16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ހޯބްސް އެންޑް ޝޯވ

'ފާސްޓް 9' ރިލީޒް ކުރުން 2020އަށް ލަސްކޮށް، 'ހޯބްސް އެންޑް ޝޯވ'ގެ ނުބައިބާ ރޯލަށް އިދްރިސް އެލްބާ

 • "ފާސްޓް 9" ރިލީޒް ކުރަން ކުރިން އޮތީ އަންނަ އަހަރު
 • "ހޯބްސް އެންޑް ޝޯވ" ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖުލައި 26ގައި
 • 'ފާސްޓް'ގެ މި ސްޕިން އޮފްއަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި
އައިޝަތު ޝާނީ | Shaaknee

| 8 ޖުލައި 2018 | އާދީއްތަ 11:41 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 7. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


(ކ - ވ) ޖޯޑާނާ ބްރޫސްޓަރ، ކްރިސް 'ލުޑަކްރިސް' ބްރިޖަސް، ޓައިރީސް ގިބްސަން، ވިން ޑީސަލް، ޕޯލް ވޯކަރ، މިޝޭލް ރޮޑްރިގެޒް އަދި ޑްވޭން 'ދަ ރޮކް' ޖޯންސަން -- ގޫގުލް

"ފާސްޓް އެންޑް ދަ ފިއުރިއަސް"ގެ ސްޕިން އޮފް "ހޯބްސް އެންޑް ޝޯވ" އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ އިރު، ފިލްމްގެ ނުބައިބައި ރޯލުން އިދްރިސް އެލްބާ ފެންނާނެ ކަމަށް ފިލްމްގެ ތަރި ޑްވޭން 'ދަ ރޮކް' ޖޯންސަން ބުނެފިއެވެ.

ޓްވިޓަރ މެދުވެރިކޮށް ޖޯންސަން ވަނީ އެލްބާއަށް ފިލްމްގެ ކާސްޓަށް މަރުހަބާ ކިޔާފާއެވެ. އަދި 'ކޮންމެ ހީރޯއަކަށް ވެސް ވިލަންއެއް ބޭނުންވޭ'ކަން އޭނާގެ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.

"ފާސްޓް އެންޑް ދަ ފިއުރިއަސް"ގެ ސްޕިންއޮފް ވަރަށް ވަރުގަދަ ކުރަން އަހަރެން ވައުދުވިން. (އެލްބާ)އަކީ ގަދަ މީހެއް،" އިތުރު ޓްވީޓެއްގައި ޖޯންސަން ބުނެފައިވެއެވެ.

އިދްރިސް އެލްބާ

2001 ވަނަ އަހަރު ރިލީޒްކުރި "ފާސްޓް އެންޑް ދަ ފިއުރިއަސް"ގެ ސްޕިންއޮފްއެއް ހެދުމަށް ޔުނިވަރސަލް ސްޓޫޑިއޯސްއިން ނިންމާފައިވާއިރު، މި ނިންމުމާ ގުޅިގެން އެ ސްޓޫޑިއޯއަށާއި ޖޯންސަންއަށް ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް "ހޯބްސް އެންޑް ޝޯވ" ރިލީޒްކުރުމަށް ފްރެންޗައިސްގެ ދެން ނެރެން އޮތް ފިލްމް "ފާސްޓް އެންޑް ދަ ފިއުރިއަސް 9"ގެ ރިލީޒް ޑޭޓް ލަސްކުރުމުންނެވެ.

ޖޯންސަންއާއި އެލްބާގެ އިތުރުން "ހޯބްސް އެންޑް ޝޯވ" އިން ޖޭސަން ސްޓެތަމްއާއި ޑޭވިޑް ލެއިޗްވެސް ފެނިގެންދާނެއެވެ. މިހާތަނަށް އަށް ފިލްމް ނެރެފައިވާ "ފާސްޓް އެންޑް ދަ ފިއުރިއަސް" ފްރެންޗައިސްއިން ޖޯންސަން ފެނިގެންދަނީ ލޫކް ހޯބްސްގެ ރޯލުން، އަދި ސްޓެތަމް ފެނިގެންދަނީ ޑެކަރޑް ޝޯވފެ ރޯލުންނެވެ. ޖޯންސަންގެ ރޯލް ފުރަތަމަ ފެނިފައިވަނީ 2011 ވަނަ އަހަރުގެ "ފާސްޓް ފައިވް"އިން އަދި ސްޓެތަމްގެ ރޯލް ފެނިފައި ވަނީ 2013 ވަނަ އަހަރުގެ "ފާސްޓް ސިކްސް"އިންނެވެ.

ވިން ޑީސަލް، ޕޯލް ވޯކަރ، މިޝޭލް ރޮޑްރިގެޒް، ޓައިރީޒް ގިބްސަން، ކްރިސް 'ލުޑަކްރިސް' ބްރިޖަސް، ލޫކް އެވަންސް އަދި ޖޯޑާނާ ބްރޫސްޓަރ ފަދަ ތަރިންނާއެކު "ފާސްޓް އެންޑް ދަ ފިއުރިއަސް" ފަށާފައިވާ އިރު، ކާރު އެކްސިޑެންޓެއްގައި ވޯކަރ ވަނީ 2013 ވަނަ އަހަރު މަރުވެފައެވެ.

އަދި ފިލްމްގެ ސްޕިންއޮފްއެއް ހަދަން ނިންމުމުން ހިތްހަމަނުޖެހުން ފާޅު ކުރި ފަރާތްތަކުގެ ތެރޭގައި އޭގެ ތަރިންތަކެއް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ގިބްސަން އާއި ޑީސަލް ހިމެނެއެވެ.

އަންނަ އަހަރު ރިލީޒް ކުރަން އޮތް "ފާސްޓް އެންޑް ދަ ފިއުރިއަސް 9" 2020 ވަނަ އަހަރުގެ އޭޕްރިލް 10ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އިރު، "ހޯބްސް އެންޑް ޝޯވ" ރިލީޒް ކުރާނީ 26 ޖުލައި 2019 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް