18 ފެބުރުއަރީ 2019 | ހޯމަ | 06 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ހޮހަޅައިގައި ތާށިވުން

ހޮހަޅައިގައި ތާށިވެފައި ތިބި 6 ކުއްޖަކު ސަލާމަތްކޮށްފި

  • 6 ކުއްޖަކު ވަނީ ސަލާމަތްކޮށްފައި
  • ހޮހަޅައިގައި ތާށިވީ 12 ކުދިންނާއި ކޯޗެއް
މިއުވާން މުހައްމަދު | Miuvaan

| 8 ޖުލައި 2018 | އާދީއްތަ 17:52 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ހޮހަޅަ ތެރޭގައި ތާށިވެފައި ތިބި ކުދިން -- އީޕީއޭ

ތައިލެންޑްގެ އުތުރު ޗިއަންގް ރާއީ ސްޓޭޓްގައި ހޮހަޅައެއްގެ ތެރޭގައި ތާށިވެފައިތިބި 12 ކުދިންނާއި އެކުދިންގެ ފުޓުބޯޅަ ޓީމްގެ ކޯޗު އެތަނުން ނެރުމުގެ މަސައްކަތް ފަށައި، އޭގެ ތެރެއިން 6 ކުއްޖަކު ސަލާމަތްކޮށްފިއެވެ. 

ތަމް ލުއާންގް ހޮހަޅައިގެ ތެރޭގައި ޤާއިމްކޮށްފައިވާ ރެސްކިއު ކޭމްޕަށް ހަތަރު ކުއްޖަކު ގެންގޮސްފައިވާކަމަށް އޮފިޝަލަކާއި ހަވާލާދީ އޭއެފްޕީއިން ރިޕޯޓްކުރެއެވެ. އަދި ހޮހަޅައަށް ވަންނަ މަގުން 4 އެމްބިއުލާންސް ދިޔަތަން ފެނުނުކަމަށް ބީބީސީގެ ރިޕޯޓަރުން ބުނެއެވެ. 

ހޮހަޅައިގެ ގާތްގަނޑަށް 4 ވަރަކަށް ކިލޯމީޓަރު އެތެރޭގައި ތާށިވެފައި ތިބި ކުދިން އެތަނުގެ ތެރޭގައި ތާށިވީ ކުއްލިއަކަށް ބޯކޮށް ވާރޭވެހި، ހޮހަޅައިގައި ފެން ބޮޑުވުމުންނެވެ. މިއީ ވިއްސާރަ މޫސުން ކަމުން ހޮހަޅައިން ފެން ހިނދެން އެތައް ދުވަހެއް ނަގާފާނެތީ އެކުދިން ނެރުމުގެ މަސައްކަތް ތައިލެންޑްގެ އަސްކަރިއްޔާއިން ފެށީ ފަތަންވެސް ނުދަންނަ އެކުދިންނަށް ޑައިވްކުރަން ކޮންމެވެސް ވަރަކަށް ދަސްކޮށްދީގެންނެވެ. 

ހޮހަޅައިގެ ތެރޭގައި ހުންނަ ރެސްކިއު ކޭމްޕުން އެކުދިން ގެންދަނީ ހޮހަޅައިގެ ބޭރުގައި ޤާއިމްކޮށްފައިވާ ވަގުތީ ހޮސްޕިޓަލަށެވެ. އަދި އެތަނުން ޗިއަންގް ރާއީ ސްޓޭޓްގެ ވެރިރަށް ޗިއަންގް ރާއީ ސިޓީއަށެވެ. އެންމެ ފުރަތަމަ ސަލާމަތްކުރެވުނު ދެ ކުދިން ހޮހަޅައިގެ ބޭރުގައި ޤާއިމްކޮށްފައިވާ ވަގުތީ ހޮސްޕިޓަލަށް ގެންދެވުނުކަމަށް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފުރަތަމަ ނެރުނު ކުދިންނަކީ އެންމެ ހާލު ދެރަ ކުދިންކަމަށް އެކުދިން ކައިރީގައި ހޮހަޅައިގައި ހުރި އޮސްޓްރޭލިއާ ޑޮކްޓަރަކު ވަނީ ބުނެފައެވެ.

ކުދިން ހޮހަޅައިން ނެރުމުގެ މަސައްކަތް ކުރަން ފެށުމާއިއެކު އެސަރަހައްދަށް ޖަމާވެތިބި ނޫސްވެރިން ވަނީ ފަހަތަށް ޖައްސާފައެވެ. އެހެންކަމުން ވަދެ ނިކުމެވާ އެމްބިއުލާންސްތަކުގެ އަދަދުގެ އިތުރުން އޮފިޝަލުން ހާމަކުރާ މައުލޫމާތު ފިޔަވައި އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެއެވެ. 

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން 2 ކުއްޖަކު ޗިއަންގް ރާއީ ސިޓީ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، 2 ކުއްޖަކު ތިބީ ހޮހަޅައިގެ ބޭރުގައި ހުރި ވަގުތީ ހޮސްޕިޓަލްގައެވެ. އަދި އަނެއް 2 ކުދިން މިވަގުތު ތިބީ ހޮހަޅައިގެ ތެރޭގައި ޤާއިމްކޮށްފައިވާ ރެސްކިއު ކޭމްޕްގައެވެ.

ކަނުއަނދިރީގައި އެކުދިން ހޮހަޅައިން ނެރުމުގެ މަސައްކަތްކުރަމުންދާއިރު، މިއީ ނުރައްކާތެރި މަސައްކަތެކެވެ. އެކުދިންނަށް ހޮހަޅައިގައި ތިއްބައި އޮކްސިޖަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރި ތައިލެންޑް އަސްކަރިއްޔާގެ ތަޖުރިބާކާރު ޑައިވަރަކުވެސް ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޮއެ

7 މަސް ކުރިން

ކާއްޓާ ނާއްޓާ ދޭތެރެއަަށްވެސް ވަންނާތި

0
0