19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

އިސްލާމިކް މިނިސްޓްރީ

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

  • މިދިޔަ އަހަރު ވެސް މިގޮތަށް ހަމަޖެއްސި
  • ޝަކުވާތައް ގިނަވާން ފެށުމުން މާލޭގައި އަނެއްކާ ވަޅުލަން ފެށި
އަޒުމޫން އަހުމަދު | azmoon_ahmed

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


އާސަހަރާ: މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް ހަމަޖެއްސުމުން ދަތިތައް ކުރިން ދިމާވި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އިސްލާމިކް މިނިސްޓްރީން އަނެއްކާ ވެސް ހަމަޖައްސައިފި އެވެ.

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި އަލަށް ހެދި ސަހަރާގައި ވަޅުލާ ގޮތަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް، އާންމުންގެ ޝަކުވާތަކާއި މިނިސްޓްރީން ހަމަޖެއްސި އިންތިޒާމްތަކުގެ ފެންވަރު ދަށްވަމުން އެ ނިންމުން އަނބުރާ ގެންގޮސް މާލޭގައި ވަޅުލާ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، މާލޭގައި ނިޔާވާ މީހުން ވަޅުލުމާއި، ޖަނަޒާގެ ހުރިހާ ކަމެއް އަންނަ ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން ކުރަމުން ގެންދާނީ ހުޅުމާލޭ ސަހަރާގައި ކަމަށެވެ.

ހުޅުމާލޭގައި މީހުން ވަޅުލާ ގޮތަށް ނިންމާފައިވާއިރު، އިއުލާނުގައި ވަނީ ހުޅުމާލޭ ސަހަރާއިން ޖާގަ ހަމަޖައްސައިދިނުމުން މައްޔިތާގެ ޖަނާޒާއަށް ބޭނުންވާ ކަފުނާއި، ކަފަ އާއި، ސަންދޯއް ފަދަ ތަކެތި މައްޔިތާގެ އާއިލާއަށް ހިލޭ ނުވަތަ ހަމައެކަނި މެޓީރިއަލްގެ އަގު ނަގައިގެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އެ މަސައްކަތް ކުރާފަރާތަށް އެ މިނިސްޓްރީން އެއްވެސް އަގެއް ނުދޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އާއި އައިޖީއެމްއެޗް ގުޅިގެން މިދިޔަ އަހަރު ހަމަޖެއްސި އުސޫލުގައިވާ ގޮތުން، މައްޔިތާ އުފުލާފެރީ އޮންނަ ސަރަހައްދަށް އެމްބިއުލާންސްގައި ގެންގޮސްދޭނީ 60ރ. އެވެ. އަދި އެމްޓީސީސީގެ ފެރީގައި މައްޔިތާ 608ރ. އަށް ހުޅުލެއަށް ގެންގޮސް ހުޅުލެއިން ވެހިކަލެއްގައި 160ރ. އަށް ހުޅުމާލޭ ސަހަރާއަށް ގެންދާ ގޮތަށް އެކުލަވާލާފައިވާ އެ އުސޫލަށް އާންމުން ވަރަށް ބޮޑު ފާޑިކިޔުމެއް އަމާޒުވި އެވެ.

ހުޅުމާލޭ ސަހަރާއަކީ 8،000 އަށް ވުރެ ގިނަ މީހުން ވަޅުލެވޭ ގޮތަށް ހަދާފައިވާ ސަހަރާއެކެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ލަފާކުރާގޮތުގައި ކުރިއަށް އޮތް ހަ އަހަރަށް އެތަނުގައި މީހުން ވަޅުލެވޭނެ އެވެ.

ހުޅުމާލޭ ސަހަރާ ހަދާފައިވަނި އެއްފަހަރާ ހަތަރު މީހުން ހިނެވޭނެ ގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް