20 ފެބުރުއަރީ 2019 | ބުދަ | 08 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޖަސްޓިން ބީބަރ

ޖަސްޓިން ބީބަރ ހެއިލީ ބޯލްޑްވިންއާ ކައިވެނި ކުރަނީ!

  • 24 އަހަރުގެ ޖަސްޓިންއާ ހެއިލީ، 21، އެންގޭޖް ވެއްޖެކަން ސީއެންއެންއާ އީއިން ވަނީ ކަށަވަރު ކޮށްދީފައި
  • މި ދެމީހުން ފުރަތަމަ ރަށްޓެހިވެފައިވަނީ 2016 ވަނަ އަހަރު، އަނެއްކާވެސް އެކުގައި ފެންނަން ފެށީ މި އަހަރު
  • ޖަސްޓިންއާ ކުރީގެ ލޯބިވެރިޔާ ސެލީނާ ގޮމޭޒްއާ 2017 ވަނަ އަހަރު ރުޅިވެފައިވަނީ ހެއިލީގެ ސަބަބުންކަމަށް އޭރު އަޑުތައް ފެތުރުނު
އައިޝަތު ޝާނީ | Shaaknee

| 9 ޖުލައި 2018 | ހޯމަ 08:52 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ޖަސްޓިން ބީބަރއާއި ހެއިލީ ބޯލްޑްވިން -- ގޫގުލް

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބަރއާއި ލޯބިވެރިޔާ، މަޝްހޫެރު މޮޑެލް ހެއިލީ ބޯލްޑްވިން އެންގޭޖް ވެއްޖެކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

ސީއެންއެން އިން ރިޕޯޓް ކުރާ ގޮތުގައި 24 އަހަރުގެ ޖަސްޓިންއާ ހެއިލީ، 21، އެންގޭޖް ވެފައިވަނީ ނިމިގެން ދިޔަ ހަފްތާ ބަންދުގައި ބަހާމަސް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔައިރުއެވެ. އަދި އެކަން އެ ނޫހަށް ކަށަވަރު ކޮށްދީފައިވަނީ ޖަސްޓިންއާ "ވަރަށް ގާތް" ފަރާތެއް ކަމަށް ސީއެންއެން ބުނެފައިވެއެެވެ.

މި ދެމީހުން ފުރަތަމަ ރަށްޓެހިވެފައި ވަނީ 2016 ވަނަ އަހަރެވެ. ޖަސްޓިންގެ ފުރަތަމަ ލޯބި، ސެލީނާ ގޮމޭޒްއާ ވަކިވުމަށް ފަހު ރަށްޓެހިވި މި ދެ މީހުން ހަމަ އެ އަހަރު ވަނީ ރުޅިވެފައެވެ.

ޖަސްޓިން ބީބަރއާއި ހެއިލީ ބޯލްޑްވިން 2016ގައި

އަނެއްކާ ވެސް 2017 ވަނަ އަހަރު ޖަސްޓިންއާ ސެލީނާ އެކުގައި އުޅެފައިވާ އިރު، އެ ދެމީހުން އެ ފަހަރު ރުޅިވާން ޖެހުނީ ހެއިލީގެ ސަބަބުން ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

ކަމާގުޅުން ހުރި އެއްވެސް ފަރާތެއް އެއްޗެކޭ ބުނެފައި ނުވީ ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ ޖަސްޓިންއާ ހެއިލީ އެކީގައި ފެންނަން ފެށިއެވެ. އެކުގައި ގިނަ ވަގުތުތައް ދެ މީހުން ހޭދަ ކުރަމުންދާ އިރު، ގުޅުން އެއްވެސް ވަރަކަށް ސިއްރު ކުރަން ދެ މީހުން ވެސް ނޫޅޭކަން ފާހަގަ ކުރެވެއެވެ.

ސީއެންއެންއާ އީއިން ދެ މީހުންގެ އެންގޭޖްމަންޓް ކަށަވަރު ކޮށްދީފައިވާ އިރު، ޖަސްޓިންގެ މައިންބަފައިން ވެސް އުފާ ފާޅު ކުރަމުންދާ ހެން ހީވެއެވެ.

އެ ގޮތުން އޭނާގެ މަަންމަ ޕެޓީ މަލެޓް "ލަވް، ލަވް، ލަވް، ލަވް، ލަވް، ލަވް، ލަވް" ޖަހާފައި އާދިއްތަ ދުވަހު ޓްވީޓްކޮށްފައިވާ އިރު، ބައްޕަ ޖެރަމީ ބުނީ ޖަސްޓިންއާ މެދު ވަރަށް ފަހުރުވެރިވާ ކަމަށާއި ދަރިފުޅުގެ ހަޔާތުގެ "އަނެއް ޗެޕްޓަރ"އަށް ކެތްމަދުވެފައިވާ ކަމަށެވެ.

ހެއިލީގެ ބައްޕައަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަދި ޕްރޮޑިއުސަރ ސްޓެފަން ބޯލްޑްވިންއެވެ. އޭނާވެސް ދަރިފުޅާ ޖަސްޓިންގެ ގުޅުމާ ގުޅިގެން ޓްވީޓްތަކެއް ކޮށްފައިވާ ކަމަށް ރިޕޯޓްތަކުގައިވީ ނަމަވެސް އެފަދަ ޓްވީޓެއް މިހާރު ފެންނާކަށް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް