16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފީފާ ވާރލްޑް ކަޕް 2018

މިއީ ކެރިއަރުގައި ދިމާވި އެންމެ ހިތްދަތި ދަނޑިވަޅު: ނޭމާ

  • ކުއާޓާގައި ބްރެޒިލް ވަނީ ބެލްޖިއަމް އަތުން 2-1 އިން ބަލިވެ މުބާރާތުން ކަޓާފައި
  • މިއަހަރުގެ ވާރލްޑް ކަޕްގައި ނޭމާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 8 ޖުލައި 2018 | އާދީއްތަ 21:10 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ބްރެޒިލް މުބާރާތުން ކެޓުމާއެކު ނޭމާ -- ގެޓީ އިމޭޖާސް

މިއަހަރުގެ ވާރލްޑް ކަޕްއިން ބްރެޒިލް ކެޓުމަކީ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި ވަގުތު ކަމަށް އެގައުމުގެ ތަރި ނޭމާ ބުނެފިއެވެ.

ސްވިޓްޒަލޭންޑާއި ސާބިއާ އަދި ސްވިޓްޒަލޭންޑް ހިމެނުނު ގްރޫޕްގެ އެއްވަނަ ބްރެޒިލް ހޯދިއިރު ކުއާޓާގެ ޖާގައެއް ބްރެޒިލް ހޯދީ މެކްސިކޯ ބަލިކުރުމަށް ފަހުއެވެ. އެހެން ނަމަވެސް ކުއާޓާގައި ބްރެޒިލް ވަނީ ބެލްޖިއަމް އަތުން 2-1 އިން ބަލިވެ މުބާރާތުން ކަޓާފައެވެ. މިދިޔަ ފެބްރުއަރީ މަހު ލިބުނު އަނިޔާއެއްގެ ސަބަބުން ނޭމާއަށް ވާރލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ވަނީ ވާރލްޑް ކަޕަށް ފިޓުވެ ބްރެޒިލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ހުރިހާ މެޗެއްގައި ކުޅެފައެވެ. އުމުރުން 26 އަހަރުގެ ނޭމާއަށް މި ވާރލްޑް ކަޕްގައި މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު އޭނާގެ ފަރާތުން ދަނޑުމަތީގައި ފެނުނު އެކްޓިންއަށް ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ. 

ވާރލްޑް ކަޕްއިން ކެޓުމާއެކު ނޭމާގެ އިންސްޓަގްރަމްގައި އޭނާ ލިޔެފައިވަނީ މިއީ އޭނާގެ ކެރިއަރުގައި ދިމާވި އެންމެ ހިތްދަތި ދަނޑިވަޅު ކަމަށެވެ. އޭނާ ބުނީ މިއަހަރު އޮތް ބްރެޒިލްގެ ޓީމަކީ ވަރަށް ހުނަރުވެރި ޓީމެއް ކަމަށާއި ވާރލްޑް ކަޕް ކާމިޔާބުކޮށް ތާރީހުން ޖާގަ ހޯދުމުގެ ހުރިހާ ފުރުސަތެއް ޓީމަށް އޮއްވައި މުބާރާތުން ކެޓުމުން ގަބޫލުކުރަން ވެސް ދަތިިވި ކަމަށެވެ. އޭނާ ބުނީ މިއީ ބްރެޒިލްގެ ފަހަރެއް ނޫންކަން ގަބޫލުކުރާ ކަމަށާއި އަލުން އަނެއްކާ ވެސް ފުޓްބޯޅަ ކުޅެން ހިތްވަރު ހޯދަން ޖެހިފައިވާ ކަމަށެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންނާއި މެދު ވެސް ފަހުރުވެރިވާ ކަމަށާއި މިފަދަ ޓީމެއްގައި ހިމެނުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށް ނޭމާ ބުނެފައިވެއެވެ. 

އަމިއްލަ ގައުމުގައި ކުޅުނު 2014 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން ލަދުވެތި ގޮތަކަށް ބްރެޒިލް ބަލިވިއިރު އަނިޔާގެ ސަބަބުން ނޭމާ ކުޅެފައެއް ނުވެއެވެ. އެހެންކަމުން މިފަހަރުގެ ވާރލްޑް ކަޕްގައި އޭނާއާއެކު ބްރެޒިލް ވާރލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް ބެލެވުނެއެވެ. އެހެން ނަމަވެސް މިފަހަރު ބްރެޒިލްގެ ޓީމުން ނޭމާއަށް ވުރެ ބޮޑަށް ވިދާލީ ބާސެލޯނާގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯއެވެ. ބްރެޒިލްގެ ސްކޮޑްގައި ހިމެނުނު ހުރިހާ ކުޅުންތެރިން ވެސް ދެން މަސައްކަތް ފަށާނީ އަންނަ ފުޓްބޯޅަ ސީޒަނަށް ކްލަބްތަކާއެކު ތައްޔާރުވުމަށެވެ. 

ޕީއެސްޖީއާއެކު އައު ސީޒަނަށް ތައްޔާރުވުމަށް ނޭމާ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު އަންނަ ސީޒަނުގައި އޭނާ އެކްލަބްއިން ފެނިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމު ދޫކޮށްލުމަށް ނިންމާފައިވުމާއެކު އޭނާގެ ބަދަލުގައި ނޭމާ ހޯދުމަށް ރެއާލްއިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް