6 ޕަސެންޓް ހިއްސާ ކުރާ އިރު އާމްދަނީގެ 8.9 ޕަސެންޓް ހިއްސާ ކުރަނީ ބޭންކް ޕްރޮފިޓް ޓެކްސްއެވެ.

މިއަހަރުގެ ޖޫން މަހު އެކަނިވެސް ދައުލަތަށް ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް