16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އުތުުރު ކޮރެއާ - އެމެރިކާ

އުތުރު ކޮރެއާ އާ އެކު ކުރެވޭ މަޝްވަރާތައް ދަނީ ރަނގަޅަށް: ޕޮމްޕެއޯ

  • ނިއުކްލިއަރ ހަތިޔާރު ގެންގުޅުމުން ދުރުވުމަށް ބާރުއެޅުވުމަށް އެމެރިކާއިން ގެންގުޅެނީ ގޭންގްސްޓާރުން ގެ ވިސްނުން ކަމަށް އުތުުރު ކޮރެއާ އިން ވަނީ ބުނެފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 8 ޖުލައި 2018 | އާދީއްތަ 15:15 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


މީގެ ކުރިން އުތުރު ކޮރެއާ އަށް މައިކް ޕޮމްޕެއޯ (ވ) ކުރެއްވި ދަތުރުފުޅެއްގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ ބައްދަލު ކުރައްވަނީ -- ރޮއިޓަރސް

ނިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ މައްސަލައިގައި އުތުރު ކޮރެއާއަށް ބާރު އެޅުމަށް އެމެރިކާއިން ބޭނުން ކުރަނީ "ގޭންގްސްޓާރުން ގެ ވިސްނުން" ކަމަށް އުތުުރު ކޮރެއާ އިން ބުނެފައިވާއިރު، އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ގެ ވާހަކަފުޅު އެއާ މުޅިން ތަފާތުވެއްޖެއެވެ.

ޕޮމްޕެއޯ ވިދާޅުވީ ދެގައުމުން ބޭއްވީ ވަރަށް ބިނާ ކުރަނިވި މަޝްވަރާތަކެއް ކަމަށާއި އެ މަޝްވަރާތައް ދުވަސްތަކަކަށް ދެމިގެން ދާނެ ކަމަށެވެ. އުތުރު ކޮރެއާގެ ވާހަކަތަކަށް ސަމާލުކަމެއް ނުދެއްވާ އާދީއްތަ ދުވަހު ޕޮމްޕެއޯ ވިދާޅުވީ "އެމެރިކާ އިން އުތުރު ކޮރެއާ އަށް އެދޭ އެދުންތަކަކީ "ގޭންގްސްޓަރ ފަދަ އެދުންތަކެއްކަމަށްވާ ނަމަ މުޅި ދުނިޔެއަކީ ގޭންގްސްޓާރެއް ކަމަށެވެ." ޕޮމްޕެއޯ ވަނީ އުތުރު ކޮރެއާ ގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން އުތުރު ކޮރެއާ އިން ކަންކަން ކުރަންވީ ގޮތް އދ. ސެކިޔުރިޓީ ކައުންސިލުން ސާފުކޮށްދީފައިވާ ކަަމަށް ވިދާޅުވެފައެވެ. ޕޮމްޕެއޯ ވިދާޅުވީ އުތުރު ކޮރެއާ އާ އެކު ކުރެވުނު މަޝްވަރާތައް ދިޔައީ ވަރަށް ހެޔޮނިޔަތުގައި ކަމަށާއި އުތުރު ކޮރެއާ އިން ތިބީ ނިއުކްލިއަރ ހަތިޔާރުން ގެންގުޅުމުން ދުރުވުމަށް ސާބިތުކަމާއެކު ކަމަށެވެ. އެހެންނަމަވެސް އުތުރު ކޮރެެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަދި އެގޮތުގައި ދެމިއޮންނާނެ ކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ. 

އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ ހުކުރު ދުވަހު އުތުރު ކޮރެއާ އަށް ވަޑައިގެން, މަޝްވަރާތަކަށް ފަހު މިހާރު ވަނީ ފުރާވަޑައިގަންނަވާފައެވެ. 

އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު، އެމެރިކާ އާއި އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން އަޅާފައި ވެއެވެ. އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން ދަނީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމަކީ އެމެރިކާއަށާއި އަދި މުޅި ދުނިޔެ އަށް ވެސް ހުރި ބިރެއް ކަމަށެވެ.

ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިން ޖޮން އުން ވަނީ ތާރީހީ ބައްދަލުވުމެއް ބާއްވަވާފައެވެ. ވަރަށް ބޮޑަށް ޑިޕްލޮމަސީ ކުރިއަށް ނެރެ، ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު، އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން ބޭއްވީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ހާއްސަ ޖޮއިންޓް އެއްބަސްވުމެއްގައި ވެސް ސޮއިކުރެއްވިއެވެ. އެ އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ވެރިން ސޮއިކުރެއްވި އެއްބަސްވަމަކީ ވަރަށް "ރަނގަޅު އެއްބަސްވުމެއް" ކަމަށެވެ. ދެ ގައުމުގެ ވެރިން ސޮއިކުރެއްވި މި އެއްބަސްވުމުގައި، ދެކޮރެއާ ސަރަހައްދު ނިއުކްލިއަރ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރު ކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް