13 ޑިސެންބަރު 2018 | ބުރާސްފަތި | 05 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

މި އަހަރުގެ ވެކޭޝަން އެކްސްޕޯ

މި އަހަރުގެ ވެކޭޝަން އެކްސްޕޯ އަށް 4000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވޭ: ހައިރައިޒް

  • އެކްސްޕޯ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު
  • މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ އަށް ވެސް އެގްޒިބިޓަރުންގެ ފަރާތުން ޝައުޤުވެރިކަން ފާޅުކޮށްފައިވޭ
ސިމާހާ ނަސީމް | sim_kamana

| 9 ޖުލައި 2018 | ހޯމަ 17:29 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން


ވެކޭޝަން އެކްސްޕޯގެ ތެރެއިން -- ފޮޓޯ : މުހައްމަދު ޝަރުހާން

މި އަހަރުގެ ޖުލައި މަހުގެ 5 އިން 7 އަށް ނެޝެނަލް އާރޓް ގެލަރީގައި ބޭއްވި ވެކޭޝަން އެކްސްޕޯ ވަރަށް ކާމިޔާބު ކަމަށާއި އެ އެކްސްޕޯ އަށް 4،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އެކްސްޕޯ އިންތިޒާމްކުރި ހައިރައިޒް ކުންފުނިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގް މެނޭޖަރ މަރިޔަމް މާއިޝާ ވިދާޅުވީ މި އަހަރުގެ ވެކޭޝަން އެކްސްޕޯ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ އަށް ވެސް އެގްޒިބިޓަރުންގެ ފަރާތުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. 

މިއަހަރުގެ އެކްސްޕޯ ހުޅުވައިދެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދި ޔޫއެންޑީޕީގެ ރެޒިޑެންޓަލް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޮޑާއެވެ.

ވެކޭޝަން އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ނެގި ގްރޭންޑް ލަކީޑްރޯ އިން ހޮވުނު ފަރާތްތަކަށް ވަނީ ހައްޖު ކޯޕަރޭޝަނުން ދިން އުމްރާ ދަތުރު، އަލް މަނާސިކު ގްރޫޕުން ދިން އުމްރާ ދަތުރު، ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު، ރާއްޖެ އިން ބޭރަށް ޒިޔާރަތް ކުރުމަށް ބެންކޮކް އެއަރވޭސް، ސިންގަޕޯ އެއަރލައިންސް، ސްރީލަންކަން އެއަރލައިންސް އަދި އެއަރ އޭޝިއާ، ގަތަރު އަދި ސްކޫޓް އެއަރލައިނުން ހުށަހެޅި ޓިކެޓް، ބޫޓާން، މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައެވެ.

މި އަހަރުގެ އެކްސްޕޯ ފަށާފައި ވަނީ 24 އެގްޒިބިޓަރުންނާ އެއްކޮށެވެ. އޭގެ ތެރޭގައި މަޝްހޫރު ކުންފުނިތައް ކަމަށްވާ އެލައިޑް އިންޝުއަރެންސްއާ ދިރާގާއި ހައްޖު ކޯޕަރޭޝަންގެ އިތުރުން ބެންކޮކް ހޮސްޕިޓަލުން ވެސް ހިމެނެއެވެ.

ހައިރައިޒް ކުންފުނިން އިތުރަށް ބުނީ ވެކޭޝަން އެކްސްޕޯގެ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލުމަށް ފަހު އެ ކުންފުންޏާ މަޓާޓޯ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދީ އެކި ދާއިރާތައް އިސްތިހާރުކުރުމަށް އިއުލާނުކޮށްފައިވާ ބައިނަލްއަގުވާމީ އިވެންޓް "މޯލްޑިވްސް ޝޯކޭސް" މި ޖުލައި މަހުގެ 26 އާއި 27 ވަނަ ދުވަހު، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ތާޖު ސަމުދްރާ ހޮޓެލްގައި އޮންނާނެ ކަމަށެވެ. އަދި މި އިވެންޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވެސް ހުޅުވާލާފައިވާ ކަމަށާއި ޝައުގުވެރިވާ ވިޔަފާރިތަކާއި ފަރާތްތަކުން 7980088 ނަންބަރަށް ގުޅައި، ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމަށް ހައިރައިޒުން ވަނީ އެދިފައެވެ.

މިދިޔަ އަހަރުގެ ވެކޭޝަން އެކްސްޕޯ އަށް 4000 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް