20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ގައިދީން މަރުވުން

މަރުގެ ތަންމަތީގައި އޮތް ވާހަކަ އާއިލާއަށް އެންގީ ރޮއި އާދޭސް ކުރުމުން!

  • އޭނާ މަރުވީ ކަރެކްޝަންގެ އިހުމާލުން: އާއިލާ
  • ހަބަރު ހުސްވީ އައިސީޔޫއަށް ބަދަލުކުރި ފަހުން
  • މަރުވީ ކުރަންޖެހޭ އޮޕަރޭޝަން ނުކުރެވި ލަސްވުމުން
ޙުސައިން ޙަސަން | hucenhassan

| 9 ޖުލައި 2018 | ހޯމަ 21:46 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ހަމްޒަތު އަހުމަދު: އޭނާ މަރުވުމުގައި ކަރެކްޝަންގެ އިހްމާލު އޮތް ކަމަށް އާއިލާއިން ބުނޭ-- ފޮޓޯ/ އާއިލާ -- ފޮޓޯ : ރާއްޖެ އެމްވީ

އާއިލާގައި ތިބެނީ ހަ މެމްބަރުންނެވެ. އެންމެ ހަގު ދަރިފުޅު، ނިޔާވީ "އެނަމާ" ބޯޓު ބަންޑުން ޖަހާލި ކާރިސާގައެވެ. ސާދަ އަހަރުވީ އެ ކާރިސާއަށްފަހު، އަނެއްކާވެސް އާއިލާއަށް ވަނީ މޮޅިވެރިކަން ވެރިވެފައެވެ. އެ އާއިލާގެ އިތުރު މެމްބަރެއްގެ "ކުއްލި މަރާ" އެކު ގިނަ ބަޔަކު ތިބީ ސިހުމެއްގެ ތެރޭގައެވެ.

ގދ. ތިނަދޫ، އައިޝަތު ޝިރުމީން ފަތުހީ އާއި އަހުމަދު ފަތުހީއަށް ލިބުނު ހަ ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު، ހަމްޒަތު އަހުމަދު ކުއްލި ގޮތަކަށް ހޮނިހިރު ދުވަހުގެ ރޭ ނިޔާވީ ސްޓްރޯކެއް ޖެހި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މީގެ ހަ އަހަރު ކުރިން ފެށިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، ހަމްޒަތަށް ސްޓްރޯކެއް ޖެހުނީ ބުދަ ދުވަހު ކ. މާފުށީ ޖަލުގައި ފުޓްބޯޅަ ކުޅެނިކޮށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ހަމްޒަތަށް ސްޓްރޯކެއް ޖެހި، ހަށިގަނޑުގެ އެއްފަޅި ވާގިނެތިގެން، އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަން އާއިލާއަށް އެންގީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ. ހަމްޒަތު އައިޖީއެމްއެޗަށް ގެނައީ ސިއްހީ ނާޒުކު އެ ހާލަތަށް ދިޔަތާ، ހަތަރު ގަޑިއިރުވީ ފަހުންނެވެ.

ހަމްޒަތު: އައިޖީއެމްއެޗަށް ގެނައިއިރު ވާހަކަ ވެސް ދައްކާ، މަރުވީ ވެންޓިލޭޓަރުގެ އެހީގައި ނޭވާލަމުން ދަނިކޮށް-- ރާއްޖެއެމްވީ ފޮޓޯ/ އާއިލާ

ހަމްޒަތަށް ފަރުވާ ދިނުމުގައި ކަރެކްޝަނުން އިންތިހާއަށް ލަސްކުރި ކަމަށް އޭނާގެ މަންމަ، ޝިރުމީން ވަނީ ތުހުމަތުކޮށްފައެވެ. ހަމްޒަތުގެ ފަރުވާ ފުރިހަމަ ކުރަން އުޅުނީ "ސިއްރުން" ކަމަށް ވެސް މަންމަ ބުންޏެވެ.

ރާއްޖެއެމްވިއާ ވާހަކަ ދައްކަމުން ޝިރުމީން ބުނީ ދަރިފުޅު ހޮސްޕިޓަލަށް ގެނައުމަށްފަހު، އޭނާއަށް ފަރުވާ ދޭން ފެށިކަން އާއިލާއަށް އަންގަން ކަރެކްޝަނުން، ފުރަތަމަ، ބޭނުން ނުވި ކަމަށެވެ. ނަމަވެސް ހަމްޒަތު ރޮއި އާދޭސް ކުރަން ފެށުމުން، ނަރުހުންގެ އެދުމަށް އާއިލާއަށް އެކަން އެންގީ ކަމަށް އޭނާ ބުންޏެވެ.

"[ހަމްޒަތު އަމިއްލައަށް] މަންމައަށް ގޮވާ، ބައްޕައަށް ގޮވައި ރޮއި އާދޭސް ކުރި ކަމަށް ވަނީ. އެހެން ހުއްޓާ [ބުދަ ދުވަހުގެ ރޭ] 11 ޖަހަން އުޅެނިކޮށް، ނަރުސް ކުދިން ބުނީ ކިހިނެއް ވެފަހޭ ތި މީހުން [އޮފިސަރުން] ތި ތިބެނީ. އެ ކުއްޖާގެ މަންމަ އާއި ބައްޕައަށް ގުޅާބަލާށޭ. ނަރުހުން އާދޭސްކޮށްގެން ކަރެކްޝަންގެ މީހުން އާއިލާއަށް އެންގީ،" ޝިރުމީން ބުންޏެވެ.

އައިޖީއެމްއެޗަށް ގެނައިއިރު، ހަމްޒަތު ވާހަަކަ ދައްކައި ހެދި ކަމަށް ޝިރުމީން ބުންޏެވެ. ނަމަވެސް އެ ހޮސްޕިޓަލުން ހެދި ސްކޭންތަކުން ހަމްޒަތުގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ބުނެ، އޭނާގެ ގަޔަށް އިންޖެކްޝަންތަކެއް ޖެހި ކަމަށް ޝިރުމީން ބުންޏެވެ.

އޭނާ ބުނީ ހަމްޒަތުގެ ސިކުނޑީގެ އޮޕަރޭޝަން އައިޖީއެމްއެޗުން ނުކުރެވޭނެތީ، އޭޑީކޭ ހޮސްޕިޓަލަށް އައިޖީއެމްއެޗުން އެކަން އެންގި ކަމަށާއި، ތައްޔާރީ ހާލަތުގައި ތިބުމަށް ވެސް ބުނި ކަމަށެވެ.

"ހަމަ އެވަގުތުން އެ ވަގުތަށް އެބަހުރި އޭޑީކޭގެ ޑޮކްޓަރަށް އަންގާފައި. މިކަހަލަ އޮޕަރޭޝަނެއް ކުރަންޖެހޭ ވާހަކަ، ޕޭޝަންޓެއް އެބަ އޮތޭ، ތިމަންނަމެންނަަށް [އައިޖީއެމްއެޗަށް] މި އޮޕަރޭޝަން ކުރެވޭކަަށް ނެތޭ، މި އޮޕަރޭޝަން ކުރެވެން އޮތީ އޭޑީކޭއަށޭ،" ޝިރުމީން ބުންޏެވެ.

ނަމަވެސް ހަމްޒަތު އައިޖީއެމްއެޗް އިން އޭޑީކޭއަށް ގެންދިއުމުން ލަސްވެ، ފުރިހަމަ ކުރަންޖެހޭ އަވަސް ފަރުވާ ފުރިހަމަ ކުރެވިފައި ނުވާ ކަމަށް އޭނާ މަންމަ ބުންޏެވެ. އެގޮތުން އައިޖީއެމްއެޗްގެ އައިސީޔޫއިން ނެރެގެން، އޭޑީކޭއަށް ގެންދެވުނީ އޭނާ އެޑްމިޓް ކުރިތާ ދެ ދުވަސްފަހުން މިދިޔަ ހުކުރުގެ އިރުއޮއްސުނު ވަގުތުގައި ކަމަށް އާއިލާއިން ބުންޏެވެ. އަދި ބުނީ ހަމްޒަތުގެ ގަޔަށް ޖެހި އިންޖެކްޝަންގެ ތަފްސީލުތައް ވެސް އޭޑީކޭއަށް ދީފައި ނުވާ ކަމަށެވެ.

"އޭޑީކޭއަށް ދަރިފުޅު ގެންގޮސްފަ، އާއިލާގެ އެންމެން ވައްދާފަ ބުނީ މިހާރު ވަގުތު ފާއިތުވެއްޖެއޭ. ރޭގަ ތިމަންނައަށް ގުޅިގޮތަށް އޭޑީކޭއަށް ގެނައިނަމަ، ކާމިޔާބުވެއްޖައިހޭ، މިހާރު މިއޮތީ ވަގުތު ފާއިތުވެފައޭ. އެ އޮތީ އިހުމާލުވެފަ. މިއޮތީ އިހްމާލުވެފަ އޮތް ވަރު،" ޝިރުމީން ބުންޏެވެ.

ހަމްޒަތު ތިނަދޫ ޖާޒީގައި: އޭނާއަކީ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިއެއް-- ރާއްޖެއެމްވީ ފޮޓޯ/ އާއިލާ

މީހަކާ ވެސް އިނދެގެން އުޅޭ، އުމުރުން 36 އަހަރުގެ ހަމްޒަތު ނިޔާވީ ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ކަމަށް އާއިލާއިން ކުރި ތުހުމަތާ ގުޅިގެން، ކަރެކްޝަނަލް ސާވިސްގެ ބަހެއް ހޯދަން "ރާއްޖެއެމްވީ"އިން މަސައްކަތް ކުރީމެވެ. އެގޮތުން ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާނަށް ގުޅައި ތަކުރާރުކޮށް މެސެޖު ކުރުމުން ވެސް އޭނާ ޖަވާބެއް ނުދެއްވިއެވެ.

ނަމަވެސް އާދީއްތަ ދުވަހުގެ ރޭ "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަވިއުއެއްގައި ލުގުމާން ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ހަމްޒަތަށް ފަރުވާ ދޭން ފެށިކަން އާއިލާއަށް އެންގި ކަމަށެވެ.

ޖަލުގައި ގައިދީން މަރުވަމުންދާ މައްސަލަ ބޮޑުވެފައި ވަނިކޮށް، މިއަހަރު މަރުވި ތިން ވަނަ ގައިދީއެއްގެ ގޮތުގައި ހަމްޒަތު ނިޔާވީ އޭޑީކޭގެ ވެންޓިލޭޓަރުގައި އޮއްވައެވެ. އާދީއްތަ ދުވަހުގެ ރޭ އޭނާ ނިޔާވި ޚަބަރާ އެކު ހުވަދޫގެ ކުޅިވަރުގެ އާއިލާއަށް ވަނީ ސިހުމެއް ލިބިފައެވެ. ހަމްޒަތަކީ ތިނަދޫ ސްޕޯޓްސް ކްލަބުގެ ކެޕްޓަނެވެ. ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ފެނިގެން ދިޔަ ހަމްޒަތު ވަނީ ކްލަބް ވެލެންސިއާއަށް ވެސް ކުޅެދީފައެވެ. އަދި ތިނަދޫ ސްޕޯޓްސް ކްލަބު ކުރި އަރުވައި، އެ ކްލަބު ކޮޅަށް ޖެހުމުގައި އޭނާގެ ދައުރު ބޮޑު ކަމަށް އެ ރަށުގެ މީހުން ބުންޏެވެ.

އާއިލާއިން ބުނި ގޮތުގައި އިންތިހާބާ ދިމާކޮށް، ބައެއް ކުށްވެރިންނަށް މައާފު ދެމުންދާތީ، ހަމްޒަތު ވެސް ހުރީ އޭނާ މިނިވަންވާނެ ކަމުގެ އުންމީދުގައި ކަމަށެވެ. އޭނާގެ މައްޗަށް ޖަލު ހުކުމެއް އައީ 29 ގްރާމްގެ މަސްތުވާތަކެތި ފެނިގެން ކަަމަށް ވެފައި، ހުކުމުގެ ހަތަރު ބައިކުޅަ އެއްބައި ފުރިހަމަކޮށްފައި ވާތީ މައާފު ލިބޭނެ ކަމަށް ހަމްޒަތު ވަރަށް ބޮޑަށް އުންމީދު ކުރި ކަމަށެވެ.

ނަމަވެސް މައާފު ލިބޭ ކުށްވެރިންގެ ތެރޭގައި އޭނާ ނުހިމެނެއެވެ.

އޭނާ ވަނީ ކްލަބް ވެލެންސިއާއަށް ވެސް ކުޅެދީފައި-- ރާއްޖެއެމްވީ ފޮޓޯ/ އާއިލާ

ހަމްޒަތުގެ ބައްޕަ، އަހުމަދު ފަތުހީ ބުނީ ހަމްޒަތަށް ވުރެ ބޮޑެތި ކުށްތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންނަށް ވެސް މައާފު ދޭން ނިންމިއިރު، އޭނާއަށް މައާފު ނުލިބޭތީ އެކަމާ އޭނާ ވަރަށް ބޮޑަށް ހިތާމަ ކުރި ކަމަށެވެ.

ހަމްޒަތަށް މައާފު ނުލިބޭތީ، އެނާއާ އެކު، އެއް ގޮޅީއެއްގައި ބަންދުކޮށްފައި ތިބޭ ބައެއް ގައިދީން ހަމްޒަތާ ދިމާކޮށް ފުރައްސާރަ ކުރާ ކަމުގެ ޝަކުވާ އާއިލާއަށް ލިބުނު ކަމަށް ފަތުހީ ބުންޏެވެ. އަދި ގޮޅީގައި ތިބޭ އެހެން ގައިދީން އޭނާގެ މޫނަށް ސިނގިރޭޓް ދުން ބުރުވައި، ރޭގަނޑު ނިދިޔަނުދީ ބައިންދާ ހަދާ ކަމަށް ވެސް ފަތުހީ ބުންޏެވެ.

"ސިނގިރޭޓް ދުން މޫނަށް ބުރުވާ ކަމަށް އެބަ ބުނޭ. މައާފު ނުލިބޭތީ އޭނާއަށް މަލާމާތްކޮށް، ޖެއްސުންކޮށް ހަދާ ކަމަަށްވޭ،" ފަތުހީ ބުންޏެވެ.

ހަމްޒަތަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކަށް ވިޔަސް، އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ނޫން ކަމަށް އާއިލާއިން ބުންޏެވެ. އަދި ސިނގިރޭޓް ވެސް ބޮއި ހަދާ މީހެއް ނޫން ކަމަށް ބުނެއެވެ.

ހަމްޒަތުގެ މަންމަ ބުނީ ދަރިފުޅު ހުރީ ފަހު ވަގުތުގައި ވެސް ޖަލުން މިނިވަންވާނެ ކަމުގެ އުންމީދުގައެވެ. އެ އުންމީދުގައި އޭނާ އަޅުކަމުގައި ޝާމިލުވެ، ކުރެވިފައިވާ ފާފަތަކަށް ތައުބާވުމަށް ކުރި މަސައްކަތް ޖަލުގެ އޮފިސަރުންނަށް އެނގޭނެ ކަމަށް މަންމަ ބުންޏެވެ.

"ތިމަންނާ މިހާރު ފަސް ނަމާދުކޮށް، ސުންނަތް ރޯދަ ވެސް ހިފަމޭ. ޟުހާ ނަމާދުކޮށް، ރޮއި އާދޭސްކޮށް، ދުއާކޮށް ދަންނަވަމޭ، ތިމަންނަ ފާފައެއް ވާނަމަ ފުއްސަވައި ދެއްވުމަށް. މަންމާއޭ ތިމަންނައަށް އެބަ ޔަގީންވޭ، މާތްﷲ ތިމަންނަގެ ފާފަ ފުއްސަވައިފިކަން. އެހެންވީމަ ދެން މަންމަ މަސައްކަތް ކޮށްދީބަލާށޭ ޖަލުން ނެރެދޭން،" ހަމްޒަތު ނިޔާވުމުގެ 10 ދުވަސް ކުރިން ގުޅައި ދެއްކި ވާހަކަ އޭނާގެ މަންމަ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތިމަންނަ

4 މަސް ކުރިން

އިހުމާލް މިއީ ރާއްޖޭގެ ޑިކްޝަނަރީގައި އޮންނަ ބަހެއް ނޫން

4
0
Hgg

4 މަސް ކުރިން

Kithahme rangalhu meehakas yaamin ah thaaeedhu nukuranya maafeh nulibeyne.. marhoomaa ah suvaruge minvaru kurahvaashi

7
1
waha

4 މަސް ކުރިން

ހަމްޒަތަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކަށް ވިޔަސް، އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ނޫން ކަމަށް އާއިލާއިން ބުންޏެވެ

5
1