20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ހޮހަޅައިގައި ތާށިވުން

ހޮހަޅައިގައި ބާކީ ތިބި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި

  • ކުދިން ހޮހަޅައިގައި ތާށިވީ ޖޫން މަހުގެ 23 ވަނަ ދުވަހު
  • ފެނިފައި ވަނީ ހޯދަމުން ދަނިކޮށް މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނަށް
  • އާދިއްތަ ދުވަހު 4 ކުދިން ސަލާމަތްކުރެވުނު
މިއުވާން މުހައްމަދު | Miuvaan

| 9 ޖުލައި 2018 | ހޯމަ 17:17 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ހޮހަޅައިގައި ތާށިވެފައި ތިބި ކުދިންގެ ތެރެއިން ސަލާމަތްކުރި އެއް ކުއްޖަކު ހޮސްޕިޓަލަށް ގެންދަން ހެލިކޮޕްޓަރަށް އަރުވަނީ -- ރޮއިޓަރސް

ތައިލެންޑްގެ އުތުރުގައި އޮންނަ ޗިއަންގްރާއީ ސްޓޭޓްގެ ހޮހަޅައެއްގައި ތާށިވި 12 ކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތްކުރުމުގެ މަސައްކަތް އަނެއްކާ ވެސް ފަށައިފިއެވެ.

އާދިއްތަ ދުވަހު އޭގެ ތެރެއިން ހަތަރު ކުއްޖަކު ހޮހަޅައިން ނެރެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޯމަ ދުވަހު ރާއްޖެއަށް އިރު އޮއްސުމާ ގާތްވިއިރު ޖުމްލަ އަށް ކުއްޖަކު ވަނީ ސަލާމަތްކޮށްފައެވެ. އާދިއްތަ ދުވަހު ކުދިން ސަލާމަތްކުރުމުގެ މަސައްކަތް މެދުކަނޑާލީ ހޮހަޅައިގެ ތެރޭގައި ބާކީ ތިބި ކުދިންނަށް ބޭނުންވާ އޮކްސިޖަން ސަޕްލައިކޮށްދިނުމަށެވެ. 

ހޮހަޅައިގައި ތާށިވެފައި ތިބޭތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާ މިކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި އެކުދިން ހޮހަޅައިން ނެރެނީ ވައިފުޅި އަޅައިގެން ފީނައިގެންނެވެ. ކޮންމެ ކުއްޖަކު ނެރޭއިރު އެކުއްޖާގެ ކުރީގައި އަދި ފަހަތުގައި ޑައިވަރަކު އޮންނަ އިރު، އެކުދިން ކުރިއަށް ދަނީ ކުރީގައި އޮންނަ ޑައިވަރާއި އެކުދިންނާއި ގުޅާފައިވާ ވާފަށުގެ އެހީގައެވެ. އަދި އެކުދިންގެ ވައި ފުޅި އުފުލަނީ ކުރީގައި އޮންނަ ޑައިވަރެވެ. މީގެ ތެރެއިން ގިނަ ކުދިންނަށް ފަތަން ވެސް ނޭނގޭ އިރު ހޮހަޅަތެރޭގައި ހުރި ހަނި ދޭތެރެދޭތެރެއިން އެކުދިން ނެރުމަކީ ނުރައްކާތެރި އަދި ގިނަ ވަގުތު ހޭދަވާ މަސައްކަތެކެވެ. ގާތްގަނޑަކަށް ހަތަރު ކިލޯ މީޓަރު އަޑީގައި ތިބި އެ ކުދިން ނެރުމުގެ މަސައްކަތްކުރުމުގެ ކުރިން އެ ކުދިންނަށް ފީނުމުގެ ޓްރެއިނިންތަކެއް ވެސް ދީފައި ވެއެވެ. 

ހޮހަޅައިގެ ތެރޭގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެކުދިންނަށް އޮކްސިޖަން ސަޕްލައިކޮށްދެމުންދިޔަ ތައިލެންޑްގެ ކަނޑުގެ ސިފައިންގެ ޚާއްސަ ލަޝްކަރުގައި ކުރިން މަސައްކަތްކުރި ޑައިވަރަކު ވަނީ މަރު ވެސް ވެފައެވެ. 

ހޮހަޅައިން ނެރޭ ކުދިން އެސަރަހައްދުގައި ޤާއިމްކޮށްފައިވާ ވަގުތީ ކްލިނިކެއްގައި ޑޮކްޓަރުން ބެލުމަށް ފަހު އެމްބިއުލާންސް އާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ގެންދަނީ ޗިއަންގްރާއީގެ މައި ހޮސްޕިޓަލަށެވެ. 

އާދިއްތަ ދުވަހު ހޮސްޕިޓަލަށް ގެންދެވުނު 4 ކުދިން ވެސް ތިބީ ވަރަށް ބޮޑަށް ބަނޑުހައި ވެފައި ކަމަށާއި، އެކުދިންގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށް އޮފިޝަލުން ހާމަކުރެއެވެ. އަދި މިވަގުތު އެކުދިންގެ ފަރާތުން އިންފެކްޝަނެއް ފެތުރިދާނެ ކަމަށް ބަލައި، އެކުދިން ތިބީ އާއިލާތަކާ އެކަހެރިކޮށް ހޮސްޕިޓަލުގައި ބައިތިއްބާފައެވެ. 

ވައިލްޑް ބޯއަރސް ނަމަކަށް ކުޔާ ފުޓުބޯޅަ ޓީމަކަށް ކުޅޭ މިކުދިންނާއި އެކުދިންގެ ކޯޗު ހޮހަޅައިގައި ތާށިވީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ހޮހަޅަތެރޭގައި ހައިކްކުރަނިކޮށް، ކުއްލިއަކަށް ބޯކޮށް ވާރޭވެހި ހޮހަޅަ ތެރޭގައި ފެން ބޮޑުވުމާ ގުޅިގެންނެވެ. އަދި ހޮހަޅަތެރޭގައި ބޮޑު ބައެއްގައި ފެން ބޮޑުވެފައިވަނިކޮށް އެކުދިން ސަލާމަތްވީ ހިކިފަސްކޮށް އޮތް ކުޑަ ތަންކޮޅަކަށް އަރައިގެންނެވެ. އެކުދިންނަކީ އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އަދި ކޯޗަކީ 25 އަހަރުގެ ޒުވާނެކެވެ. އެކުދިން ގެއްލުނުކަން އެނގުމާ އެކު ގިނަ އަދަދެއްގެ ޑައިވަރުން ދުނިޔޭގެ އެކިކަންކޮޅުތަކުން ގޮސް، އެކުދިން ފެނޭތޯ މަސައްކަތް ފެށިއެވެ. އަދި އެކުދިން ފެނިފައިވަނީ ނުވަ ދުވަސް ފަހުން މިދިޔަ ހަފްތާގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ ޑައިވަރުންނަށެވެ. 

ހޮހަޅައިގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި ތައިލެންޑަށް ނިސްބަތްވާ 40 ޑައިވަރުންނާއި އެެހެން ޤައުމުތަކަށް ނިސްބަތްވާ 50 ޑައިވަރުންނާ އެކު ޖުމްލަ 90 ޑައިވަރުން ބައިވެރިވެއެވެ. އަދި އެ މީހުންނަށް ބޭނުންވާ އެކި ކަންކަމުގައި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވޮލެންޓިއަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް