18 ޖުލައި 2018 | ބުދަ | 04 ފުސް
05 ޛުލްޤަޢިދާ 1439
ފަތިސް 04:43
އިރުއަރާ 06:01
މެންދުރު 12:16
އަސްރު 15:38
މަޣްރިބް 18:24
އިޝާ 19:41

ޓްރާންސްފާ މާކެޓް

އެއް ސީޒަނަށް ފަހު ޕައުލީނިއޯ އަލުން އެނބުރި ޗައިނާއަށް

  • އޭނާ ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 9 ޖުލައި 2018 | ހޯމަ 12:42 | |

މަގުބޫލް

  1. ރައީސް ޔާމީނާ މެދު ދުވަހަކު ވެސް ހިތްހެވެއް ނުވާނެ، އެދެނީ އިބޫ އިންތިހާބު ކާމިޔާބު ކުރުމަށް: އަބްދުﷲ ސައީދުގެ ބައްޕަ
  2. ލީޑަރުން މިނިވަން ކުރާނެ ކަމަށް އިބޫ ވިދާޅުވުމުން، ރައީސް ޔާމީން ކޯފާ އިސްކުރައްވައިފި
  3. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  4. ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ފެށުމުން އިނގިރޭސީން މަރުހަބާ ކިޔައިފި
  5. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  6. ވަން އެންޑް އޮންލީ ރީތި ރަށުގައި އެކަނި ވެސް 400 މީހުން ވޯޓުލާނެ، އެރަށުގައި ވެސް ވޯޓު ފޮއްޓެއް ނެތް!
  7. ރިރަޖިސްޓްރީ ވާނެ ތަންތަން އިއުލާނުކޮށްފި
  8. ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖޭގެ ބާޒާރުގައި އެބަހުރި: އެފްޑީއޭ


ޕައުލީނިއޯ ގުއަންޒޫ އެވަގްރާންޑޭގެ ޖާޒީގައި -- ގެޓީ އިމޭޖާސް

ސްޕެއިންގެ ބާސެލޯނާގައި އެއް ސީޒަން ހޭދަކުރުމަށް ފަހު އެޓީމަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯ އަލުން އެނބުރި އޭނާގެ ކުރީގެ ކްލަބް ކަމަށްވާ ގުއަންޒޫ އެވަގްރާންޑޭއަށް ބަދަލުވެއްޖެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 40 މިލިއަން ޕައުންޑަށް ބާސާއަށް ބަދަލުވި ޕައުލީނިއޯ އަލުން އެނބުރި ގުއަންޒޫ އެވަގްރާންޑޭއަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ހަމައެހެންމެ އެއް އަހަރަށް ފަހު 50 މިލިއަން ޕައުންޑްގެ ފީއެއް ދެއްކުމާއެކު އޭނާއަކީ ގުއަންގްޒޫގެ ދާއިމީ ކުޅުންތެރިޔަކަށް ވެގެންދާނެއެވެ. އޭނާގެ މުސާރައެއްގެ ގޮތުގައި އެޓީމުން ކަނޑައަޅާފައިވަނީ 14 މިލިއަން ޔޫރޯއެވެ. ޕައުލީނިއޯ މިދިޔަ އަހަރު ބާސާއާއެކު ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. 

ބާސެލޯނާ އަދި ގުއަންޒޫ އެވަގްރާންޑޭއިން ވެސް ވަނީ ޕައުލީނިއޯ ޗައިނާއަށް އެނބުރި ދިޔަކަން ކަށަވަރު ކޮށްދީފައެވެ. މިދިޔަ އަހަރު ޗައިނާގައި ކުޅެމުންދިޔަ ޕައުލީނިއޯ ބާސާއަށް ގެންދިޔުމާއެކު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ގިނަ ބަޔަކު ބުނަމުންދިޔައީ އޭނާއަކީ ބާސާ ފެންވަރުގެ ކުޅުންތެރިޔެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އޭނާ ވަނީ ބާސާގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ހުރިހާ މުބާރާތެއްގައި އޭނާ ބާސާއަށް 49 މެޗު ކުޅެދީފައިވާއިރު އެމެޗުތަކުގައި އޭނާ ބާސާއަށް ނުވަ ލަނޑު ޖަހައިދިނެވެ. 

ބެލެވޭ ގޮތުގައި ބާސާއިން ޕައުލީނިއޯ ފޮނުވާލީ ޔޫރަޕަށް ނިސްބަތްނުވާ އެހެން ކުޅުންތެރިޔަކު އެޓީމަށް ގެނައުމަށެވެ. ޔުއެފާގެ ގަވާއިދުތައް ބުނާ ގޮތުން ޓީމެއްގައި ހިމެނެނީ ޔޫރަޕުގެ ޕާސްޕޯޓް ނުހިމެނޭ ތިން ކުޅުންތެރިޔެކެވެ. އެހެންކަމުން ޕައުލީނިއޯ ދިޔުމާއެކު ބާސާއަށް އަލަށް ގެނައުމަށް ނިންމާފައިވަ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު އަރުތުރު އެޓީމަށް ގެނައުމަށް މަގުފަހި ވެގެންދާނެއެވެ. 

ޕައުލީނިއޯ ވަނީ މިދިޔަ ސީޒަނުގައި ބާސާއެކު ސްޕެނިޝް ލަލީގާ އަދި ސްޕެނިޝް ކޮޕާ ޑެލްރޭ ކާމިޔާބު ކޮށްފައެވެ. 

ޕައުލީނިއޯ އަކީ މީގެކުރިން ބްރެޒިލްގެ ކޮރިންތިއަންސް އަދި އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާސްއަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ބްރެޒިލްގެ ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޕައުލީނިއޯ ޗައިނާއަށް އެންމެ ފުރަތަމަ ބަދަލުވީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެތޭގައެވެ. ޓޮޓެންހަމް ދޫކޮށް އޭނާ އެ ޓީމަށް ބަދަލުވެފައިވަނީ 14 މިލިޔަން ޔޫރޯއަށެވެ. އެޓީމާއެކު ޕައުލީނިއޯ ޗައިނާގެ ލީގު ދެ ފަހަރު ކާމިޔާބުކުރިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް