24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ސަރުކާރަށް ފައިސާހޯދުން

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

  • ކަރަޕްޝަނުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާތައް ހޯދުމުގެ މަސައްކަތް 2016 ވަނަ އަހަރު ފައްޓަވާނަން- ރައީސް ޔާމިން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟


ފިނޭންސް މިނިސްޓްރީ -- މިހާރު

ސަރުކާރުގެ ފައިސާއަށް އެކި ގޮތްގޮތުން ހިޔާނަތްތެރިވެފައިވާ މީހުން ގޮތުގައި އޮޑިޓް ރިޕޯޓުތަކުންނާއި އޭސީސީގެ ތަހުގީގުތަކުން ފާހަގަވެފައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގައި، އެފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހްމަދު އައިމަން ވިދާޅުވީ، ފާއިތުވެދިޔަ ސަރުކާރުތަކުން ދައުލަތުގެ މާލިއްޔާ އިން މަދުވެފައިވާ ފައިސާ ހޯދުމަށް، ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ފައިސާ އަތިލަންޖެހޭ ފަރާތްތަކާ ގުޅިގެން ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ފަދަ ފަރާތްތަކާ އެކު ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގާ އެފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށް އައިމަން ވިދާޅުވި އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އެގޮތުން މިހާތަނަށް ފައިސާ ބަޔަކު ދައްކާފައިވާކަން ނުވަތަ ނުވާކަން ވެސް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

މިދިއަ 2016 ވަނަ އަހަރުގެ  ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެފައިވަނީ، ކަރަޕްޝަނުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާތައް ހޯދުމުގެ މަސައްކަތް އެ އަހަރު ފައްޓަވާނެ ކަމަށެވެ.

ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގެއްލިފައިވާ ފައިސާގެ މައުލޫމާތު އޭސީސީ އާއި އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓްތަކުން ފެންނަން އެބަހުރި ކަމަށާއި ދައުލަތުގެ މުދަލަށާއި ފައިސާއަށް އިހުމާލުވެފައިވާ ފަރާތްތަކާއި، ހިޔާނާތްތެރިވެފައިވާ ފަރާތްތަކާ ގުޅިގެން ފައިސާ ހޯދުމުގެ މަސައްކަތް ބަންޑާރަ ނައިބު މިއަހަރު ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

 

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓު މަހު ވަނީ ކުރީގެ ރައީސް ނަޝީދާ އެމްޑީޕީގެ ސަރުކާރަށް ނިސްބަތްވާ އިސްވެރިންގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތް ފެށިކަން އިއުލާނުކޮށްފަ އެވެ.


ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ އިރު  މިސަރުކާރުގެ ވެރިކަމުގައި އެމްއެމްޕީއާރްސީގެ ތެރެއިން ހިންގާފައިވާ ޚިޔާނާތުގެ އަމަލުތަކުގެ ސަބަބުން ދައުލަތަށް އެއް ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ވަނީ ގެއްލިފަ އެވެ. މިކަމާ ގުޅޭ ތަހުގީގު އޭސީސީން ހިންގަމުންދާ އިރު އަދިވެސް މިކަމުގެ ރިޕޯޓް އާއްމުކޮށްފަ އެއް ނުވެ އެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ބައެއް މައްސަލަތަކާ ގުޅިގެން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިއަތާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުވާކޮށް ޖަލު ހުކުމްތަކެއް ވަނީ ކޮށްފަ އެވެ.

މީގެ އިތުރުން މި ސަރުކާރުގެ ކުންފުނިތަކާ ގުޅޭ ކޮރަޕްޝަނުގެ ބައެއް މައްސަލަތަކެއްވެސް  މިވީ ދުވަސްތަކުގާ ފެންމަތިވެފަވާކަން ފާހަގަކޮށްލެވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް