19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ސެމީގައި ވަރުގަދަ މެޗުތަކެއް، އައު ޓީމެއް މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު

  • މިހާރު މުބާރާތުގައި ބާކީ އޮތީ އެންމެ ހަތަރު ޓީމް
  • ފުރަތަމަ ސެމީ ފައިނަލުގައި ވާދަކުރާނީ ފްރާންސާއި ބެލްޖިއަމް
  • ދެވަނަ ސެމީގައި ކުޅޭނީ ކްރޮއޭޝިއާ އަދި އިނގިރޭސިވިލާތް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 8 ޖުލައި 2018 | އާދީއްތަ 18:29 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ކްރޮއޭޝިއާގެ ކުޅުންތެރިން ޕެނަލްޓީއިން މޮޅުވުމާއެކު އުފާފާޅުކުރަނީ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅޭ ޓީމުތައް ކަށަވަރުވެފައިވާއިރު އައު ޓީމެއް މިއަހަރުގެ ވާރލްޑް ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

ރަޝިއާގައި ކުރިޔަށްދާ މުބާރާތް 32 ޓީމާއެކު ފެށިއިރު މިހާރު މުބާރާތުގައި ބާކީ އޮތީ އެންމެ ހަތަރު ޓީމެވެ. އޭގެ ތެރޭގައި ހިމެނެނީ 1966 ވަނަ އަހަރު ވާރލްޑް ކަޕް ކާމިޔާބުކުރި އިނގިރޭސިވިލާތާއި 1998 ވަނަ އަހަރުގެ ވާރލްޑް ކަޕް ކާމިޔާބުކުރި ފްރާންސް އަދި މި މުބާރާތް ދުވަހަކު ވެސް ކާމިޔާބުކޮށްފައިނުވާ ދެ ޓީމު ކަމަށްވާ ބެލްޖިއަމް އަދި ކްރޮއޭޝިއާއެވެ. 

މިއަހަރުގެ ވާރލްޑް ކަޕްގެ ފުރަތަމަ ސެމީ ފައިނަލުގައި ވާދަކުރާނީ ފްރާންސާއި ބެލްޖިއަމްއެވެ. މި ޓީމުތަކުގެ ތެރެއިން ފްރާންސް ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން އުރުގުއޭ ބަލިކޮށްގެންނެވެ. މި މެޗާއެކު ފްރާންސްގެ ވެގެންދިޔައީ 1974 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން އެއް ވާރލްޑް ކަޕެއްގައި ދެކުނު އެމެރިކާއަށް ނިސްބަތްވާ ތިން ޓީމު ބަލިކުރުމަށްފަހު ސެމީއަށް ދަތުރުކުރި ފުރަތަމަ ޓީމަށެވެ.

މިއަހަރުގެ މުބާރާތުގެ ސެމީއިން ބެލްޖިއަމް ޖާގަ ހޯދީ މި މުބާރާތް ރެކޯޑް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލް 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މިއީ ބެލްޖިއަމްގެ ތާރީހުގައި ވެސް ވާރލްޑް ކަޕެއްގެ ސެމީ ފައިނަލުގައި އެޓީމު ކުޅޭނެ ދެވަނަ ސެމީ ފައިނަލެވެ. 

ބުދަ ދުވަހުގެ ރޭ ކުޅޭ ދެވަނަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ބެލްޖިއަމް އަދި ކްރޮއޭޝިއާއެވެ. ކްރޮއޭޝިއާ ސެމީއަށް ދަތުރުކުރީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. ރަޝިއާ އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމާއެކު ކުޅުނު އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ކްރޮއޭޝިއާއިން ކާމިޔާބުކުރީ 4-3 އިންނެވެ. މިއީ 1998 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ވާރލްޑް ކަޕެއްގެ ސެމީ ފައިނަލުން ކްރޮއޭޝިއާ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މީގެއިތުރުން ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅޭ އިނގިރޭސިވިލާތް ސެމީގެ ޖާގައެއް ހޯދީ ކުއާޓާ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން ސްވިޑެން ބަލިކޮށްގެންނެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން ސެމީ ފައިނަލުގެ ޖާގައެއް ވާރލްޑް ކަޕެއްގައި އިނގިރޭސިވިލާތް ހޯދި ފުރަތަމަ ފަހަރެވެ. މިއީ އެގައުމުގެ ތާރީހުގައި ވެސް ވާރލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅޭނެ ތިންވަނަ ފަހަރެވެ. 

މި ދެ މެޗަށް ބަލާއިރު އައު ޓީމެއް މިއަހަރުގެ ވާރލްޑް ކަޕް ކާމިޔާބުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ބަލާއިރު ކްރޮއޭޝިއާ އަދި ބެލްޖިއަމްގެ ފައިނަލެއް ފެނުމަކީ ދުރުގައިވާ ކަމަކަށް ނުވާއިރު ފްރާންސް އަދި އިނގިރޭސިވިލާތުގެ ފައިނަލެއް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

ފުރަތަމަ ސެމީގައި ފްރާންސް އަދި ބެލްޖިއަމް ބައްދަލުކުރާ މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:00 ގައެވެ. ހަމައެހެންމެ ދެވަނަ ސެމީގައި ކްރޮއޭޝިއާ އަދި އިނގިރޭސިވިލާތް ކުޅޭނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:00 ގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް