21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ހޮހޮޅައިގައި ތާށިވި ކުދިން

އިތުރު ހަތަރު ކުއްޖަކު ހޮހޮޅައިން ސަލާމަތް ކޮށްފި

  • ހަތަރު ކުދިންނާއި ކޯޗް އަދި ނުނެރެވޭ
  • އާދީއްތަ ދުވަހު ހަތަރު ކުއްޖަކު ސަލާމަތްކޮށްފައިވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 9 ޖުލައި 2018 | ހޯމަ 19:40 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ބެގް، ބޮރޯ އޯރ ސްޓީލް


ކުދިން ނެރުމުގެ ދެވަނަ އޮޕަރޭޝަން ފަށާފައިވަނީ ހޯމަ ދުވަހުގެ 11 ޖެހިއިރު -- ބީބީސީ

ތައިލެންްޑްގެ ތަމް  ލުއަންގ ހޮހޮޅައިިގައި ތާށިވެފައިވާ 12 ފިރެހެން ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ސަލާމަތް ކުރުމަށް ހިންގާ އޮޕަރޭޝަނުގައި އިތުރު ހަތަރު ކުއްޖަކު ހޯމަ ދުވަހު ސަލާމަތްކޮށްފި ކަމަށް އޮޕަރޭޝަންގައި މަސައްކަތް ކުރަމުންދާ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ބުނެފިއެވެ.

މީގެ ކުރިން އާދީއްތަ ދުވަހު ހަތަރު ކުއްޖަކު ސަލާމަތް ކޮށްފައިވާއިރު މިހާރު ތިބޭނީ ހަތަރު ކުދިންނާއި ކޯޗެވެ.

ބާރަ ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ހޮހޮޅައިގެ ތެރޭގައި ތާށިވީ ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

ގެއްލުނުތާ ނުވަ ދުވަހަށް ފަހު މިދިޔަ ހޯމަ ދުވަހު އެކުދިން ފެނިފައިވަނީ، ފެންބޮޑުވެފައިވާ އެ ހޮހޮޅައިގެ ތެރޭގައި ހިކިފަސްތަނެއްގައި ތިއްބައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ.

ކުދިން ތިބި ހިސާބަކީ ހޮހޮޅައިގެ ދޮރުން ފެށިގެން ބަލާނަމަ 4 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.

ހަތަރު ކުދިން ނެރުމަށް ފަހު އާދީއްތަ ދުވަހުވަނީ އެއަރ ޓޭންކްތައް ބަދަލު ކުރުމަށް އޮޕަރޭޝަން މެދުކަނޑާލާފައެވެ. އެއަށް ފަހު އޮޕަރޭޝަން ފަށާފައިވަނީ ހޯމަ ދުވަހުއެވެ.

ކުދިން ނެރުމުގެ ސީދާ މަސައްކަތް ކުރަން ނިންމީ ހޮހޮޅައިގެ ތެރޭގައި ފެންގަޑު ބޮޑުވަމުން ދާން ފެށުމުންނެވެ.

ހޮހޮޅައިގެ ބައެއް ހިސާބުތަކުގައި ޑައިވް ކުރަން ޖެހޭއިރު އަނެއްބައި ހިސާބުގައި އުސް ތަންތަނަށް އަރަން ޖެހެއެވެ. އަދި ބައެއް ހިސާބުތައް ހަނިކަމުން ވަންނަން ދަތިކޮށް ހުންނައިރު ހޮހޮޅައިގެ ތެރެއިން ކުދިން ނެރުމަކީ އުނދަގޫ މަސައްކަތަކަށްވަނީ ވެފައެވެ.

ކުދިން ނެރުމުގެ އޮޕަރޭޝަންގެ ވެރިޔާ ނަރޮންގސަކް އޮސޮއްތަނަކޯން ވިދާޅުވެފައި ވަނީ ހޯމަ ދުވަހު އޮޕަރޭޝަން ފަށާފައި ވަނީ 11 ޖެހިިިއިރު ކަމަށާއި ރޭގަނޑު ނުވަޔަކަށް މަސައްކަތް ނިންމާނެކަމަށެވެ.

"އާދީއްތަ ދުވަހަށް ވުރެ މާ ގިނަ މީހުން ބޭނުންކުރަމުން މިދަނީ" އޭނާ ވިދާޅުވިއެވެ.

ސަލާމަތްކުރި ކުދިންގެ ނަންތައް އަދި ހާމަކޮށްފައެއް ނުވެއެވެ. އޭގެ ސަބަބަކީ އަދިވެސް އިތުރު ކުދިން ސަލާމަތް ނުކުރެވި ތިބުމާއިއެކު އެކުދިންގެ އާއިލާތަކަށް އިހުތިރާމް ކުރުމުގެ ގޮތުންކަމަށް އޮސޮއްތަނަކޯން ވިދާޅުވިއެވެ. އަދި ސަލާމަތްކުުރެވުނު ކުދިން އާއިލާތަކާ ބައްދަލު ކުރުވާފައެއްވެސް ނުވެއެވެ.

އޭނާ ވިދާޅުވީ އިންފެކްޝަންގެ ރިސްކު ކުޑަވަންދެން ކުދިންގެ އާއިލާތަކަށް ކުދިންގެ ގައިގައި އަތްލުން މަނާ ކުރެވޭނެ ކަމަށާއި ފަހަރެއްގައި ބިއްލޫރިގަނޑެއްގެ ފުރަގަހުގައި ހުރެ ބެލުމަށް ހުއްދަކުރެވިދާނެ ކަމަށެވެ.

އޮސޮއްތަނަކޯން ވަނީ ދާދިފަހުން ވެހުނު ވާރޭގެ ސަބަބުން ފެންގަޑު އުފުލިދާނެކަމުގެ ކަންބޮޑުވުން އޮތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭނާ ވަނީ އަދި "އިއްޔެއެކޭ އެއްގޮތަށް ރަނގަޅު" ކަމަށް އޭނާ ވިދާޅުވިއެވެ.

ކުދިން ނެރުމަށް ހިންގާ އޮޕަރޭޝަނުގައި ހޮހޮޅައިގެ ތެރޭގައި ތައިލެންޑްގެ 40 ޑައިވަރުންނާއި އެެހެނިހެން ގައުމުތަކުގެ 50 ޑައިވަރުން ބައިވެރިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް