20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ފީފާ ވާރލްޑް ކަޕް 2018

ސްޕެއިންގެ ކޯޗުގެ މަގާމު ހިއެރޯ ދޫކޮށްލައިފި

  • އޭނާ ހުރީ ވަގުތީ ކޯޗެއްގެ މަގާމުގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 8 ޖުލައި 2018 | އާދީއްތަ 19:05 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ފެނާންޑޯ ހިއެރޯ -- ފީފާ

ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ވަގުތީ ކޯޗުގެ މަގާމުގައި ހުރި އެގައުމުގެ ކުރީގެ ޑިފެންޑަރު ފެނާންޑޯ ހިއެރޯ އެމަގާމު ދޫކޮށްލައިފިއެވެ. 

އޭނާ އެމަގާމު ދޫކޮށްލީ މިއަހަރުގެ ވާރލްޑް ކަޕްގައި ސްޕެއިންއަށް ދިމާވި ބޮޑު ނާކމިޔާބީއާ ގުޅިގެންނެވެ. ޕޯޗުގަލް އަދި މޮރޮކޯގެ އިތުރުން އީރާން ހިމެނު ގްރޫޕްގެ އެއްވަނަ ފަސް ޕޮއިންޓާއެކު ސްޕެއިންއިން ހޯދި ނަމަވެސް ދެވަނަ ބުރުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ އަތުން ބަލިވެ ސްޕެއިން ޖެހުނީ މުބާރާތުން ވަކިވާށެވެ. ލުޒްނިކީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމާއެކު ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއަށް އެއްވެސް ބަދަލެއް ނައުމާއެކު ޖެހި ޕެނަލްޓީގައި ރަޝިއާއިން ކުރި ހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. 

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ އުމުރުން 50 އަހަރުގެ ހިއެެރޯ އެމަގާމު ދޫކޮށްލީ އެހެން ވަޒީފާއެއް ހޯދުމުގެ އުއްމީދުގައި ކަމަށެވެ. ސްޕެއިންގެ ކޯޗުގެ މަގާމާއި ހިއެރޯ ހަވާލުވީ އެގައުމުގެ ކޯޗުގެ މަގާމުގައި ހުރި ހޫލިއަން ލޮޕްޓެގީ ވާރލްޑް ކަޕް ފެށުމުގެ ދެ ދުވަސް ކުރިން އެމަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. އުމުރުން 51 އަހަރުގެ ލޮޕެޓެގީ އެ މަގާމުން ވަކިކުރީ ސްޕެއިންގެ ފުޓްބޯޅަ އިދާރާއަށް އެންގުމެއް ނެތި ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމަށް އައުމަށް އޭނާ އެއްބަސްވުމާ ގުޅިގެންނެވެ. ލޮޕެޓެގީ ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމާ ހަވާލުވެފައެވެ. 

ހިއެރޯއަކީ ރެއާލް މެޑްރިޑްގެ އެސިސްޓަން ކޯޗުގެ މަގާމު ވެސް ފުރާފައިވާ ކޯޗެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް