19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ހޮހޮޅައިގައި ތާށިވީ ކުދިން

ހޮހޮޅައިގައި ތާށިވީ ކުދިން: ކުދިން ނެރުމުގެ އޮޕަރޭޝަނަށް ހޮހޮޅައަށް ޓީމެއް ވަދެފި

  • ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން މީޑިއާތައްވަނީ ސަރަހައްދުން ދުރަށް ޖައްސާފައި
  • ކުދިން ހޮހޮޅައިގައި ތާށިވީ ޖޫން މަހުގެ 23 ވަނަ ދުވަހު
އަބުދުﷲ މުހައްމަދު | 8Abbo

| 8 ޖުލައި 2018 | އާދީއްތަ 10:36 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ހޮހޮޅައިގައި ކުދިންތިބި ހިސާބުގައިވެސް ފެންބޮޑުވެދާނެކަމުގެ ބިރުވަނީ ހީވެފައި -- ބީބީސީ

ތައިލެންޑްގެ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވެފައިވާ 12 ފިރިހެން ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ޓީމުން ކުދިން ނެރުމަށްޓަކައި ހޮހޮޅައަށް ވަދެފިއެވެ.

އޮޕަރޭޝަންގެ ވެރިޔާ ނަރޮންގސަކް އޮސޮއްތަނަކޯން ރިޕޯޓަރުންނަށް ވިދާޅުވީ ރެސްކިއު ޓީމުން ހޮހޮޅައަށް ވަދެފައިވަނީ ތައިލެންޑްގެ ގަޑިން ހެނދުނު 10:00 ގައި ކަމަށެވެ.

މިވަގުތަށް އޮޕަރޭޝަނަށް ބޭނުންވާ މީހުންފިޔަވައި އެންމެންވަނީ ހޮހޮޅައިގެ ދޮރުމަތިން ފޮނުވާލާފައެވެ. މިވަގުތު ތިބީ ޑައިވަރުންނާއި ސިއްހީ އޮފިޝަލުންނާއި. ސަލާމަތީ ބާރުތައް އެކަންޏެވެ.

ތަމް ލުއަންގ ހޮހޮޅައިގައި އެކުދިން ތާށިވެފައި ތިބީ ހިކިފަސް ތަންކޮޅެއްގައި ނަމަވެސް ކުދިން ނެރުމުގެ މަސައްކަތް ފަށަން ނިންމީ ފެން ބޮޑުވާން ފެށުމުން އިތުރަށް މަޑުކުރެވެން ނެތިގެންނެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެކުދިން ފެނުނީއްސުރެ ތަޖުރިބާ ކާރު ޑައިވަރުންގެ ޓީމަކުން އެކުދިންނަށް ކާބޯތަކެތި ފޯރު ކޮށްދެމުން ގޮސްފައިވާއިރު އެކުދިން ނުކުތުމަށް އިރުޝާދު ދޭނީ އެ ޓީމުންނެވެ.

ކުދިން ތިބީ ނުކުންނަން ފިޓްކޮށް އަދި ތައްޔާރަށް ކަމަށް އޮފިޝަލުން ބުނެއެވެ. މި ދުވަހަށް  އޮފިޝަލުން ދީފައިވާ ނަމަކީ ޑީ-ޑޭގެ އެވެ.

ބާރަ ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ހޮހޮޅައިގެ ތެރޭގައި ތާށިވީ ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް