20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ހައުސްފުލް 4

ހައުސްފުލް 4 ގެ ޝޫޓިންއަށް އަކްޝޭ ލަންޑަނަށް

  • "ހައުސްފުލް 4" ޑައިރެކްޓް ކުރާނީ ސާޖިދް ޚާން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 8 ޖުލައި 2018 | އާދީއްތަ 14:11 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


އަކްޝޭ ކުމާރު -- ގޫގުލް

އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ސާޖިދް ނަދިއަދްވާލާގެ "ހައުސްފުލް" ފްރަންޗައިޒްގެ "ހައުސްފުލް4"ގެ ޝޫޓިންއަށް އަކްޝޭ ކުމާރުއާއި ޓީމް ލަންޑަނަށް ގޮސްފިއެވެ.

މިފިލްމުގައި އަކްޝޭގެ އިތުރުން ފެނިގެންދާނީ ރިތޭޝް ދޭޝްމުކް، ބޮބީ ޑިއޯލް، ސަންޖޭ ދަތު، ބޯމަން އިރާނީ، ކްރިތީ ސަނީން އަދި ޕޫޖާ ހެޖްއެވެ.

މީގެ ތެރެއިން އަކްޝޭއާއި އެކު ލަންޑަނަށް ގޮސްފައިވަނީ ކްރިތީއެވެ. އެދެތަރިންނަކީ މި ފިލްމުގައި ބަތަލާއާއި ބަތަލެވެ. ލަންޑަނުގައި ހައުސްފުލް4 ގެ ޝޫޓިން 25 ވަރަކަށް ދުވަހު ކުރިއަށްގެންދާނެ ކަމަށާއި ދެން ބާކީ ތިބި ތަރިންވެސް ފިލްމުގެ ޝޫޓިންއާ ވަރަށް އަވަހަށް ގުޅޭނެކަމަށް ޚަބަރުތައް ބުނެއެވެ.

"ހައުސްފުލް 4" ޑައިރެކްޓް ކުރާނީ ސާޖިދް ޚާން އެވެ.

ހައުސްފުލް1" ސިނަމާތަކަށް އައިސްފައިވަނީ 2010 ވަނަ އަހަރުގައެވެ. "ހައުސްފުލް2" 2012 ވަނަ އަހަރު އަދި "ހައުސްފުލް3" އައިސްފައިވަނީ 2016 ވަނަ އަހަރުގައެވެ. އެ ތިން ފިލްމަކީވެސް ބެލުންތެރިންގެ ތަރުހީބު ލިބިފައިވާ 3 ފިލްމެވެ. "ހައުސްފުލް"ގެ ފުރަތަމަ ބައިން ފެނިގެން ދިޔައީ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް، ދީޕިކާ ޕަދުކޯން، އަރްޖުން ރާމްޕާލް، ލާރާ ދައްތާ، ޖިއާ ޚާން އަދި ބޮމަން އިރާނީއެވެ.

"ހައުސްފުލް 2" އަދި "ހައުސްފުލް 3" އިން ފެނިގެން ދިޔައީ އަކްޝޭ އާއި ރިތޭޝްގެ އިތުރުން، އާސިން، ޖެކްލީން ފެނާންޑޭޒް، ޒަރީން ޚާން، ޝްރެޔާސް ތަލްޕާޑޭ، ޖޯން އަބްރަހަމް، މިތުން ޗަކްރަބޯޓީ، އަބީޝެން ބައްޗަން، ލީސާ ހޭޑަން އަދި ނަރްގިސް ފަޚްރީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް