26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ބްރެކްސިޓް

އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން މަޤާމުން އިސްތިއުފާ ދެއްވައިފި!

  • އިސްތިއުފާ ދެއްވީ އީޔޫއިން ވަކިވުމާ ބެހޭ ޕްލޭނާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން
މިއުވާން މުހައްމަދު | Miuvaan

| 9 ޖުލައި 2018 | ހޯމަ 19:21 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  5. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު


ޚާރިޖީ ވަޒީރުގެ މަޤާމުން އިސްތިއުފާ ދެއްވި ބޮރިސް ޖޯންސަން -- ސްކައި ނިއުސް

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާ ބެހޭ ޕްލޭނާ މެދު ސަރުކާރުގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުުވުންތައް އިތުރުވެ، ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބޮރިސް ޖޯންސަންއަކީ ހޯމަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވި ދެވަނަ ވަޒީރެވެ. އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާ ބެހޭ ކަންތައްތަކާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރު ޑޭވިޑް ޑޭވިސް ވެސް ވަނީ ހޯމަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާ ބެހޭ ޕްލޭނާ މެދު އިނގިރޭސި ސަރުކާރުގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުުވުންތަކުގެ ތެރެއިން ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވީ، އީޔޫއިން ވަކިވުމާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ޤާނޫނު ހަދާ މަޖިލީހަށް ޕްލޭނެއް ހުށަހަޅުއްވަން ވަޑައިގަތުމުގެ ބައިގަޑިއެއްހާއިރު ކުރިންނެވެ. 

ބޮޑުވަޒީރުގެ އޮފީސް، ނަމްބަރު 10 - ޑައުނިންގ ސްޓްރީޓުން ބުނީ ވަރަށް ބޮރިސް ޖޯންސަންގެ ޚިދުމަތަށް ބޮޑުވަޒީރު ޝުކުރު އަދާކުރައްވާ ކަމަށާއި، ވަރަށް އަވަހަށް ޚާރިޖީ ވަޒީރު ކަމަށް ބޭފުޅަކު އައްޔަންކުރައްވާނެ ކަމަށެވެ. 

ބޮރިސް ޖޯންސަންއަކީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާ ގުޅޭ ގޮތުން 2016 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގައި އެޤައުމު އީޔޫ އިން ވަކިވުމަށް ހިންގި 'ލީވް' ކެމްޕޭންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާއެވެ. 

އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ބާކީ އަހަރެއްހާ ދުވަސް އޮތްއިރު، އީޔޫއިން ވަކިވުމަށް ފަހު އެ އިއްތިޙާދާއި އިނގިރޭސިވިލާތާ ދެމެދު އޮންނާނެ ގުޅުމާ ބެހޭ ގޮތުން އަދިވެސް އެކަށީގެންވާ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އަދި ބޮޑުވަޒީރު ތެރީސާ މޭގެ ހުށަހެޅުއްވުމަށް ވެރިކަންކުރާ ކޮންޒަރވޭޓިވް ޕާޓީގެ މާބޮޑު ތާޢީދެއް ނެތް ކަމަށް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް