19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ކައިލީ ޖެނަރ

ދަރިފުޅުގެ ތުންފަތް އޭނާގެ 'އަސްލު' ތުންފަތާ ވައްތަރު ވެދާނެތީ ބިރުގަތް ކަމަށް ކައިލީ ޖެނަރ ބުނެފި

  • ކައިލީ ވިހާފައިވަނީ 1 ފެބްރުއަރީގައި
  • ކުޑަ އިރުއްސުރެ އޭނާގެ ތުންފަތާ މެދު އުނދަގޫތަކެއްވި ކަން ކައިލީ ވަނީ ހާމަކޮށްފައި
  • ކައިލީ ވަނީ ވަރަށް ޅަ އިރު ތުންފަތް "ބޮޑު"ކޮށްފައި ނުވަަތަ ލިޕް ފިލަރސް އިންޖެކްޓްކޮށްފައި
އައިޝަތު ޝާނީ | Shaaknee

| 9 ޖުލައި 2018 | ހޯމަ 10:49 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ކައިލީ ޖެނަރއާއި ދަރިފުޅު ސްޓޯމީ ވެބްސްޓަރ -- އިންސްޓަގްރާމް

މި އަހަރުގެ ފެބްރުއަރީ މަހު އޭނާގެ ފުރަތަމަ ދަރިފުޅަށް މަރުހަބާކީ އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނަރ ބުނީ ދަރިފުޅުގެ ތުންފަތް އޭނާގެ 'އަސްލު' ތުންފަތާ ވައްތަރުވެދާނެތީ ހާސްވި ކަމަށެވެ.

ކައިލީ މިހެން ބުނެފައިވަނީ އޭނާގެ ބެސްޓްފްރެންޑް ޖޯޑިން ވުޑްސްއާއެކު ހުކުރު ދުވަހު ޔޫޓިއުބްއަށް އަޕްލޯޑްކޮށްފައިވާ "ކިއު އެންޑް އޭ" ވީޑިއޯއެއްގައެވެ.

ދަރިފުޅު ސްޓޯމީގެ ވާހަކަ ދައްކަމުން ކައިލީ ބުނީ ދަރިފުޅަށް "އަހަރެންގެ ލޯ ލިބޭތޯ ވަރަށް ދުއާ ކުރިން"ކަމަށެވެ. އަދި ސްޓޯމީއަށް އޭނާގެ ލޮލުގެ އިތުރުން ކަންފަތާއި، ނޭފަތާއި ނިތްކުރި ލިބިފައިވާ ކަމަށް ކައިލީ މި ވީޑިއޯގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ދަރިފުޅުގެ ތުންފަތް އޭނާގެ "އަސްލު" ތުންފަތާ ވައްތަރުވެދާނެ ކަމަށް ވަރަށް ކަންބޮޑުވިކަން ވެސް އޭނާ ހާމަ ކުރިއެވެ.

ކައިލީ ކުޑަ އިރުއްސުރެ އޭނާގެ ތުންފަތާ މެދު އުނދަގޫތަކެއްވި ކަން އޭނާ ހާމަކޮށްފައިވެއެވެ. 2013 ވަނަ އަހަރުން ފަށައިގެން އޭނާ ތުންފަތް ހެދި، ނުވަތަ ލިޕް ފިލަރސް އިންޖެކްޓް ކުރި ކަމުގެ ހަބަރުތައް ފެތުރެން ފެށިއެވެ. އެ ހަބަރުތައް ދޮގު ކުރަމުން ދިޔަ ކައިލީ އެކަމަށް ފުރަތަމަ އެއްބަސްވީ 2015 ވަނަ އަހަރެވެ. އޭރު ކައިލީއަށް އެންމެ 18 އަހަރު ވުމުން، އޭނާގެ މަންމަ ކްރިސް ޖެނަރއަށް ގިނަ ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފައެވެ.

"ސްޓޯމީއަށް ލިބިފައިވަނީ މުޅި ދުނިޔޭގެ ވެސް އެންމެ ފުރިހަމަ ތުންފަތް. އެއީ އަހަރެންގެ ފަރާތަކުނެއް ނޫން. އެކަމަށް (ސްޓޯމީގެ) ބައްޕައަށް ޝުކުރު އަދާ ކުރަން ޖެހޭނީ،" ކައިލީ ކިޔައިދިނެވެ.

ކައިލީއާއި ލޯބިވެރިޔާ ޓްރެވިސް ސްކޮޓް ރަށްޓެހިވެފައިވަނީ 2017 ވަނަ އަހަރެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު މަހު ކައިލީ ބަލިވެއިން ކަމުގެ ރިޕޯޓްތައް ފެތުރެން ފެށިއެވެ. މިއިން އެއްވެސް ރިޕޯޓެއް އެ މީހުން ކަށަވަރުކޮށްދީފައި ނުވާއިރު، އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައިވަނީ ސްޓޯމީ ވިހެއުމަށް ފަހުއެވެ. އަދި ކައިލީ މަންމައަކަށްވިކަން ހާމަ ކުރަން ފުރަތަމަ ރިލީޒް ކުރީ ވީޑިއޯއެކެވެ. 1 ފެބްރުއަރީގައި ސްޓޯމީ ވިހާފައިވާ އިރު، އޭގެ ތިން ދުވަސް ފަހުން ނެރުނު މި ވީޑިއޯގައި ކައިލީ ބަލިވެއިން ދުވަސްތަކުން ފަށައިގެން ސްޓޯމީ ވިހެއުމާ ހަމައަށް މަންޒަރުތައް ފެނެއެވެ.

ކައިލީއާއި އޭނާގެ އާއިލާގެ ރިއަލިޓީ ޝޯވ "ކީޕިންތ އަޕް ވިތު ދަ ކާޑޭޝިއަންސް"ހެ ސީޒަން 15 އަންނަ މަހު ފަށާއިރު، މި ސީޒަންގައި ކައިލީ ބަލިވެ އިން އިރު ފެންނާނެކަމަށް ރިޕޯޓްތަކުން ބުނެއެވެ. މި ޝޯވ 2007 ވަނަ އަހަރު ފަށާފައިވާ އިރު، އޭރު ކައިލީގެ އުމުރުން އެންމެ 10 އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް