15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ޖަޕާނަށް ކުރަމުންދާ ވިއްސާރަ

ޖަޕާނަށް މިއިން ޒަމާނަކު މިވަރަކަށް ވާރޭ ނުވެހޭ: އޮފިޝަލުން

 • މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި
 • އަދިވެސް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ
 • ކިސަޑު ފޭބުމުގެ ސަބަބުން ބައެއް މީހުން ދިރިތިއްބާ ވަޅުލެވިފައިވޭ
މިއުވާން މުހައްމަދު | Miuvaan

| 8 ޖުލައި 2018 | އާދީއްތަ 15:19 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
 8. ސީލައިފްއިން އޮޅުވާލައިގެން ފްލެޓް ވިއްކި 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި


ވިއްސާރައިގެ ސަބަބުން ޖަޕާނުގައި ފެން ބޮޑުވެފައިވާ ރަށެއް -- ރޮއިޓަރސް

ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 80 އަށް އަރައިފިއެވެ. 

ޖަޕާނުގެ ހީރޯޝީމާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، ފެންބޮޑުވުމުގެ ސަބަބުން ބައެއް ކޯރުތައް ބަންޑުންވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ އޮފިޝަލުން ބުނެއެވެ. 

2 މިލިއަން މީހުން މިހާރުވެސް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު، ގިނަ ބަޔަކު އަދިވެސް ގެއްލިފައިވާކަމަށާއި، އިތުރު ބައެއް ބައެއް މީހުންނަށް އިތުރު އެހީތެރިކަން ބޭނުންވާކަމަށް ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވިއެވެ. 1.5 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ދިޔުމަށް އަމުރުކޮށްފައިވާއިރު، އިތުރު 3 މިލިއަން މީހުންވެސް ރައްކާތެރި ހިސާބުތަކަށް ދިޔުމަށް ޖަޕާނުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ. 

ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން

ކުއްލިއަކަށް ފެންބޮޑުވެ، ކޯރުތައް ބަންޑުންވީ އާއްމުކޮށް މުޅި ޖުލައި މަހު ޖަޕާނަށް ވާރޭ ވެހޭ މިންވަރަށްވުރެ 3 ގުނަ އިތުރަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 3 ދުވަސް ތެރޭ ވާރޭ ވެހުމާއި ގުޅިގެންނެވެ. އެންމެ ގިނައިން ވާރޭ ވެހުނު އެއް ރަށްކަމަށްވާ މޮޓޮޔާމާއަށް ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނާއި ހަމަޔަށް 583 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ހޯމަ ދުވަހާއި ހަމަޔަށް ބައެއް ސަރަހައްދުތަކަށް 250 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް ޖަޕާންގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. 

ޖަޕާނުގެ ކިޔޯޑޯ ނިއުސް އެޖެންސީއިން ރިޕޯޓްކުރާ ގޮތުގައި ކިސަޑު ފޭބުމުގެ ސަބަބުން ބައެއް މީހުން ދިރިތިއްބާ ވަޅުލެވިފައިވެއެވެ. 

ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ބުނީ މިއީ ވަރަށް ނުރައްކާތެރި ޙާލަތެއްކަމަށާއި، މިއިން ޒަމާނަކުވެސް މިފަދަ ވާރެއެއް އެސަރަހައްދަށް ނުވެހޭކަމަށެވެ.

ގެއްލިފައިވާ މީހުން ހޯދުމަށާއި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް އެތައް ހާސް ސިފައިންނާއި ފަޔަރ ފައިޓަރުންގެ އިތުރުން ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް