21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޮލީވުޑް

ސްކައި އިޒް ފިންކަށް ޕްރިޔަންކާ ސޮއިކޮށްފި

  • އޭނާ ވަނީ އިންސްޓަގްރާމް ސްޓޯރީއަށް ފިލްމްގެ ސްކްޕްރިޕްޓްގެ ޑްރާފްޓްގެ ބޭރުގަނޑު ލާފަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 10 ޖުލައި 2018 | އަންގާރަ 01:16 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް
  8. ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން، ސަޕޯޓަރުން އެއްވެ ހަމަނުޖެހުން ހިންގައިފި


ޕްރިޔަންކާ ޗޯޕްޅާ -- ބޮލީވުޑް ހަންގާމާ

ބޮލީވުޑުން ފިލްމީ ދާއިރާއަށް ތަޢާރަފްވި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ހޮލީވުޑްގައި މަސައްކަތް ކުރަންފެށި ފަހުން ހިންދީ ފިލްމް ތަކުން ފެނުން ވަނީ ވަރަށް މަދުވާން ފަށާފައެވެ.

ނަމަވެސް އޭނާ މިވަނީ އަނެއްކާ ވެސް ހިންދީ ދެފިލްމެއް ކުޅެން ސޮއި ކޮށްފައެވެ.

އެގޮތުން ސަލްމާން ހާނާ އެކު ކުޅޭފިލްމް" ބާރަތް" އަށް ފަހު ދެން އޭނާ ކުޅެން ސޮއި ކޮށްފައިވާ ފިލްމަކީ ސޮނާލީ ބޯސް ޑައިރެކްޓް ކުރާ ފިލްމް " ދަ ސްކައި އިޒް ޕިންކް" އެވެ.

މި ފިލްމްގެ ޑައިރެކްޓަރ ބޯސް ވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި މަގަރީޓާ ވިތު އަ ސްޓްރޯ އަދި 2005 ވަނަ އަހަރު ރިލީޒް ކުރި " އަމޫ" ވެސް ޑައިރެކްޓް ކޮށްފައެވެ.

ޕްރިޔަންކާ ވަނީ މިހިނގާ ޖުލައި މަހުގެ 8 ގައި އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ފިލްމްގެ ސްކްޕްރިޕްޓްގެ ޑްރާފްޓްގެ ބޭރުގަނޑު ލާފައެވެ. އަދި އެ ޕޯސްޓްގައި ޕްރިޔަންކާ ލިޔެފައިވަނީ "ދަ ސްކައި އިޒް ޕިންކް" އަށް ތައްޔާރު ވާން ފަށާފައިވާ ކަމަށެވެ.

އެ ފޮޓޯގައި ލިޔެފައިވަނީ  ފިލްމްގެ ނަމަކީ "ދަ ސްކައި އިޒް ޕިންކް" ކަމަށެވެ. އަދި މި ފިލްމްގެ ޑައިލޮގްތައް ލިޔެފައި ވަނީ ދާދި ފަހުން ރިލީޒް ކުރި "އޮކްޓޯބާ" ގެ ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެދީ ކަމަށެވެ.

2016 ގެ ފަހުން ސޮއި ކުރި ދެވަނަ ހިންދީ ފިލްމަކީ ކޮބައިކަން ޕްރިޔަންކާ އޭނާގެ ފޭނުންނާ ހިއްސާ ކުރީ މި ވަގުތު އިންޑިއާ އަށް ކުރާ ދަތުރެއްގެ ތެރެއިންނެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން "ލޯބިވެރިޔާ" އަދި އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ އެކު ވެސް ޕްރިޔަންކާ އިންޑިއާ އަށް ގޮސްފައިވެއެވެ.

އެދަތުރުގައި އެ ޖޯޑު ވަނީ ޕްރިޔަންކާގެ މަންމައާއި އެކު ރޭގަނޑުގެ ކެއުމަކަށް ވެސް ގޮސްފައެވެ. އަދި މި ދަތުރަކީ ޕްރިޔަންކާގެ އާއިލާއަށް ނިކް ތަޢާރަފް ކޮށްދިނުމަށް ރޭވި ދަތުރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެދަތުރުގައި އެމީހުން ވަނީ ޗުއްޓީ ހޭދަކުރުމަށް ގޯއާ އަށް ވެސް ގޮސްފައެވެ.

މި ޖޯޑު އެނބުރި ނިއުޔޯކް އަށް ގޮސްފައިވަނީ މިހިނގާ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ރިޕޯޓްތައް ބުނާގޮތުން ޕްރިޔަންކާ މިހާރު ފިލްމް ކުޅެދޭ އަގަކީ 6.5 ކްރޯޑް އިންޑިއަން ރުޕީސް އެވެ. އެހެން ކަމުން ޕްރިޔަންކާ ވެފައި މިވަނީ ތިން ވަނައަށް އެންމެ އަގުބޮޑުކޮށް ފިލްމް ކުޅޭދޭ ބަތަލާ އަށެވެ. އެންމެ އަގުބޮޑުކޮށް ފިލްމް ކުޅެ ބޮލީވުޑްގެ ތަރިއަކީ ދިޕިކާ ޕަދުކޯން އެވެ. އޭނާ ފިލްމް ކުޅެދެނީ 12 ކްރޯޑް އިންޑިއަން ރުޕީޒް އަށެވެ. މިލިސްޓްގެ ދެވަނައިގައި އުޅެނީ ކަންގަނާ ރަނާވަތެވެ. އެނާ ފިލްމް ކުޅެދެނީ 11 ކްރޯޑް އިންޑއަން ރުޕީޒް އަށެވެ. މިހަރު ޕްރިޔަންކާ ވެފައިވަނީ އިންސްޓަގްރާމްގައި އެންމެ ގިނަ މީހުންފޮލޯ ކުރާ އިންޑިއާގެ ސެލެބްރިޓީއަށް ވެފައެވެ. އޭނާގެ 25 މިލިއަން ފޮލޯވަރުން ތިބެއެވެ.

"ބާރަތު" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ވަނީ ތާވަލް ކޮށްފައެވެ. ނަމަވެސް "ދަ ސްކައި އިޒް ޕިންކް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ކޮށްފައެއް ނުވެއެވެ.

 ޕްރިޔަންކާގެ ތިން ވަނަ ހޮލީވުޑް ފިލްމް "އިޒިންޓް އިޓް ރޮމޭންޓިކް" ސިނަމާތަކަށް އަންނާނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ  14 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް