13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ފީފާ ވާރލްޑް ކަޕް 2018

ައޮޒިލްގެ ބައްޕަ ބޭނުންވަނީ އޭނާ ޖަރުމަނަށް ކުޅުން ހުއްޓާލަން

  • އޮޒިލްއަކީ އަބަދުވެސް ޖަރުމަނުގެ "ގުރުބާނީ ކަންބަޅި"
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 8 ޖުލައި 2018 | އާދީއްތަ 19:54 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


އޮޒިލް ޖަރުމަނުގެ ގައުމީ ޓީމުގެ ޖާޒީގައި -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްއިން ޖަރުމަނު ކެޓުމާއެކު މެސުޓް އޮޒިލްއަށް އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން އޭނާ އިތުރަށް ޖަރުމަނަށް ކުޅެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާގެ ބައްޕަ މުސްތަފާ އޮޒިލް ބުނެފިއެވެ.

މިއަހަރުގެ ވާރލްޑް ކަޕްގައި ޖަރުމަނު ހިމެނުނީ މެކްސިކޯ އަދި ދެކުނު ކޮރެއާގެ އިތުރުން ސްވިޑެންއާ އެއް ގްރޫޕެއްގައެވެ. ފެވަރިޓުންގެ ގޮތުގައި ވާރލްޑް ކަޕާއި ޖަރުމަނު ކުރިމަތިލި ނަމަވެސް އެޓީމު ވާރލްޑް ކަޕްއިން ކެޓީ ގްރޫޕް ފިޔަވަހިންނެވެ. އެހެން ޓީމުތަކާއި އަޅާ ބަލާއިރު ތަންކޮޅެއް ފެންވަރު ދަށް ޓީމުތަކުގެ ގޮތުގައި މީހުން ދެކުނު ޓީމުތަކާއި އެއް ގްރޫޕެއްގައި ޖަރުމަނު ހިމެނުނުއިރު ޖަރުމަނު އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހިން ޖަރުމަނު ކެޓުމާއެކު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް ކުޅުންތެރިޔަކީ އޮޒިލްއެވެ. ވާރލްޑް ކަޕް ފެށުމުގެ ކުރިން ވެސް ތުރުކީގެ ރައީސްއާއެކު އޮޒިލް ނަގާފައިވާ ފޮޓޯތަކެއް އާއްމުވުމާއި ގުޅިގެން އޭނާއަށް ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ޖަރުމަނުގެ ކުޅިވަރު މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި މުސްތަފާ އޮޒިލް ބުނީ އޭނާ އޮޒިލްގެ މަގާމުގައި ހުރި ނަމަ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށެވެ. އޭނާ ބުނީ އަމިއްލަ ގައުމުގެ ސަޕޯޓަރުން މެޗު ތެރެއިން އޮޒިލްއާ ދިމާކުރުމުން އޭނާ ހުރީ ވަރަށް ދެރަވެފައި ކަމަށާއި ސަޕޯޓަރުން އެގޮތަށް އަމަލުކުރީ ކީއްވެ ކަމެއް އެއްވެސް ވަރަކަށް އޮޒިލްއަށް ނޭނގޭ ކަމަށެވެ. ގައުމީ ޓީމަށް ނުވަ އަހަރު ކުޅެ ދުނިޔޭގެ ޗެމްޕިއަންކަން ގައުމީ ޓީމާއެކު އޭނާ ހޯދާފައިވާ ކަމަށާއި އެހެންކަމުން ކަމެއް ގޯސްކޮށްދާ ކޮންމެފަހަރަކު އޮޒިލް ގުރުބާން ވާން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ. 

ޖަރުމަނުގައި އޮންނަ ގޮތަކީ މޮޅުވަންޔާ މޮޅުވަނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށާއި އެހެން ނަމަވެސް ބަލިވެއްޖެނަމަ ބަލިވަނީ އަބަދުވެސް އޮޒިލްގެ ސަބަބުން ކަމަށް މީހުން ބުނާ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ. އޮޒިލްއަކީ އަބަދުވެސް ޖަރުމަނުގެ "ގުރުބާނީ ކަންބަޅި" ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ހުންނަ ހިތްހަމަނުޖެހުންތައް އެނގޭ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ. މިދިޔަ ފަސް އަހަރު ވެސް ނަމޫނާ ކުޅުންތެރިޔެއްގެ ގޮތުގައި އޮޒިލް ކުޅެފައިވާ ކަމަށާއި އޭނާއަކީ ޖަރުމަނު ދެކެ ލޯބިވާ މީހެއް ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ. އެހެންކަމުން އޭނާއާ މެދު އެގޮތަށް ކަންކަން ކުރެވިގެންދިޔުމަކީ އެއްވެސް ވަރަކަށް އިންސާފުގެ ތެރެއިން ހިނގާ ކަންކަން ނޫން ކަމަށް އޮޒިލްގެ ބައްޕަ ބުނެފައިވެއެވެ. 

ތުރުކީގެ ރައީސްއާއެކު އޮޒިލް ނެގި ފޮޓޯއަށް އިޝާރާތްކޮށް އޭނާގެ ބައްޕަ ބުނީ އެއީ ރަނގަޅު ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އެހެން ނަމަވެސް އެއީ ސިޔާސީކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ތުރުކީގެ ރައީސްއާއެކު އޭނާ ނެގި ފުރަތަމަ ފޮޓޯ ނޫން ކަމަށާއި ސިޔާސީ ކަމެއްގައި އޮޒިލް ބަސް ނުބުނާނެ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ.

އޮޒިލްއަށް އަބަދުވެސް އޭނާ ދަނޑުމަތީގައި ދައްކާ ކުޅުމުގެ ސަބަބުން ފާޑުކިޔުން އަމާޒުވެއެވެ. އެގޮތުން އޭނާއަކީ ވަރަށް ކަންނެތް ކުޅުންތެރިޔެއްގެ ގޮތުގައި ލޭބަލް ވެފައިވާ ކުޅުންތެރިޔެކެވެ. 

އޮޒިލް ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 92 މެޗު ކުޅެދީ 23 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ 2014 ވަނަ އަހަރުގެ ވާރލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރިއިރު އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިޔެކެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް