10 ޑިސެންބަރު 2018 | ހޯމަ | 02 މުލަ
03 ރަބީޢުލްއާޚިރު 1440
އިޝާ 19:14
މަޣްރިބް 17:57
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:43

ޖަޕާނަށް ކުރަމުންދާ ވިއްސާރަ

ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

  • އެންމެ ގިނަ މީހުން މަރުވެފައިވަނީ ހިރޯޝިމާ ޕްރިފެކްޗަރއިން
  • 50 އަށްވުރެ ގިނަ މީހުންވަނީ ގެއްލިފައި
އަބުދުﷲ މުހައްމަދު | 8Abbo

| 9 ޖުލައި 2018 | ހޯމަ 09:38 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެތައްހާސް ފުލުހުންނަކާއި ފަޔަރފައިޓަރުން އަދި ސިފައިން ބައިވެރިވަމުންދޭ -- އޭއެފްޕީ

ޖަޕާނުގެ ހުޅަނަގުގެ ސަރަހައްދުތަކަށް ރެކޯޑް މިންވަރަކަށް ވާރޭވެހި ފެންބޮޑުވެ ބިންގަޑުކަނޑައިގެންދިއުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު މަދުވެގެން 100 އަށް އަރާ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ޖަޕާން ޓައިމްސް ރިޕޯޓްކޮށްފައިވާ ގޮތުގައި 50 އަށްވުރެ ގިނަ މީހުންވަނީ ގެއްލިފައެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކަށް ވާރޭ ވެހިފައިވާ މިންވަރަކީ އާއްމުކޮށް މުޅި ޖުލައި މަހު ވެހޭ މިންވަރުގެ ތިންގުނައެވެ.

ކޯރުތައް ބަންޑުން ވެދާނެކަމުގެ ބިރާއިއެކު ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް އެންގިފައެވެ.

" މީގެ ކުރިން މިފަދަ ވިއްސާރައެއް އަޅުގަނޑުމެން ތަޖުރިބބާއެއް ނުކުރަން" މޫސުމާއި ބެހޭ އޮފިޝަލަކު ވިދާޅުވިއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ވަނީ ކިސަޑުގެ ތެރެއިން ދިރި ހުރި މީހަކު ފެނޭތޯ އަދި ހޯމަ ދުވަހުގެ ހެނދުނު މަރުވި މީހުން ހަށިތައް ހޯދުމުގެ މަސައްކަތް އަލުންފަށާފައެވެ.

އޮކަޔާމާ ޕްރިފެކްޗަރގެ އޮފިޝަލަކު އޭއެފްޕީގައި ނޫސް އޭޖެންސީއަށް ވިދާޅުވީ ފެންގަނޑު މަޑުމަޑުން ހިނދެމުންދާ ކަމަށާއި އެންމެ ބޮޑަށް އަސަރު ކުރި ސަރަހައްދުތަކަށް ކުއްލި ހާލަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފައިމަގުގައި ވަދެވޭނެ ކަމަށް ބެލެވޭކަމަށެވެ.

އެންމެ ގިނަ މީހުން މަރުވެފައިވަނީ ހިރޯޝިމާ ޕްރިފެކްޗަރއިންނެވެ.

ވެރިރަށް ޓޯކިޔޯގެ ހުޅަނގުން 600 ކިލޯމީޓަރު ދުރުމިނުގައި އޮންނަ މޮޓޮޔާމާ ޓައުންއަށް ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ހޮނިހިރު ދުވަހުގެ ހެނެދުނާއި ހަމައަށް 583 މިލިމީޓަރގެ ވާރޭވެހިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް