
| 8 ޖުލައި 2018 | އާދީއްތަ 08:54 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ނިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ މައްސަލައިގައި އުތުރު ކޮރެއާއަށް ބާރު އެޅުމަށް އެމެރިކާއިން ބޭނުން ކުރަނީ ގޭންގް ސްޓާރުން ބޭނުން ކުރާ ކަހަަލަ އުކުޅު ކަމަށް ދެ ގައުމުގެ މެދުގައި ބޭއްވި މަތީ ފަންތީގެ ވާހަަކަތަކަކަށް ފަހު އުތުރު ކޮރެއާއިން ތުހުމަތު ކޮށްފިއެެވެ.
އެ ގައުމުންވަނީ އެމރިކާގެ ކަންކަން ބައްދަލުވުމުގައި ހުރީ "އިންތިހާއަށް އުނދަގޫވާ ގޮތަށް" ކަމަށް ސިފަ ކޮށްފައެވެ.
އެ ގައުުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ނަން ހާމަނުކޮށް ނެރެފައިވާ ބަޔާނާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އޭގެ މަދު ގަޑިއިރުތަކެއް ކުރިން ދެއްވާފައިވާ ބަޔާނާއި އެތައް ގޮތަކުން ތަފާތެވެ.
ޕޮމްޕެއޯ ވިދާޅުވެފަައި ވަނީ ދެ ދުވަހުގެ ދަތުރުފުޅުން ކުރިއެރުންތަކެއް ހޯއްދެވިފައިވާ ކަމަށެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރުގައި ބޭއްވެވި ބައްދަލުވުމަށް ފަހު ޕޮމްޕެއޯ އުތުރު ކޮރެއާއަށް ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅެވެ.
ދެ ލީޑަރުންގެ ބައްދަލުވުން ނިންމަވާލެއްވިއިރު ކިމް ވަނީ ދެ ކޮރެއާ ގުޅޭ ސަރަހައްދުން ނިއުކްލިއަރ ހަތިޔާރު ނައްތާލެއްވުމަށް ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް އެ ކަން ހާސިލް ކުރާނެ ގޮތުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
އުުތުރު ކޮރެއާއަށް ޕޮމްޕެއޯ ކުރެއްވި ދަތުރުފުޅުގެ އެންމެ ބޮޑު އަމާޒަކީ އެ ގައުމުން ވައުދުވެފައިވާ ގޮތަށް ނިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ މަސައްކަތް ކުރިޔަށްދޭތޯ ކަށަވަރު ކުރުމެވެ.
އުުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭ އިން ގެނެސްދިން ބަޔާނުގައި ބުނެފައިވަނީ އެެމެރިކާއިންވަނީ ދެ ގައުމުގެ މެދުގައި ބޭއްވި ސަމިޓުގެ ރޫހާ ޚިލާފުވެ، ނިއުކްލިއަރ ހަތިޔާރު ދޫކޮށްލުމަށް އެ ގައުމު އެކަނި ވަކިން ނުކުމެ ފިއްތުންތައް ކުރިމަތި ކުރަމުންދާކަމަށެވެ.
ޕޮމްޕެއޯގެ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް އާއި ބައްދަލުކުރައްވާފައެއް ނުވެއެވެ. ނަމަވެސް ކިމްގެ ކަނާތް ކަމަށް ބެލޭ ކިމް ޔޮންގ-ޗޮލް އާއި ވަނީ ބައްދަލު ކުރައްވާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް