19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

އިސްލާމިކް މިނިސްޓްރީ

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ގުރުއާން ކިޔެވުމުން އިހަވަންދޫ މިސްކިތުގެ އިމާމް ސަސްޕެންޑްކޮށްފި

  • ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ލިބޭ ގޮތަށް
  • ހާޒިރީގައި ސޮއިކުރުމަށް ވެސް އޭނާއަށް ވަނީ އަންގާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 9 ޖުލައި 2018 | ހޯމަ 16:11 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


އިހަވަންދޫ މިސްކިތް -- ީއިހަވަންދޫ.ކޮމް

ހއ. އިހަވަންދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި ކީރިތި ގުރުއާން ކިޔެވި ކަމަށް ބުނެ އެރަށު މިސްކިތުގެ އިމާމް ސަސްޕެންޑް ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ މުސްއަބް އަބުދުﷲ ސޮއިކޮށް އިހަވަންދޫ މިސްކިތުގެ މުދިމު އިބްރާހިމް ޔޫސުފްއަށް ފޮނުވާފައިވާ ސިޓީގައި ވަނީ އޭނާ ސިޔާސީ ހަރަކާތެއްގައި ބައިވެރިވިކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅިގެން އޭނާ އިސްލާމިކް މިނިސްޓްރީއަށް ހާޒިރުވުމަށް ދެ ފަހަރެއްގެ މަތިން އެންގުމުން ވެސް އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގެ 269 މާއްދާގެ (ހ) ގެ ދަށުން 30 ދުވަހުގެ މުއްދަތަކަށް މުސާރަ ލިބޭ ގޮތަށް އެއްވެސް މިސްކިތެއްގައި އޭނާއަށް އިމާމްވެ ނަމާދު ނުކުރެވޭ ގޮތަށް އެމިނިސްޓްރީ އިން ނިންމާފައިވާ ކަމަށް މި ސިޓީގައި ވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހަމަޖެހިފައިވާ ގަޑިތަކުގައި ހާޒިރީގައި ސޮއިކުރުމަށް ވެސް އޭނާއަށް ވަނީ އަންގާފައެވެ.

 

އިހަވަންދޫ މިސްކިތުގެ އިމާމަށް އިސްލާމިކް މިނިސްޓްރީ އިން ފޮނުވި ސިޓީ 

މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެރަށުގެ އިމާމާ ސުވާލުކުރުމަށް އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީއިން އެދުނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެރަށުގައި ބޭއްވި ޖަލްސާއެއްގައި އޭނާ ކީރިތި ގުރުއާން ކިޔެވުމާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް ކީރިތި ގުރުއާން ކިޔެވުމަކީ އެއްވެސް ގާނޫނެއްގެ ދަށުން ކުށަކަށް ނުވާތީ އެކަމަށް ޖަވާބުދާރީވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ބުނި ކަމަށް ރަޝީދު ވިދާޅުވިއެވެ.

ޖަލްސާއެއްގައި ގުރުއާން ކިޔަވައިގެން އިމާމަކު އެކަހެރިކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާރު އާދިއްތަ ދުވަހު ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ތާއިދުކޮށް ޕީޕީއެމުން އިންތިޒާމުކޮށްގެން ބޭއްވި އިލްމުވެރިންތަކެއްގެ ނޫސް ކޮންފަރެންސްގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ވަނީ ވެރިކަން ކުރާ ޕާޓީއަށް ތާއިދުކޮށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައެވެ.

އިމާމަކު ސަސްޕެންޑް ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާއިރު އިސްލާމީ މަރުކަޒުގެ އިމާމުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅަކު ވެސް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓް ދެއްވުމަށް އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގޮވާލައްވާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތިމަންނަ

9 މަސް ކުރިން

މުސްތަގުބަލްގެ " ބޮޑުވަޒީރަށް ... " ހަވް އިޒް ދަޓް " ؟

0
0