16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ފުޓްބޯޅަ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

  • ހުރިހާ އެންމެން ވެސް ބޭނުންވަނީ ސަންޗޭޒް ކުރިއަރާތަން ދެކެން: އޮންރީ
  • ވިޑާލްއާއެކު އެއް ޓީމަކަށް ސަންޗޭޒް ކުޅުން ވަރަށް ގާތް: އޮންރީ
ލީވާން އަލީ | MrLeevaan

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ތިއަރީ އޮންރީ (ކ) އާއި މެސުތް އޮޒިލް އަދި އެލެކްސަސް ސަންޗޭޒް (ވ) -- ގޫގުލް

އާސެނަލް ދޫކޮށްލުމަށް ފަހު އެލެކްސަސް ސަންޗޭޒް ބަޔާން މިއުނިކްއާ ގުޅުން ކައިރި ކަމަށް އާސެނަލްގެ ކުރީގެ ލެޖެންޑް ތިއަރީ އޮންރީ ބުނެފި އެވެ.

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އޮންރީ ބުނީ ހުރިހާ އެންމެން ވެސް ބޭނުންވަނީ ސަންޗޭޒް ކުރިއަރާތަން ދެކެން ކަމަށާއި، އާސެނަލް ސަޕޯޓަރެއްގެ ހައިސިއްޔަތުން އޭނާ އެދެނީ ސަންޗޭޒް އާސެނަލްގައި ދިގު މުއްދަތެއްގައި މަޑުކުރުން ކަމަށެވެވެ.

އޮންރީ ބުނީ އާސެނަލްގައި ސަންޗޭޒް އަށް ރަނގަޅު ކުރިމަގެއް ވެސް އެބަ އޮތް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ސަންޗޭޒްއާ އެއްފަދައިން އޮޒިލް ވެސް އާސެނަލްގައި މަޑުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ސަންޗޭޒް ދިއުން އެންމެ ގާތީ އޭނާއާ އެކު ގައުމީ ޓީމުގައި އެއްކޮށް ކުޅެމުން އަންނަ އާޓުރޯ ވިޑާލް ކުޅެމުން އަންނަ ކްލަބް ބަޔާން އަށް ކަމަށް ފާހަގަކުރަމުން އޮންރީ ބުނީ އޭނާ ދޭނެ ނަސޭހަތަކީ ގޮތެއް އޮތް ނަމަ އެ ގޮތެއް ހޯދައިގެން އާސެނަލްގައި މަޑުކުރުން ކަމަށެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް ބަދަލުވި ފުރަތަމަ ސީޒަންގައި މޮޅު ކުޅުމެއް އޭނާ ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ.
ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިވީތަނަށް އާސެނަލް އަށް ކުޅުނު 121 މެޗުގައި 58 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ޗިލީއާ އެކު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ހޯދި ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބާސާއާ އެކު ލަލީގާ، ކޮޕާ ޑެލްރޭ، ދެ ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އާސެނަލްއާ އެކު އެފްއޭކަޕްގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝިލްޑް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް