21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެރިޓްރިއާ އާއި އިތިއޯޕިއާ

އެރިޓްރިއާ އާއި އިތިއޯޕިއާ ސުލްހަވެއްޖެ

  • އެއްބަސްވުމަކަށް ގޮސްފައިމިވަނީ ދެ ގައުމުގެ ލީޑަރުން އެރިޓްރިއާގައި ބައްދަލުކުރެއްވުމަށްފަހު
އަބުދުﷲ މުހައްމަދު | 8Abbo

| 10 ޖުލައި 2018 | އަންގާރަ 02:24 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހްމަދު އެރިޓްރިއާއަށް ވަޑައިގަތުމުން އެ ގައުމުގެ ރައްޔިތުން މަރުހަބާ ކިއުމަށް ނުކުމެ -- ބީބީސީ

އިތިއޯޕިއާ އާއި އެރިޓްރިއާ ދެމެދު އޮތް ހަނގުރާމައިގެ ހާލަތު ނިމިއްޖެ ކަމަށް ދެ ގައުމުގެ ލީޑަރުން ގަރާރެއްގައި ސޮއި ކުރައްވައިިފިއެވެ.

މި ދެ ގައުމުގެ ސަރަހައްދީ ރޮނގުގައި 1998 އިން 2000 ވަނަ އަަހަރާ ހަމައަށް ހިނގި ހަނގުރާމަ މުޅިން ނިންމާލާފައި ނުވާއިރު އަދިވެސް ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އޮވެއެވެ. ދެ ގައުމުން ވަނީ ޑިޕްލޮމެޓިކް ގުޅުމާއި ވިޔަފާރީގެ ގުޅުން އަލުން އިއާދަކުރުމަށް ވެސް އެއްބަސްވެފައެެވެ.

ހަނގުރާމައަށް ފަހު ގުޅުން ކެނޑިފައިވާ އާއިލާތައް ވަނީ ގިނަ އަހަރުތަކަކަށް ފަހު އެއްބަޔަކު އަނެއް ބަޔަކަށް ފޯނުން ގުޅައިފަ އެވެ. 

އިތިއޯޕިއާގެ ނޫސްވެެރިޔެއް ކަމަށްވާ ޝިސޭ ވޯރސް ވަނީ އެރިޓްރިއާގައި ހުރި އޭނާގެ ބޭބެއަކަށް ގުޅާފައެވެ.

"ހިނދުކޮޅަކަށް އަހަރެންގެ ހިތުގެ ވިންދު ހުއްޓުނު، އަހަރެންގެ އަޑު ތުރުތުރުއަޅާ އަދި ބަހެއް ބުނަން އުނދަގޫވި.ހަމަ ޖެހި ބޭބެއާ އަހަރެން ވާހަކަދައްކަން އިރުކޮޅެއް ނެގި"

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް ގޮސްފައިމިވަނީ ދެ ގައުމުގެ ލީޑަރުން އެރިޓްރިއާގެ ވެރިރަށް އަސްމަރާގައި ބޭއްވި ތާރީޚީ ބައްދަލުވުންތަކަށް ފަހުއެވެ.

އެެރިޓްރިއާގެ ރައީސް އައިޒާއަސް އަފުވާކީ އަދި އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހްމަދުގެ ބައްދަލުވުމަކީ ވޭތުވެދިޔަ ވިއްސަކަށް އަހަރުުގެ ތެރޭގައި ދެ ގައުމުގެ ލީޑަރުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން 2000 ވަނަ އަހަރު ހަމަލާ ބަދަލުކުރުން ހުއްޓާލި ނަމަވެސް ދެ ގައުމު އޮތީ "ހަނގުރާމައެއް ނެތް ސުލްހައެއް ނެތް" ހާލަތެއްގައެެވެ.

އެ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް